މުއިއްޒު އިސްތިއުފާދެއްވަންދެން ސިލްސިލާ ހަރަކާތްތައް ހިންގަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމާ ހަމައަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާ ސީދާ ހަރަކާތް ހިންގުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެ ޕާޓީން މިރޭ ފާސްކުރި ގަރާރުގައި ވަނީ މުއިއްޒު އަޅުއްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތައް އެޅުން ހުއްޓާލެއްވުމަށާއި، އެމްޑީޕީއާއެކު އެއް މޭޒަކަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ އަދި މާލީ މައްސަލަތައް ހައްލުކުރަން މަސައްކަތް ނުކުރެވޭނަމަ އެ ޕާޓީން ސިލްސިލާ ސީދާ ހަރަކާތް ހިންގާ ގޮތަށެވެ.

 "ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒް އަށް ގޮވާލަނީ، ދިވެހިރާއްޖޭގެ އިގްތިސާދު މިހައި ހީނަރުވެފައި އޮތް ވަގުތެއްގައި ސަރުކާރުން އަޅަމުންދާ އެފަދަ ޒިންމާދާރުކަން ކުޑަ ފިޔަވޅުތައް އެޅުން ހުއްޓާލުމަށާއި، މި ޕާޓީ އާއި އެކު އެއް މޭޒެއްގެ ދޮށަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ އަދި މާލީ މައްސަލަތައް ހައްލުކުރުމަށް،" ގަރާރުގައި ބުންޏެވެ. 

Advertisement

"އަދި މި މަގުން ކަންކަން ހައްލު ކުރެއްވުމަށް އުޒުވެރިވާނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށްދާންދެން މި ޕާޓީގެ އެކިއެކި ސީދާ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް." 

މީގެއިތުރުން އެމްޑީޕީން ކުރިއަށްގެންދާ މި ސިލްސިލާ ސީދާ ހަރަކާތަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ވިޔަފާރިތަކުން އެހީތެރިވުމަށް ގަރާރުގައި ގޮވާލައިފައިވެ އެވެ. 

އެ ގަރާރުގައި ބުނެފައިވަނީ މުއިއްޒު ތަންފީޒުކުރަން ފައްޓަވާފައިވާ ދޯހަޅި އިގްތިސާދީ އަދި މާލީ ސިޔާސަތުތަކުގެ ސަބަބުން ނުކުންނާނެ ނޭދެވޭ އެތައް ގެއްލުމެއް ހުރިކަން އެމްޑީޕީއަށް ތަސައްވަރު ކުރެވޭ ކަމަށެވެ. އެގޮތުން ރިސޯޓޫތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސަންޓު ދިވެހި ރުފިޔާއަށް މާރުކުރުމަށް ލާޒިމު ކުރުމުން ނުކުމެދާނެ ނޭދެވޭ އެތައް ނަތީޖާއެއްވެސް ހުރި ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. 

"ދިވެހިރާއްޖެއަށް ވަންނަ ޑޮލަރު އިތުރުކުރުމަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ވިޔަފާރިވެރިން ސަރުކާރުގެ މާލީ އަދި އިގްތިސާދީ ސިޔާސަތަށް ކުރާ އިތުބާރު ބޮޑުކުރުން ކަމަށްވެފައި، ވިަޔފާރިވެރިންގެ ފައިސާ ރާއްޖޭގައި ބެހެއްޓުމުން އެމީހުންނަށް ގެއްލުން ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމީހުންނަށް ލިބުމަކީ އިންތިހާއަށް މުހިންމު ކަމެއް،" ނަޝީދު ހުށަހަޅުއްވާ ގަރާރުގައި ބުންޏެވެ. 

މީގެއިތުރުން ޑޮލަރުގެ އަގު ތިރިނުވެ ތަކެތީގެ އަގުތައް ވެސް ތިރިކުރުމަށް އަޅަން އެންމެ އެކަށީގެންވާ އަދި މުހިންމު ފިޔަވަޅުތަކަކީ ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ޑޮލަރުގެ މިންވަރު ކުޑަކުރުން ކަމަށްވާއިރު، އެކަން ވެސް ނުކުރެވޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox