ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް މުއިއްޒުއަށް

ރައީސް މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ ފަހަތުން ސަވާހިލި ރަށް

ރައީސް މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ ފަހަތުން ސަވާހިލި ރަށް

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އިތުރަށް މަގުފަހިވާ ގޮތަށް އެކުލަވާލި ފަޅު ރަށްރަށް ކުއްޔަށް ދޫކުރުމާ ބެހޭ ގާނޫނު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައި އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓުދެއްވި އެވެ. މުއިއްޒު ބިލު ތަސްދީގުކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

އެ ގާނޫނުގައި އޮތްގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ދީފައިއޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ކުއްޔަށް ދޫކުރެވޭނެ މުއްދަތެއްގެ ގޮތުގައި އޮތީ 21 އަހަރެވެ. އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބެ އެވެ. 

ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސޯދީ އެހެނިހެން ބޭނުންތަކާއ، އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. 

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50ރ. އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް ދެ ރުފިޔާ އެވެ.

ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، ލާޖް-ސްކޭލް އިގުތިސޯދީ މަސައްކަތްތަކާއި އެކުއަކަލްޗާ ނުވަތަ އެކުއަކަލްޗާއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. 

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ. 

ފަޅާއި ފަޅުރަށްރަށް ވިޔަފާރީގެ ބޭނުމަށް ކުއްޔަަށް ދެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށް ކަމަށް އާ ގާނޫނުގައި ބުނެފައިވެ އެވެ.

ރަށްރަށް ކުއްޔަށް ދޫކުރުމަށްފަހު އެކަމުގެ ތަފްސީލީ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓު އޮފީހާ ކަމާބެހޭ މިނިސްޓްރީތަކުން ހިއްސާކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި، އެ ބިލުގައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ކަމަށް ބަޔާންކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox