ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ވަކިކުރުމުން އެ ރަށު ރައްޔިތުން ފެނަކަ އޮފީހަށް ވަދެއްޖެ

ފޯކައިދޫ ފެނަކަ އޮފީހުން 13 މުވައްޒަފުން ވަކިކުރުމުން، އެ ރަށު ރައްޔިތުން ފެނަކަ އޮފީހަށް ވަދެ އިހުތިޖާޖު ކުރަނީ: ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް އެދި ފެނަކައިގެ އެމްޑީއަށް ސިޓީއެއް ފޮނުވާނެ ކަމަށް އެ ރަށުގެ ސްޓޭޝަން އިންޗާޖު ބުނުމުން މި ވަގުތަށް މުޒާހަރާ ވަނީ ނިންމާލައިފައި -- ފޮޓޯ: ސްނެޕްޝޮޓް

ފޯކައިދޫ ފެނަކަ އޮފީހުން 13 މުވައްޒަފުން ވަކިކުރުމުން، އެ ރަށު ރައްޔިތުން ފެނަކަ އޮފީހަށް ވަދެ އިހުތިޖާޖު ކުރަނީ: ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް އެދި ފެނަކައިގެ އެމްޑީއަށް ސިޓީއެއް ފޮނުވާނެ ކަމަށް އެ ރަށުގެ ސްޓޭޝަން އިންޗާޖު ބުނުމުން މި ވަގުތަށް މުޒާހަރާ ވަނީ ނިންމާލައިފައި -- ފޮޓޯ: ސްނެޕްޝޮޓް

ށ. ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައިގައި އެ ރަށު ފެނަކަ އޮފީހަށް ރައްޔިތުން ވަދެއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ނައިބުރައީސް، މައުމޫން ރަޝީދު ވިދާޅުވީ އެ ރަށު ރައްޔިތުން ފެނަކަ އޮފީހަށް ވަނީ އެ ތަނުގެ ވެރިންނާ ބައްދަލުކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އެއްވެސް ވަރަކަށް އިޖާބަ ނުދިނުމުން ކަމަށެވެ.

"ރޭގައި ވެސް ފެނަކަ އޮފީސް ދޮށުގައި މުޒާހަރާކޮށްފައި މިއަދު ރަސްމީ ގަޑީގައި ދިޔައީ، ވަރަށް ގިނައިރު އެތަނުގެ ވެރިންނާ ބައްދަލުކުރަން އެދި ނުކުންނަން އެދުނީމަ ވެސް ނުކިކުތީމަ އެތެރެއަށް ވަނީ،" މައުމޫން ވިދާޅުވި އެވެ.

ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ވަކިކުރުމުން އިހުތިޖާޖުކޮށް، މުއިއްޒުގެ އިސްތިއުފާއަށް ގޮވައިފި

ށ. ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ ރަށު ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. މި އިހުތިޖާޖުގެ ބައިވެރިންނާއި ފޯކައިދޫ ކައުންސިލުން ވަނީ މިއީ ރައީސްގެ ވައުދާ ހިލާފަށް، ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށް ހިންގި އަނިޔާވެރި އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ކުށްވެރިކޮށްފައެވެ.

އޭނާ ވިދާޅުވީ ފޯކައިދޫ ރައްޔިތުން އެ ރަށު ފެނަކަ އޮފީހަށް ވަތް ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ. އެކަމަކު، އެ ރަށު ރައްޔިތުންގެ ފެނަކަ އޮފީހަށް ވަންނަން މަސައްކަތް ކުރުމުން އެ ރަށުގައި ތިބި ފުލުހުން ރައްޔިތުންނަށް ހުރަސްއަޅަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށުގެ 70 އެއްހާ މީހުންގެ ބަލަދު އަރާ ކުދިންތަކެއް ކަނޑާލީ ވަޒީފާއިން އެއްވެސް ކުށެއް ނެތި، އެ ކުދިންގެ ހަމައެކަނި ކުށަކީ އެމްޑީޕީއަށް ތާޢީދުކުރުން، އެހެންވީމަ އެ ކުދިންގެ އާއިލާތަކުގެ މެންބަރުން ގޮސް އެތަނަށް ވަނީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ފުލުހުންގެ އެސްއޯ ޓީމެއް ވެސް މިހާރު އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ރަށު ފެނަކަ އޮފީހަށް ރައްޔިތުން ވަނުމުން، އެތަނުގެ ވެރިން ނުކުމެ ޖަވާބެއް ދިނުމުން މުޒާހަރާ މި ވަގުތަށް ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނައިރު ވަންދެން [ރައްޔިތުން] އެތެރޭގައި ތިއްބާ އެތަނުގެ ވެރިން ނުކުމެ ބުނީ [13 މީހުން ވަޒީފާއިން ކަނޑާލުމަކީ] އެ މީހުން ކުރި ކަމެއް ނޫންކަމަށް، ސީދާ އެމްޑީ އަންގައިގެން ކުރި ކަމެއް ކަމަށް، ދެން މި ރަށުން ވަޒީފާއިން ވަކިކުރި ކުދިންނަށް އަލުން ވަޒީފާ ދިނުމަށް އެދި މި ތަނުގެ ވެރިޔަކަށް ހުރި ބޭފުޅާ އެމްޑީއަށް ސިޓީއެއް ފޮނުވާނެކަމަށް ބުނީމަ އެތަނުން ނުކުމުގެން އައީ،" މައުމޫން ވިދާޅުވި އެވެ.

ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށުގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ފޯކައިދޫ ފެނަކަ ބްރާންޗުގެ ވެރިންނާއި، ދާއިރާގެ މެންބަރުގެ އިސްތިއުފާއަށް އަދި އެރަށުގެ ޕީއެންސީ ސްޓެއަރިން ކޮމިޓީގެ މެންބަރުންގެ އިސްތިއުފާއަށް ވެސް ގޮވާލައިފަ އެވެ.

ފޯކައިދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް 13 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 13 އާއިލާ ބިކަކޮށްލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވަޒީފާގެ ކަށަވަރުކަން ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް، ކުންފުނި ރައިޓްސައިޒުކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ކުންފުނިތައް ރައިޓްސައިޒުކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ގިނަ އާއިލާތަކެއް ނިކަމެތިކޮށް ހާލުގައި ޖެއްސުމަށް ފަހު، ސިޔާސީ ބޮޑެތި މަގާމުތަކަށް ބޮޑެތި މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައް އުފައްދަމުން ދިއުމަކީ ވެސް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ހިންގާ ނާތަހުޒީބު އަމަލެއް،" ކައުންސިލުގެ ބަޔާނުގައިވެއެވެ.

މިއީ ސިޔާސީ ގޮތުން ރައްޔިތުން ބަލިކަށިކޮށް އަޅުވެތިކުރުމަށްޓަކައި އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެއް ކަމަށް ދެކޭ ކަމަށާއި، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ފޯކައިދޫ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox