ހުލާސާކޮށް އިއްޔެ: 6000 މުވައްޒަފުން ވަކިކުރުން، ބިލްތައް ތަސްދީގުކުރުން އަދި ދޮގު ހެދުން

Sep 1, 2026, 6:00 AM
ބޭރު ފައިސާގެ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމަށްފަހު: ވިދާޅުވީ ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާގެ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމަށްފަހު: ވިދާޅުވީ ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދަޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މި ބަދަލާއެކު ކުންފުނިތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ތިބި އަދަދަށްވުރެ މަދުވާނެ ކަމަށެވެ.

އެސްއޯއީތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެކަން މުއިއްޒު ހާމަކުރައްވައިފި

ސަރުކާރު ހިއްސާވާ ކުންފުނިތައް "ރައިޓްސައިޒް" ކުރުމުގެ ސިޔާސަތުގެ ދަށުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެކަން މުއިއްޒު ވަނީ އިއުލާންކުރައްވާފައި. ޕީސީބީގެ އެންގުމާ އެއްގޮތަށް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހަތް ބިލެއް ރައީސް މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގެނައި އިސްލާހާއި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ގެނައި ބަދަލުތައް ހިމެނެއެވެ.

މަޖިލީހުން ފާސްކުރި ހަތް ބިލެއް މުއިއްޒު ތަސްދީގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހަތް ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މީގެ ތެރޭގައި ޑޮލަރު މާރުކުރުމާ ގުޅޭ ބިލުތަކާއި، ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ އިތުރުން ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ރައީސަށް ލިބޭ ބިލު ހިމެނެއެވެ.

ބޭރު ފައިސާ މާރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އާމްދަނީގެ 40 އިންސައްތަ ރުފިޔާއަށް މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރިސޯޓުތަކަކީ ދައުލަތާއި ރައްޔިތުންގެ ހައްގުތަކެއް އެކުލެވޭ ތަންތަން ކަމަށް ވިދާޅުވެ، ރިސޯޓުތަކުގެ ވެރިންނަށް ރައީސް ވަނީ އިންޒާރު ދެއްވާފައެވެ.

Advertisement

އާމްދަނީގެ 40 ޕަސެންޓު ރުފިޔާއަށް މާރުކުރަން އެއްވެސް ރިސޯޓަކަށް ދަތިނުވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ސީދާ ރައްޔިތުންނަށް މީގެން ފައިދާވެގެންދާ ގޮތަކީ، މި އިތުރުވެގެންދާ އިންސައްތައިގެ ސަބަބުން، 20 އިންސައްތައިން 40 އިންސައްތައަށް މާރުކުރުން އިތުރުވެގެންދިޔުމުން އެ ލިބޭ ފައިސާ ބޭނުން ކުރުމަށް އަޅުގަނޑުމެން ގަސްދު ކުރަނީ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފައިސާ ދެއްކުމާއި ޓީވީ ހެދުމާއި އަސާސީ މުދަލަށް ހާއްސަކޮށް،" ރައީސް ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ދައުލަތުގެ ހައްގެއްވާ ކަމަށް ވިދާޅުވި ރިސޯޓުތަކުގެ ވެރިންނަށް މުއިއްޒުގެ އިންޒާރެއް

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޑޮލަރު މާރުކުރަންޖެހޭ މިންވަރު އިތުރު ކުރުމުން ބައެއް ވިޔަފާރިވެރިން އެމަނިކުފާނަށް މެސެޖު ކުރައްވާ، ޑޮލަރުގެ އަގު ބޮޑުކޮށްލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އާ ގަވާއިދުތަކުގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް ރައީސް ވަނީ އެންގުމެއް އަންގަވާފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް ސިފައެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށެވެ. ނަމަވެސް މި ވާހަކަފުޅަކީ ހަގީގަތާ ހިލާފު ވާހަކަފުޅެއް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ރިސޯޓު މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނީ ޑޮލަރުން: މުއިއްޒު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުމަކީ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަންޖެހޭ އުޒުރެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް މަޓީން ބުނަނީ ޑޮލަރުން ކުރަންޖެހޭ ބޮޑެތި ހޭދަތަކުގެ ސަބަބުން އެ މިންވަރަށް ފައިސާ މާރުކުރުމަކީ ވިޔަފާރިތަކަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށް.

ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާ ކަމަށް ވިދާޅުވެ މުއިއްޒު ދޮގުހައްދަވައިފި

ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަމަލުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދޮގު މަޢުލޫމާތު ދެއްވައިފިއެވެ. ނަމަވެސް، ރެކޯޑުތަކުން ދައްކާ ގޮތުގައި އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވިތާ އަށް ހަފުތާ ވެފައިވާއިރު، ގަވާއިދުން އެ ބައްދަލުވުންތައް ނުބާއްވާކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އެކުލަވާލި ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާ ބެހޭ ގާނޫނުވެސް މިހާރު ވަނީ ތަސްދީގުކުރައްވާފައެވެ.

ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް މުއިއްޒުއަށް

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ ފުރިހަމަ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އެކުލަވާލި ބިލު ރައީސް މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ގާނޫނުގެ ދަށުން އިގުތިސޯދީ، އިޖުތިމާއީ އަދި ސިނާއީ އެކި ބޭނުންތަކަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ އަގުތަކާއި އުސޫލުތައް ވަނީ ކަނޑައަޅާފައެވެ.

ސިޔާސީ ހަރަކާތްތަކާއި ފާޑުކިޔުންތައް

އިދިކޮޅު އެމްޑީޕީން ވަނީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ ސީދާ ހަރަކާތްތައް ހިންގުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައެވެ. މި ގަރާރު ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވަނީ އައްޔަނުކޮށްފައެވެ.

މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ ހަރަކާތް ހިންގަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހަޅުއްވަނީ

މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ ސީދާ ހަރަކާތްތަކެއް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ވަނީ ނިންމަވާފައި. މި ގަރާރުގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔައި، މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް ނުވަތަ މަގާމުން އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައި.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ޝިއްޕެ އައްޔަނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝިފާޒު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ދަ ޑިމޮކްރެޓްސްގައި އުޅުއްވުމަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގައެވެ.

މުއިއްޒު އިސްތިއުފާދެއްވަންދެން ސިލްސިލާ ހަރަކާތްތައް ހިންގަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ ސީދާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ގަރާރުގައި ގޮވާލާފައިވަނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އިގްތިސާދީ ސިޔާސަތުތައް ހުއްޓާލައި، މާލީ މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސިނަމާލެ ބްރިޖުގެ ކްރެޑިޓް ރައީސް މުއިއްޒު ނަންގަވަން އުޅުއްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ބްރިޖުގެ މަސައްކަތުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވުން ފިޔަވައި އިތުރު ކަމެއް ނުކުރައްވާ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ ކްރެޑިޓް މުއިއްޒު ނަންގަވަން އުޅޭތީ ޔާމީނުގެ ފާޑުކިޔުން

ސިނަމާލެ ބްރިޖުގެ މަޝްރޫއަކީ ސީދާ އެމަނިކުފާނާއި އިކޮނޮމިކް ކައުންސިލުން ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއުގެ ކްރެޑިޓް ރައީސް މުއިއްޒު ނަންގަވާތީ ޔާމީން ފާޑުވިދާޅުވި. ޔާމީން ވިދާޅުވީ އޭރު ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި ނަމަވެސް، ބްރިޖުގެ އެއްވެސް މަޝްވަރާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާ ކަމަށް.

ދާދިފަހުން ށ. ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށު ރައްޔިތުން ވަނީ ފެނަކަ އޮފީހަށް ވަދެ އިހުތިޖާޖުކޮށް، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ވަކިކުރުމުން އެ ރަށު ރައްޔިތުން ފެނަކަ އޮފީހަށް ވަދެއްޖެ

ރައްޔިތުން އޮފީސް ތެރެއަށް ވަނީ އެތަނުގެ ވެރިންނާ ބައްދަލުކުރަން އެދުމުން އެ ފުރުސަތު ނުދިނުމުން ކަމަށާއި، މުޒާހަރާ ނިންމާލީ ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް އެދި ފެނަކަ އެމްޑީއަށް ސިޓީއެއް ފޮނުވާނެ ކަމަށް އެތަނުގެ ވެރިޔާ ބުނުމުންނެވެ.

ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ވަކިކުރުމުން އިހުތިޖާޖުކޮށް، މުއިއްޒުގެ އިސްތިއުފާއަށް ގޮވައިފި

ށ. ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ ރަށު ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. މި އިހުތިޖާޖުގެ ބައިވެރިންނާއި ފޯކައިދޫ ކައުންސިލުން ވަނީ މިއީ ރައީސްގެ ވައުދާ ހިލާފަށް، ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށް ހިންގި އަނިޔާވެރި އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ކުށްވެރިކޮށްފައެވެ.

ކުށާއި ހާދިސާތައް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައެއްގައި، އުމުރުން ތިން އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރު ރެކޯޑު ކުރި 28 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލޭގެ "އަމާން އުދަރެސް" ފްލެޓެއްގެ ތިންވަނަ ފަންގިފިލާއިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.

އެންމެ ތިން އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކު ހައްޔަރުކޮށްފި

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ހާދިސާ ހިނގީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އަމާން އުދަރެސް ފްލެޓެއްގެ ތިންވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ފްލެޓެއްގެ ތިންވަނަ ފަންގިފިލާއިން 16 އަހަރުގެ އަންހެން ކުއްޖަކު މިއަދު މެންދުރު ވެއްޓިއްޖެއެވެ. އެ ކުއްޖާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރި ހަ ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންގެ އެކައުންޓުތަކުގައި 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބިދޭސީންގެ ވަގު ވިޔަފާރިތަކަށް ދިވެހިންގެ އެކައުންޓުތައް ބޭނުންކުރާ ކަމަށް ބުނެ ފުލުހުން ވަނީ އިންޒާރު ދީފައެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ ހަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި

"މި ފަރާތްތަކަކީ ހުއްދަ ދެވިފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއްކަން ފާހަގަ ކުރެވޭ،" ފުލުހުން ބުނެފައިވެ އެވެ.

މުއިއްޒު އިސްތިއުފާދެއްވަންދެން ސިލްސިލާ ހަރަކާތްތައް ހިންގަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ ސީދާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ގަރާރުގައި ގޮވާލާފައިވަނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އިގްތިސާދީ ސިޔާސަތުތައް ހުއްޓާލައި، މާލީ މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށެވެ.

މަގުމަތީގެ ސަލާމަތާ ގުޅޭގޮތުން، ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނެއްގެ ލައިސަންސް ހިފަހައްޓައި، އޭނާގެ ސައިކަލު ފުލުހުން ވަނީ ޓޯކޮށްފައެވެ.

ނުރައްކާތެރިކޮށް ދުއްވުމުން ލައިސަންސް ހިފަހައްޓައި ސައިކަލް ޓޯކޮށްފި

ފުލުހުން ބުނީ އެ ވީޑިއޯއާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން، އެ އުޅަނދާއި އުޅަނދު ދުއްވަން އިން ފަރާތް ދެނެގަތުމަށް ފަހު، 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ސައިކަލް ގެންދިޔުމުގެ އިތުރުން އުޅަނދު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައި، އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް

ކުޅިވަރުގެ ޚަބަރުތައް

ކުޅިވަރުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރަކީ، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމެވެ. 39 އަހަރުގެ މެސީ މި ނިންމުން ނިންމީ ގައުމީ ޓީމަށް 20 އަހަރު ކުޅެދިނުމަށްފަހުގައެވެ.

ރާއްޖޭގެ ޒުވާން ޓީމުން ވަނީ އޭޝިއަން ކަޕް 20 އަހަރުން ދަށުގެ ކޮލިފައިންގައި ބްރުނާއީ ބަލިކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ. ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ބްރުނާއީ ބަލިކޮށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ފެށުމެއް

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ކުޅުނު ފުރަތަމަ މެޗުން ބްރުނާއީ އަތުން 2-0 އިން ރާއްޖެ މޮޅުވެއްޖެ. މިޔަންމާގައި ކުރިއަށްދާ މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އީތަން އިބްރާހިމް ޒަކީ އާއި ކެޕްޓަން މުހައްމަދު އިލާން އިމްރާން.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox