އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފި

Oct 11, 2026, 10:10 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރުމަށް އެކުލަވާލާފައިވާ "ޕޫލް ކަވަރޭޖް" މެދުކަނޑާލުމުގައި، ވާދަވެރިކަމާ ބެހޭ ފެޑަރަލް ގާނޫނުތަކާ ޓީވީ ނެޓްވޯކްތަކުން ޚިލާފުވެފައިވޭތޯ ބަލަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފި އެވެ.

މި ތަހުގީގާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އޭބީސީ، ސީބީއެސް، ސީއެންއެން، އެންބީސީ އަދި ފޮކްސް ނިއުސްއަށް، ވައިޓް ހައުސްގެ ޓީވީ ޕޫލާ ގުޅޭ މުއާމަލާތްތައް ހިއްސާކުރުމަށް އަންގާފަ އެވެ. ވައިޓް ހައުސް ޓީވީ ޕޫލަކީ ރައީސްގެ ހަރަކާތްތައް ކަވަރުކުރުމުގައި ނެޓްވޯކްތަކުން ބަހާލައިގެން މަސައްކަތްކޮށް، އެ ވީޑިއޯ ފޫޓޭޖް އެހެން މީޑިއާތަކަށް ފޯރުކޮށްދޭ ނިޒާމެކެވެ.

މި ނެޓްވޯކްތަކުން ޕޫލް ކަވަރޭޖްގެ ނިޒާމު މިދިޔަ މަހު ވަގުތީގޮތުން މެދުކަނޑާލީ، ސީއެންއެން އާއި އެމްއެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން ޓްރަމްޕް މަނާކުރެއްވުމާ ގުޅިގެންނެވެ. އެ ނިޒާމު މެދުކަނޑާލާފައިވަނީ ގާތްގަނޑަކަށް ދެތިން ދުވަހުގެ މުއްދަތަށެވެ.

Advertisement

މި ޕޫލްގައި ހިމެނޭ މީޑިއާތަކުން ރައީސްގެ ހަރަކާތްތަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ އަދި މައުލޫމާތުތައް އެހެން މީޑިއާތަކާ ހިއްސާކުރަން ޖެހެ އެވެ.

ވިޔަފާރީގެ މައިދާނުގައި ވާދަވެރި ކުންފުނިތަކުން ގުޅިގެން ވަކި ކަމެއް ބޮއިކޮޓް ކުރުމަކީ "ޝާމަން އެކްޓް" އާ ޚިލާފު ކަމެއް ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވި އެވެ. ޝާމަން އެކްޓަކީ ކުންފުނިތަކުން މޮނޮޕޮލީ ނުވަތަ ބާރުތައް ހިސާރުކޮށްގެން ވިޔަފާރިކުރުން މަނާކުރާ ފެޑަރަލް ގާނޫނެކެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ، އެ އިދާރާގެ އެންޓި-ޓްރަސްޓް ޑިވިޝަނުން މިހާރު ކުރިއަށްގެންދާ ތަހުގީގަކީ، މި ނޫސް އިދާރާތަކުން ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ކަށަވަރުކުރުމަށް ކުރިއަށްގެންދާ އާދައިގެ ތަހުގީގެއް ކަމަށެވެ.

ޓްރަމްޕްގެ ޓީމާ ބެހޭ ގޮތުން "ޚިޔާލީ ވާހަކަތަކާއި ދޮގު" ފަތުރާ ކަމަށް ތުހުމަތުކޮށް، ސީއެންއެން އާއި އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ނަމަވެސް، ކޯޓުން ކުރި އަމުރަކާ ގުޅިގެން ވައިޓް ހައުސްއިން ފަހުން ވަނީ އެ މީޑިއާތަކަށް އަލުން ހުއްދަ ދީފަ އެވެ. އެ ތިން މީޑިއާއިން ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާކުރީ، ނޫސްވެރިންނަށް ހުރަސްއެޅުމަކީ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ލިބިދޭ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ އެވެ.

އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ސަރުކާރަށް މަނާކުރާ މާއްދާއެކެވެ. ކޯޓުތަކުން މީގެ ކުރިން މި މާއްދާ މާނަކޮށްފައިވަނީ، މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކުގެ ކޮންޓެންޓަށް ބަލައި، ވަކި މީޑިއާއަކާ މެދު ތަފާތުކުރުން ގެންގުޅުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ އެމެރިކާގެ ނޫސް އިދާރާތަކާ ދެކޮޅަށް ގާނޫނީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މީގެ ތެރޭގައި ރައީސްއާ ބެހޭ ގޮތުން ގެނެސްދޭ ޚަބަރުތަކާ ގުޅިގެން ކުރާ ދައުވާތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox