މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ ހަރަކާތް ހިންގަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހަޅުއްވަނީ

އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން މިރޭ ބާއްވާ ގައުމީ މަޖިލިސް ބައްދަލުވުމަށް މުއިއްޒު އިސްތިއުފާ ދެއްވުމާ ހަމައަށް ސިލްސިލާ ސީދާ ހަރަކާތް ހިންގަން ހުށަހަޅުއްވަން ނަޝީދު ވަނީ ނިންމަވާފައި -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން މިރޭ ބާއްވާ ގައުމީ މަޖިލިސް ބައްދަލުވުމަށް މުއިއްޒު އިސްތިއުފާ ދެއްވުމާ ހަމައަށް ސިލްސިލާ ސީދާ ހަރަކާތް ހިންގަން ހުށަހަޅުއްވަން ނަޝީދު ވަނީ ނިންމަވާފައި -- ފޮޓޯ: އަދަދު

ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމާ ހަމައަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާ ސީދާ ހަރަކާތް ހިންގުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގަރާރެއް ހުށަހަޅުއްވަން އުޅޭކަން އެނގިއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ހުށަހަޅުއްވާ ގަރާރުގައި އޮތީ މުއިއްޒު އަޅުއްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތައް އެޅުން ހުއްޓާލެއްވުމަށާއި، އެމްޑީޕީއާއެކު އެއް މޭޒަކަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ އަދި މާލީ މައްސަލަތައް ހައްލުކުރަން މަސައްކަތް ނުކުރެވޭނަމަ އެ ޕާޓީން ސިލްސިލާ ސީދާ ހަރަކާތް ހިންގާ ގޮތަށެވެ. 

 "ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒް އަށް ގޮވާލަނީ، ދިވެހިރާއްޖޭގެ އިގްތިސާދު މިހައި ހީނަރުވެފައި އޮތް ވަގުތެއްގައި ސަރުކާރުން އަޅަމުންދާ އެފަދަ ޒިންމާދާރުކަން ކުޑަ ފިޔަވޅުތައް އެޅުން ހުއްޓާލުމަށާއި، މި ޕާޓީ އާއި އެކު އެއް މޭޒެއްގެ ދޮށަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ އަދި މާލީ މައްސަލަތައް ހައްލުކުރުމަށް،" ގަރާރުގައި ބުންޏެވެ. 

"އަދި މި މަގުން ކަންކަން ހައްލު ކުރެއްވުމަށް އުޒުވެރިވާނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށްދާންދެން މި ޕާޓީގެ އެކިއެކި ސީދާ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް." 

މީގެއިތުރުން އެމްޑީޕީން ކުރިއަށްގެންދާ މި ސިލްސިލާ ސީދާ ހަރަކާތަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ވިޔަފާރިތަކުން އެހީތެރިވުމަށް ގަރާރުގައި ގޮވާލައިފައިވެ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު ހުށަހަޅުއްވާ މި ގަރާރަށް ވީހާވެސް ގިނަ މެންބަރުން ތައީދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އެ ގަރާރުގައި ބުނެފައިވަނީ މުއިއްޒު ތަންފީޒުކުރަން ފައްޓަވާފައިވާ ދޯހަޅި އިގްތިސާދީ އަދި މާލީ ސިޔާސަތުތަކުގެ ސަބަބުން ނުކުންނާނެ ނޭދެވޭ އެތައް ގެއްލުމެއް ހުރިކަން އެމްޑީޕީއަށް ތަސައްވަރު ކުރެވޭ ކަމަށެވެ. އެގޮތުން ރިސޯޓޫތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސަންޓު ދިވެހި ރުފިޔާއަށް މާރުކުރުމަށް ލާޒިމު ކުރުމުން ނުކުމެދާނެ ނޭދެވޭ އެތައް ނަތީޖާއެއްވެސް ހުރި ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. 

"ދިވެހިރާއްޖެއަށް ވަންނަ ޑޮލަރު އިތުރުކުރުމަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ވިޔަފާރިވެރިން ސަރުކާރުގެ މާލީ އަދި އިގްތިސާދީ ސިޔާސަތަށް ކުރާ އިތުބާރު ބޮޑުކުރުން ކަމަށްވެފައި، ވިަޔފާރިވެރިންގެ ފައިސާ ރާއްޖޭގައި ބެހެއްޓުމުން އެމީހުންނަށް ގެއްލުން ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމީހުންނަށް ލިބުމަކީ އިންތިހާއަށް މުހިންމު ކަމެއް،" ނަޝީދު ހުށަހަޅުއްވާ ގަރާރުގައި ބުންޏެވެ. 

މީގެއިތުރުން ޑޮލަރުގެ އަގު ތިރިނުވެ ތަކެތީގެ އަގުތައްވެސް ތިރިކުރުމަށް އަޅަން އެންމެ އެކަށީގެންވާ އަދި މުހިންމު ފިޔަވަޅުތަކަކީ ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ޑޮލަރުގެ މިންވަރު ކުޑަކުރުން ކަމަށްވާއިރު، އެކަންވެސް ނުކުރެވޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox