ނޫސްވެރިން ވައިޓް ހައުސްއިން ބޭރުކުރި މައްސަލާގައި ޓްރަމްޕަށް ބޮޑު ނާކާމިޔާބީއެއް

Sep 24, 2026, 11:09 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީއެންއެން އާއި އެމްއެސް ނައު އަދި ޕޮލިޓިކޯގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރެއްވި މަނާކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ނިންމަވައި، އެ ނޫސްވެރިންނަށް އަލުން ވައިޓް ހައުސްއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެޑަރަލް ފަނޑިޔާރަކު ބުރާސްފަތި ދުވަހު އަމުރުކުރައްވައިފި އެވެ.

ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު ޓިމް ކެލީ މި އަމުރު ނެރުއްވީ، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރައީސް ސެޕްޓެމްބަރު 18 ގައި އިއުލާން ކުރެއްވި މަނާކުރުމާ ދެކޮޅަށް އެ ނޫސް އިދާރާތަކުން ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހު އެވެ.

ފަނޑިޔާރު ކެލީ ވަނީ އެ ނޫސް އިދާރާތަކުގެ ޕްރެސް ޕާސްތައް ވަގުތުން އަނބުރާ ދިނުމަށް ޓްރަމްޕްގެ ސަރުކާރަށް އަމުރުކުރައްވައި، ކުރިއަށް އޮތް 14 ދުވަހަށް އެ މަނާކުރުން ތަންފީޒުކުރުން ހުއްޓުވާފަ އެވެ. މީގެ އިތުރުން، އެ ނޫސްވެރިން މަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް ބުނެ ސަރުކާރުން ދެއްކި އުޒުރުތައް ވެސް ފަނޑިޔާރު ވަނީ ބޭރުކޮށްލައްވާފަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، ނޫސްވެރިންގެ ޕާސްތައް އަލުން ދިނުމަށް ކޯޓުން އަމުރުކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ދައުވާ ލިބޭ ފަރާތްތަކުން ދައްކާ ވާހަކައަށް ބާރުދޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. 

ޓްރަމްޕް މީގެކުރިން ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ އެ ތިން ނޫސް އިދާރާއަކީ "އަބަދު ހިޔާލީ ވާހަކަތަކާއި ދޮގު ފެތުރުމުގެ ފުރުސަތު އޮންނަންޖެހޭނެ" ބައެއް ނޫން ކަމަށެވެ. އަދި ޖަސްޓިސް ޑިޕާޓްމަންޓުގެ ވަކީލުން ވެސް ވަނީ ގައުމީ ސަލާމަތުގެ ބަހަނާ ދައްކައި އެ ނިންމުން ދިފާއުކުރަން މަސައްކަތް ކޮށްފަ އެވެ.

އެ ތިން ނޫސް އިދާރާއިން ޓްރަމްޕާއި އޭނާގެ ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ވޮޝިންޓަންގެ ފެޑަރަލް ކޯޓަށް މިދިޔަ ހޯމަ ދުވަހު މައްސަލަ ހުށަހެޅީ، އެ މަނާކުރުމަކީ އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުން ކަމަށް ބުނެ އެވެ. އެ ފަރާތްތަކުން އެދުނީ ގާނޫނީ ހަނގުރާމަ ކުރިއަށްދާއިރު، ވަގުތުން ވައިޓް ހައުސްއަށް ވަދެވޭނެ ގޮތް ހެދުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox