ނުވަދިހަ ވަނަ އަހަރުގެ އެ ދުވަހާއި މިއަދު

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުން

ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަނުން

އަދަކީ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މިއަދާ އަޅުގަނޑުމެން ބައްދަލުމިކުރީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލާފައި ވަނިކޮށެވެ.

ޕްރެސް ފްރީޑޮމް އިންޑެކްސް ގައި ރާއްޖެ ސޮއްސާލުމުގައި ސަބަބުތައް އެބަ ހުއްޓެވެ. ނޫސްވެރިންގެ އާދޭހަށާއި އިހުތިޖާޖަށް ބެލުމެއްނެތި ގާނޫނެއް އެކުލަވައިލީއެވެ. މީޑިއާ ކޮމިޝަނެއް އުފެއްދީ އެވެ. އިންޒާރު ދިނުމުގެ ސިޓީތަކާއި ބަޔާންތައް ނެރެން ފެށީއެވެ.

އޭގެވެސް އިތުރުން އެޕްރީލް މަހުގެ 27 ވީ ހޯމަ ދުވަހުގެރޭ "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން އެ ދިން "ކުއްލި ހަމަލާ" އަކީ ސަރުކާރުގެ ރޭވުމެކެވެ. ބޭނުމަކީ އަދަދު ހުއްޓުވާލުން ކަމުގައި ގަބޫލު ކުރެވެއެވެ. މިއީ މިފަހުގެ ތާރީހުގައި ސަރުކާރަކުން ނުކުރާ ޒާތުގެ ކަމެކެވެ.

Advertisement

ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީހު 100 އަހަރާ ކައިރިވަމުން އަންނައިރު ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ލައްކަ ގޮންޖެހުމާއި ހުރަސްތަކާއި އަނިޔާއާއި އަދަބުތައް ކުރިމަތި ވެއްޖެއެވެ. އެހެންނަމަވެސް 2008 ވަނަ އަހަރު އެކުލަވައިލި ފެހި ގާނޫނު އަސާސީއާއެކު ނޫސްވެރިކަމަށް ލިބިފައި އޮތީ ފަހިކަމެވެ. މިހެން ދެންނެވިޔަސް އެކި ސަރުކާރުތަކުގައި އެކި މިންވަރަށް ނޫސްވެރިންނަށާއި ބައެއް ނޫސް އިދާރާތަކަށް ހުރަސްތައް ކުރިމަތި ކުރުވައެވެ.

އެކަމަކު ގަސްތުގައި ނޫހުގެ ނުވަތަ މީޑިއާއެއްގެ މަސައްކަތް ހުއްޓުވާލުމަށް ފާޅުކަން ބޮޑުގޮތެއްގައި، ފުލުހުން ބޭނުންކޮށްގެން މަސައްކަތެއް ނުކުރެއެވެ.

އަދަދު ނޫހަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލައި ފާސްކުރުން ކުރިއަށްދިޔައިރު ސޯޝަލް މީޑިއާއިން އެ މަންޒަރުތައް ފެނުމުން ހަނދާނަށް އައީ 1990 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ނެރުނު މަޝްހޫރު "ސަންގު" މަޖައްލާއާ ގުޅިގެން ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

އެވާހަކަ، ސަންގުގެ 5 ވަނަ އަދަދު ނެރުނުއިރު "ސަންގުގެ ހަޔާތުން އާދަޔާ ހިލާފު ދުވަހެއް"ގެ ގޮތުގައި ޝާއިއުކޮށްފައި އޮވެއެވެ. ސަންގުގައި އޮތީ އަންނަނިވި އިބާރާތްތަކެވެ.

"ސަންގުގެ އެޑިޓޯރިއަލް ބޯޑްގެ ބައެއް މެންބަރުން އެދުވަހުގެ 8:40 ގައި ސީޕްރިއާ ޕްރިންޓަށް ދިޔަ. ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރުތަކެއް. އެންއެސްއެސްގެ ބޭކަލުން ސީޕްރިއާ ދޮށުގައި ހަރަކާތްތެރިވެލައްވާ މަންޒަރު، ޖީޕް ތަކުގައާއި މޮޓޯ ސައިކަލް ތަކުގައާއި ބައިސްކަލް ތަކުގައެވެ. އަނެއްބަޔަކު ޓޯކީން ހެޑްކުއާޓާސްއާ ގުޅާ މަންޒަރެވެ. ބައެއް ފަހަރަށް ޖޭމްސް ބޮންޑްގެ ފިލްމެއްގެ މަންޒަރުތަކެއް ދައްކުވައިދޭ ހެންނެވެ. އަނެއްބައި ފަހަރަށް ތަނެއް ފަތަހަ ކުރަން އުޅޭ ކަހަލަ ގޮތަކަށެވެ."

އެއީ 1990 ވަނަ އަހަރެވެ. މިއީ ނިމުނު އެޕްރީލް މަހެވެ. އަދަދު އޮފީސް ފުލުހުން ރެއިޑުޖެހިއެވެ. އެކަމުގައި 10 ވަރަކަށް ފުލުހުން ބައިވެރިވިއެވެ. އޭގެ ތެރެއިން އެކެއްގެ އުނަގަނޑުގައި އަޅުވާފައި ހުރި ހޯލްސްޓަރުގައި ޓޭޒާ ބަޑިއެއް ވެސް އޮތެވެ. ހަތަރު ގަޑިއިރުގެ ސާޗް އޮޕަރޭޝަނަކަށް ފަހު ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތަކާއި ބައެއް މެމޮރީ ކާޑު ހިމެނޭ ގޮތަށް 20 ޑިވައިސްއެއް ގެންދިޔަ އެވެ.

ސަންގުގެ 5 ވަނަ އަދަދާއެކު، ސަރުކާރުން އެ މަޖައްލާ އުވާލި އެވެ. 22 މެއި 1990 ގައެވެ. އެއީ އިންޓަނެޓް ނެތް ޒަމާނެވެ. މިއަދު އެގޮތަށް ނޫހެއް ނުވަތަ މަޖައްލާއެއް އުވާލައިގެން މާބޮޑު ނަތީޖާއެއް ނުނިކުންނާނެ އެވެ. އެ ޒަމާނުގައި ސަންގު އުވާލުމުން އެ ހިނދަށް ސަރުކާރަށް ފާޑުކިޔުން ނުވަތަ ސިޔާސީ ގޮތުން ހޭލުންތެރިކުރުވުން ހުއްޓުނު ނަމަވެސް، މި ޒަމާނުގައި އިންޓަނެޓު ފަހައި ދުވުމަކީ އެއްވެސް ސަރުކާރަކަށް ކުޅަދާނަ ކަމަކަށް ނުވާނެ އެވެ.

އަދަދު ނޫހާ މެދު ސަރުކާރުން ހިންގި އަމަލަކީ އެ ނޫސް ހުއްޓުވާލަން ހިންގި އަމަލެކެވެ. އަދި އެ ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ ޕާސްޕޯޓް ތިންމަސް ދުވަހަށް ހިފަހައްޓައި، އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އެކުރަނީ، އެ މީހުންގެ އިތުރުން އެހެން ނޫސްވެރިންނަށްވެސް ބިރު ދެއްކުމަށެވެ.

އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއަދު ވަކި މީހަކަށް ނުވަތަ ބަޔަކަށް ޓާގެޓްކޮށް ނޫސްވެރިކަމާ ގުޅުންހުރި ކަމެއް ހުއްޓުވައިލިޔަސް އެ މަސައްކަތް ކުރާނެ އެހެން ބަޔަކު ތިބޭނެ ކަމެވެ. ރަޖިސްޓްރީ ކޮށްގެން އެކަން ނުކުރެވޭނަމަ، އެ ނޫން ގޮތްގޮތުންވެސް ކުރާނެ ކަމެވެ. މިއަދު، ހަލުވި އިންޓަނެޓްގެ ޒަރީއާއިން ޚަބަރާއި މައުލޫމާތު އާންމުވާން ނަގަނީ މަދު ސިކުންތުކޮޅެކެވެ. އެކަމަކު ނުވަދިހަވަނަ އަހަރުގެ އެދުވަހާއި މިއަދު އެއްގޮތް ވުމުން ދޭހަވަނީ ސަރުކާރުގެ ނާގާބިލުކަމެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން އެންމެ ފުރަތަމަ ޝާއިއުކޮށްފައިވަނީ ފިޔެސް ނޫހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox