ފޯކައިދޫ ފެނަކަ ބްރާންޗުގެ 13 މުވައްޒަފަކު ވަކިކުރުމުން އިހުތިޖާޖުކޮށް، މުއިއްޒުގެ އިސްތިއުފާއަށް ގޮވައިފި

Aug 31, 2026, 8:00 AM
ފޯކައިދޫގައި ރޭ ކުރި އިހުތިޖާޖު -- ފޮޓޯ: ސޯޝަލް މީޑިއާ

ފޯކައިދޫގައި ރޭ ކުރި އިހުތިޖާޖު -- ފޮޓޯ: ސޯޝަލް މީޑިއާ

ށ. ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ ރަށުގައި ރޭ އިހުތިޖާޖުކޮށް ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފި އެވެ.

ފޯކައިދޫ ބަނދަރުމަތިން ފެށިގެން ހިނގާފައި ގޮސް އެރަށު ފެނަކަ ބްރާންޗު ކުރިމަތީގައި ޒުވާނުންނާއި އާންމުން އެއްވެ ކުރިއަށްގެންދިޔަ އިހުތިޖާޖުގައި، ރައްޔިތުންނަށް އަނިޔާކުރުމާއި ރައްޔިތުން ބިކަކޮށްލުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. 

"ވަޒީފާއިން ވަކިކުރެވިދާނެ، ނަމަވެސް ހިތްވަރެއް ބަލި ނުކުރެވޭނެ" ފަދަ ޝިއާރުތައް އުފިލި މި އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވީ ފޯކައިދޫގެ އެމްޑީޕީގެ މެންބަރުންނެވެ. މިއީ ފޯކައިދޫން ދެކުނު އެންމެ އަނިޔާވެރި، އަދިރި ދުވަސްތައް ކަމަށް ސިފަކޮށް، މުޒާހަރާގެ ބައިވެރިން ވަނީ މި ވެރިކަން ބަދަލުކުރާނެ ކަމަށް ބުނެފަ އެވެ.

މި އިހުތިޖާޖުގެ ބައިވެރިން ވަނީ ވަކިކުރި މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް ފެނަކައަށް ގޮވާލައި، ފޯކައިދޫ ފެނަކަ ބްރާންޗުގެ ވެރިންނާއި، ދާއިރާގެ މެންބަރުގެ އިސްތިއުފާއަށް އަދި އެރަށުގެ ޕީއެންސީ ސްޓެއަރިން ކޮމިޓީގެ މެންބަރުންގެ އިސްތިއުފާއަށް ވެސް ގޮވާލައިފަ އެވެ.

ފޯކައިދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް 13 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 13 އާއިލާ ބިކަކޮށްލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވަޒީފާގެ ކަށަވަރުކަން ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް، ކުންފުނި ރައިޓްސައިޒުކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"ކުންފުނިތައް ރައިޓްސައިޒުކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ގިނަ އާއިލާތަކެއް ނިކަމެތިކޮށް ހާލުގައި ޖެއްސުމަށް ފަހު، ސިޔާސީ ބޮޑެތި މަގާމުތަކަށް ބޮޑެތި މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައް އުފައްދަމުން ދިއުމަކީ ވެސް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ހިންގާ ނާތަހުޒީބު އަމަލެއް،" ކައުންސިލުގެ ބަޔާނުގައިވެއެވެ.

މިއީ ސިޔާސީ ގޮތުން ރައްޔިތުން ބަލިކަށިކޮށް އަޅުވެތިކުރުމަށްޓަކައި އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެއް ކަމަށް ދެކޭ ކަމަށާއި، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ފޯކައިދޫ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox