ޑޮލަރުގެ ވިޔަފާރި ކުރާ ހަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި

Aug 31, 2026, 10:03 PM
ޑޮލަރުގެ ވިޔަފާރިކޮށްގެން ހައްޔަރު ކުރި ބިދޭސީން: ފުލުހުން ބުނީ ބައެއް ދިވެހިންގެ އެކައުންޓު އެފަދަ ކަންކަމަށް ދޫކުރާ ކަމަށް -- ފޮޓޯ: ޕޮލިސް

ޑޮލަރުގެ ވިޔަފާރިކޮށްގެން ހައްޔަރު ކުރި ބިދޭސީން: ފުލުހުން ބުނީ ބައެއް ދިވެހިންގެ އެކައުންޓު އެފަދަ ކަންކަމަށް ދޫކުރާ ކަމަށް -- ފޮޓޯ: ޕޮލިސް

ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރު ކުރި ހަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ. 

މިއަދު ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ބުނީ ހައްޔަރު ކުރީ ޑޮލަރުގެ ވިޔަފާރި ކުރާ ބިދޭސީންތަކެއް ކަމަށެވެ. އެމީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. 

"މި ފަރާތްތަކަކީ ހުއްދަ ދެވިފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއްކަން ފާހަގަ ކުރެވޭ،" ފުލުހުން ބުނެފައިވެ އެވެ. 

އޭގެ އިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ، ގާނޫނާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދާ ފައިސާ ލޯންޑާކޮށް ދައުރު ކުރުމަށް ބައެއް ދިވެހިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކާއި ވިޔަފާރިތަ ބޭނުން ކުރަމުންދާ ކަމަށެވެ. 

"އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓް އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިވިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް،" ފުލުހުން ބުނެފައިވެ އެވެ. 

ފުލުހުން ބުނީ އެ ހަ ބިދޭސީން ހައްޔަރު ކުރި އޮޕަރޭޝަން ކުރިއަށްގެންދިޔައީ އިމިގްރޭޝަން ޑިޕާޓްމަންޓާ ގުޅިގެން ކަމަށެވެ. އެ އޮޕަރޭޝަނުގެ ކުރިއަށްގެންދިޔައީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތައް ހޯދަން އެކުލަވާލާފައިވާ ގައުމީ ލެވެލްގެ ޓާސްކްފޯހަކުން ކަމަށް ފުލުހުން ބުނެ އެވެ. 

ޑޮލަރު ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ފަށާފައި މި ވަނީ ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އަރައިގެން ދިޔުމުންނެވެ. އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ ޑޮލަރުގެ އަގު ހަބަރުތަކުގައި ގެނެސްދިނުން މަނާކޮށްފަ އެވެ. 

އޭގެ އިތުރުން، ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ ރިސޯޓުތަކުން ކަމަށް ތުހުމަތުކޮށް، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހެދި އެވެ. 

ޑޮލަރު މާރުކުރަން މަޖުބޫރުވާ މިންވަރު އިތުރު ކުރަން މަޖުބޫރުވާ ބިލު ތަސްދީގު ކުރެއްވުމަށްފަހު މުއިއްޒު ވިދާޅުވީ، ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށާއި ރިސޯޓު އޯނަރު މުއްސަނދިވެފައި، އެހެން އެންމެން ދަތިހާލުގައި އުޅެން ދޫކޮށްނުލެވޭނެ ކަމަށެވެ. 

"ކީއްވެތޯ ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ އެންމެން ސަފާކުރަން [ނިކަމެތިކަމުގައި އުޅެން] ޖެހެނީ. ނުޖެހޭނެ އެކަން ކުރާކަށް، އަޅުގަނޑު މިކަމާ އުޅެން ފެށީމާ ބައެއް ބޭފުޅުން ވިދާޅުވި ރާއްޖޭގެ ބަޖެޓު ކުޑަކުރާށޭ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ހުއްޓާލާށޭ،" ރައީސް ވިދާޅުވި އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސިއިރު، ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާއި ރިސޯޓު ސަޕްލައި އާއި ތެޔޮ ބިލާއި ޓީޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި އާއި ރަށު ކުއްޔާއި ލޯނުތައް މިހާރު ވެސް ދައްކަނީ ޑޮލަރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox