ހުލާސާކޮށް އިއްޔެ: ބޭރު ފައިސާގެ ގަވާއިދަށް ގެންނަ ބަދަލުތައް

Aug 12, 2026, 6:00 AM
އެމްއެމްއޭ

އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހުތިޔާރު އުވާލައި، ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުވާ ގޮތަށް ޤަވާއިދު ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން، ޓޫރިޒަމް ނޫން ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭ މިންގަނޑު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލައި، ރިސޯޓުތަކުގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކުރަނީ

ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް އެމްއެމްއޭއިން ފަށައިފި. މި ބަދަލު ގެންނަނީ ރިސޯޓުތަކުން މާރުކުރާ އަދަދުތަކުގެ ފަރަގު ކުޑަކޮށް، އިގުތިސޯދުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް.

ޓޫރިޒަމް ނޫން ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޝަރުތު ހަމަވާ އާމްދަނީ 15 މިލިއަނުން 25 މިލިއަން ޑޮލަރަށް މަތިކުރަނީ

ޓޫރިޒަމް ނޫން ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭ އާމްދަނީގެ މިންގަނޑު 15 މިލިއަނުން 25 މިލިއަން ޑޮލަރަށް މަތިކުރަން އެމްއެމްއޭ އިން ހުށަހަޅައިފި. މި ބަދަލު ގެންނަނީ ނިސްބަތުން ކުދި ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވާ އޮތުން ހުއްޓުވައި، ހަމައެކަނި އެންމެ ބޮޑެތި ވިޔަފާރިތަކަށް އެކަން ހާއްސަކުރުމަށް.

ޑޮލަރުގެ ތާށިކަމާއި ކަޅު ބާޒާރު

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލި، 22.25 ރުފިޔާއަށް ވަނީ އަރާފައެވެ. މި މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އުފުލެނީ ބައެއް ނޫސްތަކުން ފަތުރާ ހަގީގަތާ ހިލާފު ސުރުހީތަކުގެ ސަބަބުން ކަމަށެވެ. މި ދަނޑިވަޅުގައި އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތައަށް އިތުރުކޮށްފައެވެ. ބީއެމްއެލް އިން ހާމަކުރި ގޮތުގައި ބޭސްފަރުވާއަށް ދޫކުރާ ޑޮލަރުގެ އަދަދު ވެސް ވަނީ ތިން މިލިއަނަށް އިތުރުވެފައެވެ.

ޑޮލަރުގެ އަގުބޮޑުވަނީ ދެ ނޫހެއްގެ ސުރުހީގެ ސަބަބުން: ސައީދު

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ބައެއް ނޫސްތަކުން ފަތުރާ ހަގީގަތާ ހިލާފު ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިއީ ސިޔާސީ ބޭނުމަކަށް އިގުތިސާދީ އިތުބާރު ނަގާލުމަށް ގަސްދުގައި ފަތުރާ "ފޭކް ނިއުސް" ތަކެކެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25ރ. އަށް އަރައިފި

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ފުރަތަމަ ފަހަރަށް 22.25 ރުފިޔާއަށް އުފުލި، ޑޮލަރު ލިބުމުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައި. މިއީ ރަސްމީ ރޭޓަށްވުރެ 44 ޕަސަންޓް ބޮޑު އަދަދެއް ކަމަށްވާއިރު، ޑޮލަރުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އާ ސިޔާސަތުތަކެއް ކަނޑައެޅި ނަމަވެސް ޑޮލަރުގެ އަގު ދަނީ ހުއްޓުމެއްނެތި މައްޗަށް.

އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 ޕަސެންޓަށް އިތުރުކޮށްފި

އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަނީ ތިން ހަފުތާ ވަންދެން. އެ އިދާރާއިން ވަނީ ބޭންކިން ނިޒާމަށް ވަންނަ ޑޮލަރު އިތުރުކުރުމަށްޓަކައި ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހުށަހަޅާފަ.

ސިއްހީ ކަންކަމަށް މަހަކު ދޫކުރާ ޑޮލަރުގެ އަދަދު އެއް މިލިއަނުން ޑޮލަރުން ތިން މިލިއަން ޑޮލަރަށް އިތުރުވެއްޖެ: ބީއެމްއެލް

ބޭސްފަރުވާގެ ބޭނުމަށް ބީއެމްއެލްއިން މަހަކު ވިއްކާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އެއް މިލިއަނުން ތިން މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައި. މި ބަދަލު އައިސްފައިވަނީ އެންސްޕާގެ އެހީގައި ބޭރަށްދާ މީހުންނާއި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށް ޑޮލަރު ދޫކުރާ ލިމިޓް ބޮޑުކުރުމާ ގުޅިގެން.

މަސްވެރިކަމުގެ ސިނާއަތް

މަސް ގަންނަ އަގު ދަށްކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، މަސްވެރިކަމުގެ ސިނާއަތުގައި އަމިއްލަ ވިޔަފާރިތަކަށް ވާދަވެރި ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް އެންސިސް ފިޝަރީޒް އިން ވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް މަސް އެކްސްޕޯޓް ކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

Advertisement

ސިޔާސީ އަދި މަޖިލީހުގެ ޚަބަރުތައް

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް

ބިންތައް އަތުލެވޭ ގޮތަށް ޤާނޫނަށް ގެންނަން އުޅޭ އިޞްލާޙާ ދެކޮޅަށް މާލެ ސިޓީ ކައުންސިލާއި އެމްޑީޕީ ގުޅިގެން ރައްޔިތުންގެ މަޖިލިސް ދޮށުގައި އިހުތިޖާޖުކޮށްފައިވެއެވެ. އަދި ޑޮލަރުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ. މީގެ އިތުރުން، ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވެވަޑައިގަތް ވައުދާ އެއްގޮތަށް އަމަލުނުކުރައްވާތާ ހަ ހަފުތާ ވެފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން ގޮވާލައި މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ

ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް މާލޭގެ މޭޔަރާއި އެމްޑީޕީގެ އިސް ބޭފުޅުން މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަން ވަނީ ފަށާފައި. މި އިސްލާހުގައި ވަނީ ވަޒީރުންގެ މަޖިލީހުން ނިންމުމުން ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގޭނެ ކަމަށް.

ޑޮލަރުގެ މައްސަލައިގައި ގަވަރުނަރު މަޖިލީހަށް ހާޒިރުކޮށްދޭން އެމްޑީޕިން އެދިއްޖެ

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގެ ހާލަތު ގޯސްވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެމްއެމްއޭގެ ގަވަރުނަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން ވަނީ އެދިފައި. އެ ޕާޓީން ބުނާގޮތުގައި ޑޮލަރުގެ ތަދަކީ އާންމު ދިރިއުޅުމުގެ އަގާ ގުޅިފައިވާ ބޮޑު މައްސަލައެއް.

ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލައި، ރިސޯޓުތަކުގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކުރަނީ

ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް އެމްއެމްއޭއިން ފަށައިފި. މި ބަދަލު ގެންނަނީ ރިސޯޓުތަކުން މާރުކުރާ އަދަދުތަކުގެ ފަރަގު ކުޑަކޮށް، އިގުތިސޯދުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް.

ސަރުކާރުގެ ސިޔާސަތުތަކާއި ތަހުގީގުތައް

ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހުގައި ވިދާޅުވީ ތިން ވުޒާރާއެއްގައި ރޯވި އަލިފާނުގެ ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށާއި، އެއީ އޭސީތަކެއްގައި ރޯވެގެން ހިނގި ކަމެއް ކަމަށެވެ. އަދި އެމްޑީޕީން ބާއްވަން އުޅޭ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ހޫތީންގެ ހަމަލާތަކާ ދެކޮޅަށް އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ.

ތިން ވުޒާރާއެއްގައި ރޯވި އަލިފާންގަނޑު ފެށުނީ އޭސީތަކެއްގައި ރޯވެގެން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

"ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެތަނަށް އެޓެންޑުވެގެން، ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަވޭ، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގަނޑު ތެރޭގައި އެއާކޮންޑިޝަނާތަކުގެ ތެރޭގައި ހުރި ވަޔަރުތަކެއްގައި،" އިހުސާން ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާ މަޖީދީ މަގުން ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ: އިހުސާން

އެމްޑީޕީން ބާއްވާ "ދަތިވެއްޖެ" މުޒާހަރާ މަޖީދީ މަގުގައި ކުރިއަށްގެންދަން ފުރުސަތު ނުދެވޭނެ ކަމަށާއި، އެއީ ކާރޫބާރު ބޮޑު ވަގުތަކަށް ވާތީ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވި. މުޒާހަރާ ކުރުމަށް މިހާރު ހުއްދަ ދީފައިވަނީ ބޭރުމަގުން އާޓިފިޝަލް ބީޗުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާ ހަމައަށް.

ހޫތީންދޭ ހަމަލާތަކާ ދެކޮޅަށް އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވާން ކެބިނެޓުން ފާސްކޮށް، ރުހުން ހޯދަން މަޖިލީހަށް

ރަތްކަނޑާއި އަދަން ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަމުގެ ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާ ކަމަށް އިހުސާން ވިދާޅުވެއްޖެ

ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންމެ ދުވަހަކު ބަދަލުވަމުންދާތީ، އެ މިނިސްޓްރީގައި ތިބި މުވައްޒަފުންގެ ސީދާ އަދަދު ފަހުން ލިޔުމުން އަންގަވާނެ ކަމަށް މިނިސްޓަރު އިހުސާން މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

އެހެނިހެން ޚަބަރުތައް

ކޮންޓްރޯލް ކޮމިޝަނާއި އެމްޓީޑީސީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެމްޓީޑީސީގެ މެޖޯރިޓީ ހިއްސާ އަލުން ސަރުކާރަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ކަނޑުމަތީގެ ހާދިސާއެއްގައި ދިއްފުއްޓަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ދަނިކޮށް 14 ފަތުރުވެރިއަކު ވަނީ ސަލާމަތްކޮށްފައެވެ.

ކޮންޓްރޯލް ކޮމިޝަންގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ހަތް މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން އަހަރަކު ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކުރާ ގޮތަށް އެލައިޑް އިންޝުއަރެންސް އިން ޕެކޭޖެއް ވަނީ ނަގާފައ. މި ޕެކޭޖުގެ ދަށުން އަހަރަކު ކޮންމެ މެންބަރަކަށް 52,468 ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ.

މަގުއްދުވާ ވިއްކާލުމުގެ ބޭނުމުގައި އެމްޓީޑީސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނަގަން އަލުން މަސައްކަތް ފަށައިފި

މި ރަށް ވިއްކާލައިފި ނަމަ ކުންފުނި އިނދަޖެހޭނެ. އެއީ ރައްޔިތުންނަށް، ހިއްސާ ދާރުންނަށް ލިބޭނެ ބޮޑު ގެއްލުމެއް. ހިޔާނާތެއް.

ލޯންޗެއް އަޑިއަށްދަނިކޮށް 14 ފަތުރުވެރިން ސަލާމަތްކޮށްފި

ކ. ދިއްފުއްޓަށް ދަތުރުކުރި ލޯންޗެއް ދިޔަވެ އަޑިއަށްދަނިކޮށް، އޭގެއިން ދަތުރުކުރި ޗައިނާގެ 14 ފަތުރުވެރިން އެހެން އުޅަނދެއްގެ އެހީގައި ވަނީ ސަލާމަތްކޮށްފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ކުޅިވަރު

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާޒިޔާ އާއި ތަޖިކިސްތާންގެ ރެގާރު ޓަޑާޒް ބައްދަލުކުރާ މެޗަށް ދެ ޓީމުން ވެސް އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ދެ ޓީމުގެ ކޯޗުން ވެސް ވަނީ މިއީ ގޮންޖެހުން ބޮޑު މެޗަކަށް ވާނެ ކަމަށް ބުނެފައެވެ.

ވަރުގަދަ ޗެލެންޖެއް، މާޒިޔާގެ ކޮންމެ ކުޅުންތެރިއަކު 100 ޕަސެންޓް ދޭން ޖެހޭނެ

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާދަމާ ތަޖިކިސްތާންގެ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރުގަދަ ޗެލެންޖެއް ކަމަށާއި، މޮޅުވުމަށްޓަކައި ކޮންމެ ކުޅުންތެރިއަކު 100 ޕަސެންޓް ދޭންޖެހޭނެ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ވަނީ ބުނެފައި. ރެގާރަކީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ފޯމުގައި އޮތް ޓީމެއް ކަމަށް ޓްރޫޗާ ވަނީ ފާހަގަކޮށްފައި

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox