ރިސޯޓުތަކުގައި ދައުލަތުގެ ހައްގެއްވާ ކަމަށް ވިދާޅުވި ރިސޯޓުތަކުގެ ވެރިންނަށް މުއިއްޒުގެ އިންޒާރެއް

Aug 31, 2026, 2:47 PM
ބޭރު ފައިސާގެ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމަށްފަހު: ވިދާޅުވީ ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބޭރު ފައިސާގެ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމަށްފަހު: ވިދާޅުވީ ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރިސޯޓުތަކުގައި ދައުލަތާއި ރައްޔިތުންގެ ހައްގެއް އެކުލެވޭ ކަމަށް ވިދާޅުވެ، ރިސޯޓުތަކުގެ ވެރިންނަށް ރައީސް މުހައްމަދު މުއިއްޒު އިންޒާރެއް ދެއްވައިފި އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ބިލު ތަސްދީގު ކުރެއްވުމަށްފަހު ބައެއް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޑޮލަރު މާރުކުރަންޖެހޭ މިންވަރު އިތުރު ކުރުމުން ބައެއް ވިޔަފާރިވެރިން އެމަނިކުފާނަށް މެސެޖު ކުރައްވާ، ޑޮލަރުގެ އަގު ބޮޑުކޮށްލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. 

"ކީއްވެތޯ ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ އެންމެން ސަފާކުރަން [ދަތިހާލުގައި އުޅެން] ޖެހެނީ. ނުޖެހޭނެ އެކަން ކުރާކަށް، އަޅުގަނޑު މިކަމާ އުޅެން ފެށީމާ ބައެއް ބޭފުޅުން ވިދާޅުވި ރާއްޖޭގެ ބަޖެޓު ކުޑަ ކުރާށޭ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ހުއްޓާލާށޭ. އަޅުގަނޑު އަތުގައި މެސެޖު އެބަހުރި. ރައްޔިތުންނަށް އަޅުގަނޑުވެފައި ހުރި ވައުދުތައް ފުއްދަން ބޮޑެތި ބަޖެޓުތައް ހަދައިގެން، ރައްޔިތުންނަށް ތަރައްގީ އާއި ތަމައްދުން ގެނެސްދޭން މަސައްކަތްކުރާ ކަމަށްވަންޏާ ޑޮލަރު ރޭޓު ވެސް ބޮޑުވާނޭއޭ، ތިމަންނަމެން ބްލެކް މާކެޓުގައި ވެސް ވިއްކާނަމޭ، މިއީ ކަމުދާ ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ރިސޯޓުތައް ހިންގަނީ ރާއްޖޭގައި ކަމަށާއި އެތަންތަނުގައި ދައުލަތުގެ އަދި ރައްޔިތުންގެ ހައްގު އެކުލެވޭ ކަމަށެވެ. އަދި "މިއީ ދައުލަތުގެ" އެއްޗެހި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑު ވީ ވައުދުތައްތޯ ހުއްޓާލަންވީ ނޫނިއްޔާ ތިމަންނަމެން ރިސޯޓު ހިންގައިގެން ލިބޭ ޑޮލަރުން ރައްޔިތުންނަށް ހައްގު މިންވަރު ދޭންވީތޯ، މިއީ ކުރަންވީ ސުވާލަކީ ތި ބޭފުޅުން ނޫސްވެރިން ވެސް. ކާކަށްތޯ އޮޅުވާލަނީ، އަމިއްލަ ނަފްސަށް އޮޅުވާލަނީ ކީއްކުރަންތޯ. ރައްޔިތުންގެ ހައްގު އެބައޮތޭ، ރާއްޖޭގައޭ މި ހިންގަނީ މި ރިސޯޓުތައް. މިއީ ދައުލަތުގެ އެއްޗެއްސޭ. ދައުލަތުގެ އެއްޗެހި މިއީ. އެހެންވީމާ އަޅުގަނޑުމެން ކަންކަން ކުރަނީ ޒިންމާދާރުކަމާއެކީގައި،" މުއިއްޒު ވިދާޅުވި އެވެ. 

ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން އެއްވެސް ރިސޯޓަކަށް ދަތިނުވާނެ ކަމަށް ވެސް މުއިއްޒު މިއަދު ވިދާޅުވި އެވެ. 

"އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި ދަންނަވާލަން ބޭނުން ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެ ކަމަށް އަޅުގަނޑުމެންނަށް ޔަގީންކަމާއެކީގައި އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނޫނީއްޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނޫނިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސޭސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ 40 އިންސައްތަ މާރުކޮށްގެންނެއް. އެއީ ޔަގީންކަމެއް،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox