ސިނަމާލެ ބްރިޖުގެ ކްރެޑިޓް މުއިއްޒު ނަންގަވަން އުޅޭތީ ޔާމީނުގެ ފާޑުކިޔުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ސިނަމާލެ ބްރިޖުގެ ކްރިކެޓިޓް މުއިއްޒު ނަންގަވަން އުޅޭތީ ފާޑުވިދާޅުވި -- ފޮޓޯ: ޝަރުހާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ސިނަމާލެ ބްރިޖުގެ ކްރިކެޓިޓް މުއިއްޒު ނަންގަވަން އުޅޭތީ ފާޑުވިދާޅުވި -- ފޮޓޯ: ޝަރުހާން

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖްގެ ކްރެޑިޓް މުހައްމަދު މުއިއްޒު ނަންގަވަން އުޅުއްވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ. 

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވުމުގެ އިތުރުން ބްރިޖުގެ އެއްވެސް ކަމެއްގައި އެމަނިކުފާނު ނޫޅުއްވާ ކަމަށާއި ހަގީގަތް އޮޅުވާލައްވާތީ ވަރަށް ދެރަ ކަމަށެވެ. 

ޔާމީން ވިދާޅުވީ ބްރިޖުގެ ވާހަކަ އެންމެ ފުރަތަމަ އެމަނިކުފާނު ޗައިނާގެ ރައީސް ޝީ ޖިން ޕިން އަރިހަށް ވަޑައިގެން މަޝްވަރާކުރެއްވުމަށްފަހު، ބާކީ ހުރިހާ މަޝްވަރާތަކެއް ރައީސް އޮފީހުގައި ކުރިއަށްގެންދިޔައީ އިކޮނޮމިކް ކައުންސިލުގައި ކަމަށެވެ. އިކޮނޮމިކް ކައުންސިލުގައި މުއިއްޒު ހިމެނިވަޑައެއް ނުގަންނަވަ އެވެ. 

"އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް މި ދަންނަވަނީ ހައުސިން މިނިސްޓަރަކަށް މުއިއްޒު އޭރު ހުންނެވި. ބްރިޖެއް އެޅުމުގެ ވާހަކަ ދެކެވުނީ ޝީ ޖިން ޕިން އަރިހަށް އަޅުގަނޑު ކުރި ޒިޔާރަތެއްގައި. ހުރިހާ ޑިސްކަޝަނެއް އޭގެ ފަހުން ކުރިއަށްދިޔައީ ރައީސް އޮފީހުގައި. އިގްތިސާދީ ކޮމިޓީގައި. އޭގައި އިސްކޮށް އަޅުގަނޑުމެންގެ ތެރެއިން ތިއްބެވި ބޭފުޅުން އޭރު އަދީބު ނައިބުރައީސަކަށް ހުންނެވީ،" 

"އެކަމަކު މިހާވަރަށް ކަންތައްތައް އޮޅުވާލަން މަސައްކަތް ކުރެއްވީމަ ވަރަށް ދެރަ. ދެން ހަމަ ތެދެއްމެ ނަލަ ހެދިގެން ހިނގާ ހެދިދާނެ ދެކޮޅަށް ދެކޮޅަށް. އެ ނޫން ކަމެއް މިހާރު ކުރަންވެސް ނެތީ."

މީގެއިތުރުން ޔާމީން ވިދާޅުވީ ބްރިޖުގެ މަސައްކަތަކީ މުޅިންވެސް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ބްރިޖު މަސައްކަތުގައި ތަޖުރިބާކާރުންނަށް އެހީތެރިވުމުގައި ދިވެހި އިންޖިނިއަރުން އުޅެދާނެ ކަމަށެވެ. 

"މިވަރުގެ ބޮޑު މަސައްކަތެއް ހިނގައިދިޔައިރު ރާއްޖޭގެ ސިވިލް އިންޖިނިއަރުންގެ ކޮންޓްރިބިއުޝަނެއް ނޫނީ ހިއްސާއެއް މިއަކު ނޯންނާނެ އެނގޭތޯ. މިއީ ހަމަ މުޅިން ބޭރުގެ އެކްސްޕަޓީސް. ޗައިނާއިން މި މަސައްކަތް ކޮށްދީފައި، ޗައިނާ ސަރުކާރުން އަތްދަށު ވަޑިން ގޮތުގައި ކޮންމެވެސް ވަރަކަށް ދިވެހި އިންޖިނިއަރުން އުޅެފާނެ،" ޔާމީން ވިދާޅުވި އެވެ. 

ސިނަމާލެ ބްރިޖުގެ ކްރެޑިޓް ނަންގަވަން މުއިއްޒު އެކި މަސައްކަތް ކުރައްވަމުންދާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާގެ އެހީތެރިކަމާއެކު މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަން ފެށި ތިލަމާލެ ބްރިޖްގެ މަސައްކަތް ފެށީ މުއިއްޒުގެ ބެއްލެވުމުގެ ދަށުން މި ސަރުކާރުން ކަމަށް ދައްކަން ދަނީ މަސައްކަތް ކުރައްވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox