ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރުގެ ނިމުމުގެ ފެށުން: އުމަރު

May 13, 2026, 7:39 AM
އަދަދު ބައެއް ނޫސްވެރިން އިއްޔެ ކްރިމިނަލް ކޯޓު ކައިރީގައި

އަދަދު ބައެއް ނޫސްވެރިން އިއްޔެ ކްރިމިނަލް ކޯޓު ކައިރީގައި

ނޫސްވެރިން ޖަލަށް ލައިގެން އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ނިމުމުގެ ފެށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމުރަ މިހެން ވިދާޅުވީ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާނު، މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒުއާ ސުވާލެއް ކުރުމުން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި، އަދަދު ނޫހުން ނެރެނު އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން މުއިއްޒުއަށް އިންތިހާ ފާޑުކިޔުންތައް އިތުރުވަމުން ދަނިކޮށް ކުއްލި އަކަށް ނެރުނު އަނގަ ބަންދުކުރުމުގެ ކޯޓު އަމުރާ ބެހޭ ހަބަރު ލިޔެގެން އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. 

އުމަރު، ޝޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނޫސްވެރިން ޖަލަށް ލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް ކަންކަން ދިއުމަކީ އެ ވެރިކަމެއްގެ ބާރު ކެނޑި، ނިމުމަކާ ގާތްވަމުންދާ ކަމުގެ ހެއްކެކެވެ. މިއީ ރާއްޖޭގެ ތާރީހަށް ބަލާލުމުން ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. 

ދައުލަތުގެ އެންމެ މަތީ މަގާމުތަކާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު ފަރުދުންނާ ތަފާތު ބައެއް ކަމަށާއި އެއީ ވެރިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެ، އެކަންކަމަށް ކެތްތެރިވާން ޖެހޭނެ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ އާންމު ފަރުދުންނާ މެދު ކުރެވޭ ތުހުމަތުތަކާ އެއް މިންގަނޑަކުން މިނެކިރޭނެ ކަންކަން ނޫން ކަމަށް ވެސް އުމަރު ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު އެހެން ފަރުދުންނާ ހިލާފަށް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެކެވެ. ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ އެހެން އާންމު ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫނެވެ. ވެރިން ހުތުރުކަމެއްގައި ބައިވެރިނުވާކަން ސާބިތުވާންޖެހޭނީ ޝަރުއީ ކޯޓަކުންނޫނެވެ. މައުސޫމްކަން ސާބިތުވާން ޖެހޭނީ "ކޯޓް އޮފް ޕަބްލިކް އޮޕީނިއަން" ގަ އެވެ. އާންމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއްގެ މައުސޫމުކަމަށް ބުރަވެވެން ޖެހެ އެވެ. ކުރެވޭ ތުހުމަތަށް އޮތް ހަމައެނި ޖަވާބަކީ ދޮގެކޭ ބުނުމަކުން ނުފުދެ އެވެ،" އުމަރު ވިދާޅުވި އެވެ. 

ޑޮކިއުމެންޓަރީއާ ގުޅިގެން އަނގަބަންދުކުރުމުގެ އަމުރެއް ނެރުނީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލުމާ ގުޅިގެންނެވެ. މި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ގާނޫނުއަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ލިޔުނު ފަހުން އައި ކަޅު ދުވަހެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި ޖަލަށްލީ ދެ ނޫސްވެރިން މިނިވަންކުރުމަށާއި އަދަދު ނޫހާމެދު އަޅާ ފިޔަވަޅުތައް ހުއްޓާލުމަށް ދަނީ ގޮވާލަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox