ބޮލަކަށް 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އުވާލައި، ރިސޯޓުތަކުގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކުރަނީ

ސުވިނިއާ ޝޮޕްތައް ހުންނަ ސަރަހައްދުގައި މަނީ އެކްސްޗޭންޖު ވިޔަފާރި ކުރާ ބޯޑެއް: ދެން މި ވިޔަފާރިތަކަށް ވެސް ހުއްދަ ލިބޭނީ މަނީ އެކްސްޗޭންޖު ބޭނުންތަކަށް ހާއްސަވެގެން ވިޔަފާރި ކުރާ ނަމަ -- ފޮޓޯ: އަދަދު ފައިލް

ސުވިނިއާ ޝޮޕްތައް ހުންނަ ސަރަހައްދުގައި މަނީ އެކްސްޗޭންޖު ވިޔަފާރި ކުރާ ބޯޑެއް: ދެން މި ވިޔަފާރިތަކަށް ވެސް ހުއްދަ ލިބޭނީ މަނީ އެކްސްޗޭންޖު ބޭނުންތަކަށް ހާއްސަވެގެން ވިޔަފާރި ކުރާ ނަމަ -- ފޮޓޯ: އަދަދު ފައިލް

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހުތިޔާރު އުވާލައި، ޖުމްލަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫކުރާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން  ފަށައިފި އެވެ. 

އެމްއެމްއޭއިން ބުނި ގޮތުގައި، ގާނޫނަށް މި ބަދަލުތައް ގެންނަނީ 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އޮތުމުން މަތީ ފަންތީގެ ރިސޯޓުތަކުން މާރުކުރާ އަދަދާއި އެ ނޫން ރިސޯޓުތަކުން މާރުކުރާ އަދަދުގައި ފަރަގެއް އުޅޭތީ އެވެ.

އޭގެ އިތުރުން،  ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެގެ ދަށުން ކެޓެގަރީ "ސީ" ގައި ހިމެނޭ ޓޫރިޒަމް ނޫން ވިިޔަފާރިތަކުގެ ތެރެއިން މާރުކުރަން ޝަރުތުހަމަވާ އާމްދަނީގެ މިންގަނޑު ވެސް ދަށްކޮށްފަ އެވެ. މިހާރު ގާނޫނުގައި އޮންނަނީ އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބޭ ވިޔަފާރިތަކުން 20 ޕަސެންޓު މާރުކުރަން ޖެހޭނެ ކަމަށެވެ. އެމްއެމްއޭއިން މިހާރު ބޭނުންވަނީ މި އަދަދު 25 މިލިއަން ޑޮލަރަށް މަތިކުރާށެވެ. 

ކެޓަގަރީ "އޭ" ގައި ހިމެނޭ ރިސޯޓުތަކާއި ކެޓަގަރީ "ސީ" އަށް ބަދަލުތަކެއް އައި ނަމަވެސް، ގެސްޓްހައުސްތައް ހިމެނޭ ކެޓެގަރީ "ބީ" އަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ އަހަރުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރިތަކުން ވަނީ 1.7 ބިލިއަން ޑޮލަރު (26.2 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފަ އެވެ. ބޭންކުތަކުން ވަނީ މި ފައިސާގެ ތެރެއިން 768.5 މިލިއަން ޑޮލަރު (11.8 ބިލިއަން ރުފިޔާ) އެމްއެމްއޭއަށް މާރުކޮށްފަ އެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި ބޭރު ފައިސާ މާރުކުރުުމުގެ ގާނޫނާ އެކީ އިގުތިސޯދުގެ ތެރެއަށް ވަންނަ ޑޮލަރުގެ އަދަދު ވަނީ އިތުރުކުރެވިފަ އެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި މި ގާނޫނު ތަންފީޒުކުރަން ފެށުމުގެ ކުރީ އަހަރުތަކުގައި ބޭންކުތަކަށް ވަންނަ ޑޮލަރުގެ ނިސްބަތަކީ ޖުމްްލަ އާމްދަނީގެ 15 ޕަސެންޓާއި ނުވަ ޕަސެންޓާ ދޭތެރޭގަ އެވެ. މިދިޔަ އަހަރު މި ނިސްބަތް ވަނީ 21 ޕަސެންޓަށް މަތިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox