ބްރުނާއީ ބަލިކޮށް ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ފެށުމެއް

Aug 31, 2026, 7:31 PM
އޭޝިއަން ކަޕް ކޮލިފައިންގައި ބްރުނާއީ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ: އޭއެފްސީ

އޭޝިއަން ކަޕް ކޮލިފައިންގައި ބްރުނާއީ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން--- ފޮޓޯ: އޭއެފްސީ

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބްރުނާއީ ދާރުއްސަލާމް އަތުން 2-0 އިން މޮޅުވެއްޖެ އެވެ. 

އޭއެފްސީ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން، ކޮލިފައިން ކުރިއަށްދާނީ ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެއް ގޮތަށެވެ. ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ގައުމުތަކުން ކުޅޭއިރު، ޑިވެލޮޕްމަންޓް ފޭސްގައި ކުޅޭނީ ދަށް ރޭންކުގެ ގައުމުތަކެވެ. ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގަ އެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕެއް އޮތްއިރު، ރާއްޖޭގެ ގްރޫޕްގެ މެޗުތައް ކުޅޭނީ މިޔަންމާގަ އެވެ. އެ ގްރޫޕްގައި މިޔަންމާ އާއި ރާއްޖެ އަދި ސްރީ ލަންކާ އާއި ދާރުއްސަލާމް ހިމެނޭއިރު، މީގެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ދެން އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ލިބޭނެ އެވެ. 

މި ގްރޫޕްގެ ފުރަތަމަ މެޗުން ސްރީ ލަންކާ އަތުން މިޔަންމާ ވަނީ 4-0 އިން މޮޅުވެފަ އެވެ. 

ދެ ވަނަ މެޗު ފަށައިގެން ރާއްޖޭން ރަނގަޅު އެޓޭކްތަކެއް ކުރަން ފެށިއިރު، ބްރުނާއީ ކުޅުންތެރިންނަށް މެޗުގެ ތެރެއަށް ވަދެ، ކުޅެން ލިބުނީ މަދު ފުރުސަތުތަކެކެވެ. ރާއްޖޭން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައި އީތަން އިބްރާހިމް ޒަކީ ޖެހި ގޯލުންނެވެ. އެ ގޮތުން، އީތަން އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރުނާއި ކީޕަރު ސަފްވާން އަފްލީ އަތުގައި ޖެހިފަ އެވެ. ރާއްޖެ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އަހުޒަމް ރަޝީދު (އަހު) އަށް ލިބުނު ހުސް ފުރުސަތުގައި ޖެހި ބޯޅަ ކީޕަރު ސަފްވާން ވަނީ މަތަކޮށްފަ އެވެ. މިއީ، ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ހުސްކޮށްލާފައި އަހު އަށް ދިން ބޯޅައެކެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި ބްރުނާއީ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން: ރާއްޖޭން މި މެޗަށް ނެރުނު ފުރަަތަމަ އެގާރަ ކުޅުންތެރިން.
އޭޝިއަން ކަޕް ކޮލިފައިންގައި ބްރުނާއީ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން: ރާއްޖޭން މި މެޗަށް ނެރުނު ފުރަަތަމަ އެގާރަ ކުޅުންތެރިން.

ރާއްޖޭން ލީޑުފުޅާކުރި ލަނޑު ޖެހީ 31 ވަނަ މިނިޓްގައި އިލާން އެވެ. އަހު މެދުތެރެއިން އަރިމައްޗަށް ދިން ބޯޅައެއް ހިފައިގެން އައިސް ނައްސާހު އިބްރާހިމް ނާސިރު ނަގައިދިން ހުރަަހަކަށް އަރައި އިލާން ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މި ލަނޑު ޖެހުމުގެ ކުރިން މި ހާފުގައި އިލާނަށް ލިބުނު ދެ ފުރުސަަތެއްގއި އެންމެ ރަނގަޅަށް ފޮނުވާނުލެވުނެވެ. 

ދެ ވަނަ ހާފުގައި ރާއްޖޭގެ އަހު އަށް ލިބުނު ދެ ފުރުސަތެއްގައި ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ބްރުނާއީ ކީޕަރު ސަފްވާން އަތަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުަގައި ކުޅެން އެރި އައިދު މުހައްމަދު ޖަވީޒު އަށް އޭރިއާތެރެއިން ލިބުނު ފުުރުސަތުގައި ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި ބްރުނާއީ އިން އެޓޭކަށް ދާ ބޯޅަތައް ގިނަކޮށް ހަމަލާތަކެއް ފޮނުވާލެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ގިނަ ބޯޅަތައް ދިޔައީ، ގޯލާ ސީދާނުވެ ބޭރުންނެވެ. 

ކޮލިފައިންގައި ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި ބުރާސްފަތި ދުވަހު ސްރީ ލަންކާއާ ކުޅޭނެ އެވެ. ކޮލިފައިން ގްރޫޕްގެ ފަހު މެޗުގައި ރާއްޖޭން މިޔަންމާއާ ކުޅޭނީ އާދިއްތަ ދުވަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox