ރައީސް އޮފީހުގެ ސެކިއުރިޓީން ނޫސްވެރިއެއްގެ ފޯނު ޗެކުކޮށްފި

ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އެ އޮފީހުގެ އެމްއެންޑީއެފް ސެކިއުރިޓީން ނޫސްވެރިއެއްގެ ފޯނު  ޗެކުކޮށްފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގެ ސެކިއުރިޓީން ޗެކުކުރީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ފޯނެވެ. އޭނާގެ ފޯނު އަތުލައި ޗެކުރީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ވީޑިއޯކުރި ކަމަށް ތުހުމަތުކޮށެވެ. 

ޝައިހާންގެ އިތުރުން ބައެއް އެހެން ނޫސްވެރިންގެ ފޯނު ދެއްކުމަށްވެސް އެމްއެންޑީއެފްގެ ސެކިއުރިޓީން އެދުނެވެ. އެކަމަކު އެ ނޫސްވެރިން ސެކިއުރިޓީންނަށް ފޯނު ދައްކާފައެއް ނުވެ އެވެ. 

Advertisement

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދަދު އަށް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ހާއްސަ ގަވާއިދެއް އޮންނަ ކަމަށާއި އެ ގަވާއިދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. 

މުންދު ވިދާޅުވީ ރައީސް އޮފީހުގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފްއިން ބަލަމުންދާ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްއާ ސުވާލުކުރަން މުންދު އެދިވަޑައިގެންނެވި އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް މުންދު ނުދެއްވަ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މިދިޔަ މާޗު 31، ގައި ރައީސް އޮފީހުން ވަނީ ނެރެފަ އެވެ.

އެ އުސޫލުގައި ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، އޯޑިއޯ ރިކޯޑުކުރުމަށް މޯބައިލް ފޯނު ބޭނުން ނުކުރެވޭނެ ކަމަށާއި މޯބައިލް ފޯނު ބެނުންކުރެވޭނީ ހަމައެކަނި ނަން ނޯޓުކުރުމަށް ކަމަށް ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ ސެކިއުރިޓީން ނޫސްވެރިޔާ ޝައިހާންގެ ފޯނު އަތުލައި ޗެކުކުރި މައްސަލައާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި  މުއިއްޒަށް ޖިންސީ ކުށުގެ ތުހުމަތުތަކެއް އަމާޒުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލި އެވެ. 

ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އޮފިސަރުން ބޭނުންކޮށްގެން ރައީސް އޮފީހުގެ ޕްރެސް މާލަމުން ޝަހުޒާން ނެރުނު މަންޒަރު ބައެއް ނޫސްވެރިން ވީޑިއޯކުރި އެވެ. އެ މާލަމުން ޝަހުޒާން ބޭރުކޮށްލަން އެންގެވީ ސީދާ މުއިއްޒު އެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ތުހުމަތު ކުރާ މީހާގެ ބަސް ހިމަނައިގެން އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ އާއި ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޝަހުޒާން ހިލާފުވެފައިވާ ކަމަށެވެ. 

ރައީސް އެހެން ވިދާޅުވުމުން ވެސް ޝަހުޒާން ވަނީ އިތުރު ސުވާލުތަކެއްކޮށްފަ އެވެ. އެކަމަކު އެ ސުވާލުތަކަށް ވެސް މުއިއްޒު ޖަވާބެއް ނުދެއްވަ އެވެ. 

"އައިޝާ" ޑޮކިއުމެންޓަރީ އާއި އޭގެ ވާހަކަ ދެއްކުން ކްރިމިނަލް ކޯޓުން މަނާ ކުރީ، އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ ދައުލަތުން އުފުލުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ. 

އެ މައްސަލައިގައި ކޯޓުން އަމުރު ނެރުނީ އެންމެހާ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމުވާ ގޮތަށެވެ. އަދި އެ އަމުރު ވަނީ ސިޔާސީ ޕާޓީތަކާއި މީޑިއާތަކަށް ވެސް ފޮނުވައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox