ރިސޯޓު މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނީ ޑޮލަރުން: މުއިއްޒު

މުހައްމަދު މުއިއްޒު: ހުރިހާ ރިސޯޓަކުންވެސް ގާނޫނަށް ތަބާވެ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމީ ޒިންމާ އާއި ވިޔަފާރީގެ ޒިންމާ އަދާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: ހުރިހާ ރިސޯޓަކުންވެސް ގާނޫނަށް ތަބާވެ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމީ ޒިންމާ އާއި ވިޔަފާރީގެ ޒިންމާ އަދާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ރިސޯޓުތަކަށް ބޭރުފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސަންޓު އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުކުރުން އުޒުރެއް ގޮތުގައި ދައްކައި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށެވެ. 

"މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން އެއްވެސް ރިސޯޓަކުން ހުއްޓާލައިގެން ނުވާނެ. އެއީ އެއްވެސް ރިސޯޓަކުން ކޮށްގެންވާނެ ކަމެއް ނޫން. ކުރުމަކަށް އެއްވެސް އުޒުރެއްވެސް ނެތް. މުވައްޒަފުންނަށް މުސާރަ ޑޮލަރުން ދީފައި، ލޯނު ދައްކާފައި، ހަރަދުތަކަށް ފައިސާ ދައްކާފައި މާ ފަސޭއިންވެސް މި 40 އިންސައްތަ މާރުކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ހުރިހާ ރިސޯޓަކުންވެސް ގާނޫނަށް ތަބާވެ، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމީ ޒިންމާ އާއި ވިޔަފާރީގެ ޒިންމާ އަދާކުރަންޖެހޭ ކަމަށެވެ. އޭގެއިތުރުން ރިސޯޓުތަކުން ގާނޫނަށް ބޯލަނބާތޯ ކަމާބެހޭ ފަރާތްތަކުން ބަލާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިދިޔަ ހަފްތާގައި ބުނީ ރިސޯޓުތަކުން ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކުހާއި، އަދި ބޭރުގެ ލޯނުތައް ދެއްކުމަށް ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހޭއިރު، އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ވިޔަފާރިތަކަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ. 

ނިމިދިޔަ ހަފްތާގައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް މަޖިލީހުން ބަދަލު ގެނެސް ފާސްކުރީ މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށެވެ. އެ ގާނޫނުގައި ބުނާ ކެޓެގަރީ-ސީ އަށް ގެނައި އެންމެ ބޮޑު ބަދަލަކީ، މާރުކުރަން ޝަރުތު ހަމަވާ އާމްދަނީގެ މިންވަރު އަހަރަކު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމެވެ. 

ސަރުކާރުން ބުނަނީ ބޭރު ފައިސާގެ ގާނޫނަށް ގެންނަ ބަދަލުތަކާއި ތަންފީޒީ ކަންކަން ހަރުކަށިކުރަން އަޅާ ފިޔަވަޅުތަކާއެކީ، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، މި ތާށިކަން ހަމައަކަށް އެޅުވޭނެ ކަމަށެވެ. ނަމަވެސް މި ކަމާ ދެކޮޅެ ހަދާ އިގުތިސޯދީ މާހިރުންނާއި އިދިކޮޅުން ބުނަނީ މި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox