ޓްރަމްޕްގެ އެއާ ފޯސް ވަންގައި ސީއެންއެން ދަތުރުކުރުން މަނާކޮށްފި

Sep 26, 2026, 7:45 PM
ފޮޓޯ: ޕީއޭ

ފޮޓޯ: ޕީއޭ

ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއA ފޯސް ވަން" ގައި ދަތުރުކުރުން އެމެރިކާގެ ބްރޯޑްކާސްޓަރު ސީއެންއެންއަށް މަނާކޮށްފި އެވެ.

މިއީ ބައެއް މީޑިއާތަކަށް ކުރިން ކުރި މަނާކުރުންތައް އުވާލަން ވައިޓް ހައުސްއަށް މަޖުބޫރުވުމާ ގުޅިގެން، އެ އިދާރާއާއި މީޑިއާތަކާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ.

އެމެރިކަން ފުޓްބޯޅަ މެޗެއް ބައްލަވާލެއްވުމަށް ޓްރަމްޕް ޓެނެސީއަށް ކުރައްވާ މި ދަތުރުފުޅުގައި ސީއެންއެންއިން ބައިވެރިވުމަށް ކުރިން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް، ހުކުރު ދުވަހުގެ ރޭ ވައިޓް ހައުސްއިން ނެރުނު މީޑިއާ ޝެޑިއުލްގައި އެ ނޫސް އެޖެންސީގެ ނަމެއް ހިމަނާފައެއް ނުވެ އެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސްގެ ދަތުރުފުޅުގެ ވަގުތީ ޝެޑިއުލްގައި އެ އެޖެންސީގެ ބަދަލުގައި އެހެން އެއްވެސް މީޑިއާ އިދާރާއެއް ހިމަނާފައެއް ނުވެ އެވެ.

ރައީސް ޓްރަމްޕްގެ ސަރުކާރާ ގުޅޭގޮތުން "ޚިޔާލީ ވާހަކަތަކާއި ދޮގު" ފަތުރާ ކަމަށް ތުހުމަތުކޮށް، މިދިޔަ ހަފުތާގައި ޓްރަމްޕް ވަނީ ސީއެންއެން، ޕޮލިޓިކޯ އަދި އެމްއެސް ނައު ގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކޮށްފަ އެވެ.

މި ތިން މީޑިއާ އިދާރާއިން ވެސް ބުނެފައިވަނީ މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޓްރަމްޕްގެ މި ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ޚިލާފު ކަމެއް ކަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ސީއެންއެންއާއެކު ވައިޓް ހައުސްގެ ޚަބަރުތައް ކޮންމެ ދުވަހަކު ރޮޓޭޝަން އުސޫލުން ކަވަރުކުރާ ހަތަރު ޓީވީ ނެޓްވޯކް ކަމަށްވާ އޭބީސީ، ސީބީއެސް، ފޮކްސް ނިއުސް އަދި އެންބީސީން ވަނީ، މަނާކުރި މީޑިއާތަކަށް ތާއީދުކޮށް ރައީސްގެ ޚަބަރުތައް ބްރޯޑްކާސްޓްކުރުން މެދުކަނޑާލާފަ އެވެ.

މީޑިއާތަކާ ދެމެދު އުފެދުނު މި މައްސަލަތަކާ ގުޅިގެން، ނިއުޔޯކްގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ކުރިން ވައިޓް ހައުސްއިން ވަނީ "ޓްރަމްޕް ޓީވީ" ގެ ނަމުގައި އަމިއްލަ ސްޓްރީމިން ޗެނަލެއް އިފްތިތާހުކޮށްފަ އެވެ.

ފެޑަރަލް ފަނޑިޔާރަކު ފަހުން ނިންމެވި ގޮތުގައި، ނޫސް އިދާރާތައް ވައިޓް ހައުސްއަށް ވަނުން މަނާކުރުމަކީ ގާނޫނުއަސާސީއާ ޚިލާފުވުން އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މިވަގުތަށް އެ ނޫސްވެރިންނަށް އަލުން ވަނުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ވަނީ އަމުރުކޮށްފަ އެވެ.

އެހެންނަމަވެސް، ޗައިނާގެ ލީޑަރު ޝީ ޖިންޕިންގެ ޝަރަފުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމީ ޖާފަތަށް ވަޑައިގެންނެވި ބޭފުޅުންގެ ޚަބަރުތައް ކަވަރުކުރުމަށް ދިޔަ ސީއެންއެން އަދި އެމްއެސް ނައުގެ ބައެއް ނޫސްވެރިންނަށް ވައިޓް ހައުސްއިން ވަނީ ވަނުމުގެ ހުއްދަ ނުދީ ހިފަހައްޓާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox