އާމްދަނީގެ 40 ޕަސެންޓު ރުފިޔާއަށް މާރުކުރަން އެއްވެސް ރިސޯޓަކަށް ދަތިނުވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ބޭރު ފައިސާގެ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމަށްފަހު: ވިދާޅުވީ ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާގެ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމަށްފަހު: ވިދާޅުވީ ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރު ކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބޭރުގެ ފައިސާގެ އާމްދަނީ އިން 40 ޕަސެންޓު މާރުކުރަން ރިސޯޓުތަކަށް "އެއްވެސް ދަތިކަމެއް ނޯންނާނެކަން" ޔަގީންކަމާއެކު އެނގިވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި ދަންނަވާލަން ބޭނުން ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް އަޅުގަނޑުމެންނަށް ޔަގީންކަމާއެކީގައި އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނޫނީއްޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނޫނިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސޭސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ 40 އިންސައްތަ މާރުކޮށްގެންނެއް. އެއީ ޔަގީންކަމެއް،" ރައީސް ވިދާޅުވި އެވެ. 

Advertisement

މުއިއްޒު ވިދާޅުވީ، ބައެއް ރިސޯޓުތަކުން ޑޮލަރު ގިނަވެގެން ކަޅު ބާޒާރުގައި އަގުބޮޑުކޮށް މާރު ކުރަމުންދާ ކަމަށެވެ. އެގޮތަށް ކަޅު ބާޒާރަށް ޑޮލަރު ވިއްކާނީ މާރު ކުރެވޭ ވަރަށް އަތުގައި ޑޮލަރު ހުރުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"މިހާރު ވެސް އެބަ ފެނޭ، ނޫސްތަކުން ވެސް އެބަ ފެނޭ އަދި އެހެން ގޮތްގޮތުން ވެސް އެނަ އެނގޭ ކަޅު ބާޒާރުގައި ބޮޑު އަގުގައި ހަމަ ބައެއް ފަރާތްތަކުން މާރުކުރަމުން އެބަދޭ. ޔަގީނުން ވެސް ފައިސާ އެކްސެސްކޮށް ހުރީމަ އެކަން ކުރާނީ. ދެން އެހެން ނޫނަސް ހިސާބުކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް 40 އިންސައްތަ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫންކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޑޮލަރު މާރު ކުރަންޖެހޭ މިންވަރު އިތުރު ކުރުމުގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. 

"ސީދާ ރައްޔިތުންނަށް މީގެން ފައިދާވެގެންދާ ގޮތަކީ، މި އިތުރުވެގެންދާ އިންސައްތައިގެ ސަބަބުން، 20 އިންސައްތައިން 40 އިންސައްތައަށް މާރުކުރުން އިތުރުވެގެންދިޔުމުން އެ ލިބޭ ފައިސާ ބޭނުން ކުރުމަށް އަޅުގަނޑުމެން ގަސްދު ކުރަނީ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފައިސާ ދެއްކުމާއި ޓީވީ ހެދުމާއި އަސާސީ މުދަލަށް ހާއްސަކޮށް،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox