ޒިންމާދާރުވުމުގެ ބަދަލުގައި ސަރުކާރުން އިހުތިޔާރު ކުރީ ބިރު ދެއްކުން: ޝާހިދު

އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގައި ޝާހިދު ވާހަކަ ދައްކަވަނީ —-

އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގައި ޝާހިދު ވާހަކަ ދައްކަވަނީ —-

މިއަދު ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ޒިންމާދަރުވުމުގެ ބަދަލުގައި މި ސަރުކާރުން އިހުތިޔާރު ކުރީ ނޫސްވެރިިންނަށް ބިރު ދެއްކުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

ރިޕޯޓާސް ވިތައުޑް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ ލަދުވެތި ވަނައެއް ކަމަށް ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

“ސަރުކާރުން ވަނީ ކަންކަން ހާމަކުރުމުގެ ބަދަލުގައި ބިރު ދެއްކުމަށް ފަށާފައި. ނޫސްވެރިކަން ހަނިކުރާ ގާނޫނުތަކުން ފެށިގެން ނިއުސްރޫމްތަކަށް ފުލުހުން ވަދެ ހިންގި ތަހުގީގުތަކާ ހަމައިން ފެށިގެން މި ސަރުކާރު ޒިންމާދާރުވުމުގެ ބަދަލުގައި ހިޔާރުކުރީ ބިރު ދެއްކުން،” ޝާހިދު ވިދާޅުވި އެވެ.

Advertisement

ސަރުކާރު އިސްވެ އޮވެ ނޫސްވެރިންނަށް ފުރައްސާރަކުރުމާއި، ޖިނާއީ ދައުވާ ކުރުން ވަގުތުން ހުއްޓާލުމަށް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ. ނޫސްވެރިންނާއެކު ސާބިތުވެ ހުންނެވި ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ. 

ފާއިތުވި އަހަރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. ވަކިން ހާއްސްކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް ކޮންޓްރޯލް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ވަނި އެކުލަވާލާފަ އެވެ

އޭގެ އިތުރުން، ސީދާ މުއިއްޒު ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އޭނާއަށާއި އަދަދުގެ ނޫސްވެރިންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.  ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، 2025، ގެ އިރާކޮޅު 19:04 ގަ އެވެ. 

އަދަދު ނޫހުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ނޫސްވެރިންނަށް މިދިޔަ އަހަރުގެ ތެރޭގައި މަރުގެ އިންޒާރުތައް ވެސް ލިބިފައިވެ އެވެ. އަދި ސީދާ ސަރުކާރުން އަންގައިގެން ނޫސްވެރިންގެ އަގުވައްޓާލުމަށާއި ބިރުދައްކައި ފަހަތަށް ޖެއްސުމުގެ އަމާޒުގައި ސޯޝަލް މީޑިއާގައި ކެމްޕޭން ހިންގާފައި އެބަހުއްޓެވެ. އެ ކެމްޕޭންތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ މީހުން ބައިވެރިވެފައިވެ އެވެ. 

ފިޔާޒުއަށް ގުޅައި މުއިއްޒު އިންޒާރު ދެއްވިތާ އަހަރެއް ފާއިތުވި ފަހުން މި އަހަރުގެ އެޕްރީލް 27، ގެ ރޭގެ ވަގުތެއްގައި ފުލުހުން ފޮނުވައިގެން އަދަދު ނޫހުގެ އިދާރާ ވަނީ ރެއިޑުކޮށްފަ އެވެ. އެ ރެއިޑުގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox