ކޮންޓްރޯލް ގާނޫނަށް ފަހު މީޑިއާ ނެތިކޮށްލުމުގެ މަސައްކަތް ފަށައިފި: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް، އޭނާ ގެންދަވަނީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން —- ފޮޓޯ: މަޖިލިސް އިދާރާ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް، އޭނާ ގެންދަވަނީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން —- ފޮޓޯ: މަޖިލިސް އިދާރާ

ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ފާސްކުރި ގާނޫނަށް ފަހު މިހާރު މީޑިއާ ނެތިކޮށްލުމަށް ނިޒާމީ ގޮތެއްގައި މަސައްކަތް ފަށާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ. 

މިއަދަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. އެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މީކާއިލް ވިދާޅުވީ މުއިއްޒުގެ ސަރުކާރުން އެ ދުވަސް ފާހަގަކުރަމުން އަންނަނީ ނޫސްވެރިންނާ ދެކޮޅަށް ދައުވާ އުފުލުމަށް ތައްޔާރު ނޫސްވެރިންގެ ސާމާނު ހިފެހެއްޓުމަށް ކަމަށެވެ. 

“މިއީ ނިޒާމީ ގޮތެއްގައި މީޑިއާގެ މިނިވަންކަން ނައްތާލުމަށް ފެށުން، މި މަސައްކަތް މި ފެށީ މީޑިއާ ކޮންޓްރޯލް ކުރުމަށް ބިލެއް ފާސްކުރިތާ މަސްތަކެއް ފަހުން،” މީކާއިލް ވިދާޅުވި އެވެ. 

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް ވަނީ ރާއްޖޭގެ ނޫސްވެރިން ހުދުމުހުތާރުކަމާ ދެކޮޅަށް ކުރަމުންދާ ހިތްވަރަށް ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

ރިޕޯޓާސް ވިތައުޑް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 108 ވަނައިގަ އެވެ.

ފާއިތުވި އަހަރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. ވަކިން ހާއްސްކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް ކޮންޓްރޯލް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ވަނި އެކުލަވާލާފަ އެވެ

އޭގެ އިތުރުން، ސީދާ މުއިއްޒު ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އޭނާއަށާއި އަދަދުގެ ނޫސްވެރިންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.  ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، 2025، ގެ އިރާކޮޅު 19:04 ގަ އެވެ. 

އަދަދު ނޫހުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ނޫސްވެރިންނަށް މިދިޔަ އަހަރުގެ ތެރޭގައި މަރުގެ އިންޒާރުތައް ވެސް ލިބިފައިވެ އެވެ. އަދި ސީދާ ސަރުކާރުން އަންގައިގެން ނޫސްވެރިންގެ އަގުވައްޓާލުމަށާއި ބިރުދައްކައި ފަހަތަށް ޖެއްސުމުގެ އަމާޒުގައި ސޯޝަލް މީޑިއާގައި ކެމްޕޭން ހިންގާފައި އެބަހުއްޓެވެ. އެ ކެމްޕޭންތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ މީހުން ބައިވެރިވެފައިވެ އެވެ. 

ފިޔާޒުއަށް ގުޅައި މުއިއްޒު އިންޒާރު ދެއްވިތާ އަހަރެއް ފާއިތުވި ފަހުން މި އަހަރުގެ އެޕްރީލް 27، ގެ ރޭގެ ވަގުތެއްގައި ފުލުހުން ފޮނުވައިގެން އަދަދު ނޫހުގެ އިދާރާ ވަނީ ރެއިޑުކޮށްފަ އެވެ. އެ ރެއިޑުގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox