ނުރައްކާތެރިކޮށް ދުއްވުމުން ލައިސަންސް ހިފަހައްޓައި ސައިކަލް ޓޯކޮށްފި

Aug 31, 2026, 6:38 AM
ނުރައްކާތެރިކޮށް ސައިކަލް ދުއްވަމުން ދަނީ. މި މައްސަލައިގައި ފުލުހުން ވަނީ ސައިކަލް ޓޯކޮށް ޖޫރިމަނާކޮށް އަދި ލައިސަންސް ވެސް ހިފަހައްޓާފައި.

ނުރައްކާތެރިކޮށް ސައިކަލް ދުއްވަމުން ދަނީ. މި މައްސަލައިގައި ފުލުހުން ވަނީ ސައިކަލް ޓޯކޮށް ޖޫރިމަނާކޮށް އަދި ލައިސަންސް ވެސް ހިފަހައްޓާފައި.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެން، ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް ސައިކަލް ދުއްވި މީހަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފިޔަވަޅު އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާން ފިރިހެނަކު ސައިކަލު ދުއްވަމުން ދިޔައީ އެއް އަތުން ހުންގާނުގައި ހިފަހައްޓައިގެން، ސައިކަލްގެ ދެ ފަރާތަށް ފައިލުމުގެ ބަދަލުގައި ސައިކަލުގެ އެއް ފަރާތަށް ދެ ފައި ބާލައިގެން އިނދެ އެވެ. އަދި އޭނާ ބައެއް ފަހަރު ސައިކަލްގެ މަޑީގެ ފަހަތުގައި އެއް އަތުން ހިފަހައްޓަ އެވެ.

"ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި އެ އެފަރާތް ވަނީ ޖޫރިމަނާ ކޮށްފަ،" ފުލުހުން ބުންޏެވެ. 

Advertisement

ސިނަމާލެ ބްރިޖާއި މާލެ-ހުޅުމާލެ ހައިވޭ މަގުގައި ނުރައްކާތެރިކޮށް ސައިކަލު ދުައްވާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މަހު ވެސް ވައިރަލްވި އެވެ. އެ މައްސަލައިގައި ތިން ސައިކަލެއް 30 ދުވަހަށް ފުލުހުން ޓޯކުރި އެވެ. 

ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި ފެންނަ ސައިކަލުތައް ފުލުހުން ޓޯކޮށްފި

ސިނަމާލެ ބްރިޖާއި ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ އަމަލު ހިންގި ތިން ސައިކަލެއް ފުލުހުން ވަނީ 30 ދުވަހުގެ މުއްދަތަށް ޓޯކުރިޔަސް، މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.


ފުލުހުން މިދިޔަ މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު (ޖަނަވަރީ އިން ޖޫން އަށް) މާލެ އާއި ބްރިޖު ހައިވޭގައި އެކަނިވެސް 1،355 އެކްސިޑެންޓް ވަނީ ރެކޯޑުކުރެވިފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 226 އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވުނީ އަހަރުގެ ފެށުނު ޖަނަވަރީ މަހު އެވެ. އެ މަހު 253 އެކްސިޑެންޓް ހިނގިއެވެ.

ބިރުވެރި ނަންބަރެއް؛ މާލޭގެ މަގުތަކުގައި ދުވާލަކު 7 އެކްސިޑެންޓު!

ފުރަތަމަ ހަ މަސްދުވަހު މާލެ ސަރަހައްދުގައި 1,355 އެކްސިޑެންޓް ހިނގާފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7 އެކްސިޑެންޓު. 66 ޕަސެންޓު އެކްސިޑެންޓް ހިނގީ ދުވާލުގެ ވަގުތުތަކުގައި. މި ހާދިސާތަކުގައި ދެ މީހަކު މަރުވެ ގިނަ ބަޔަކަށާއި ގިނަ އަދަދެއްގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ


އެންމެ މަދުން އެކްސިޑެންޓް ރެކޯޑުކުރެވިފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 191 އެކްސިޑެންޓެވެ. ނަމަވެސް، ފެބްރުއަރީ މަހަށްފަހު މާޗު މަހު ވަނީ އަދަދުތައް 23.56 ޕަސެންޓު އިތުރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox