ޓޫރިޒަމް ނޫން ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޝަރުތު ހަމަވާ އާމްދަނީ 15 މިލިއަނުން 25 މިލިއަން ޑޮލަރަށް މަތިކުރަނީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް: ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހެނީ މަދު ވިޔަފާރިއަކުން --- ފޮޓޯ: އަދަދު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް: ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހެނީ މަދު ވިޔަފާރިއަކުން --- ފޮޓޯ: އަދަދު

ޓޫރިޒަމް ނޫން ވިިޔަފާރިތަކުގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ މިންގަނޑު އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމަށްޓަކައި ގާނޫނުތައް ބަދަލުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުށަހަޅައިފި އެވެ.

އެމްއެމްއޭއިން މި މިންގަނޑު މަތިކުރަނީ ބޭރު ފައިސާގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރެއިންނެވެ.

އެ ގާނޫނުގައި އޮންނަ ގޮތުން ޑޮލަރު މާރުކުރަން ޖެހޭ ވިޔަފާރިތަކުން ތެރެއިން ޓޫރިޒަމް ނޫން ވިޔަފާރިތައް ގިންތިކޮށްފައި ވަނީ "ކެޓެގަރީ ސީ" ގައި އެވެ. މި ކެޓަގަރީއަށް ފެތޭ ވިޔަފާރިތަކުން ވެސް އަަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހެ އެވެ. 

އެމްއެމްއޭއިން ބުނީ މި ގިންތީގައި ހިމެނޭ ވިޔަފާރިތަކުގެ މިންގަނޑަށް ބަދަލު ގެންނަނީ، މިހާރު އޮތް މިންގަނޑުން ބަލާއިރު ނިސްބަތުން ކުދި ވިޔަފާރިތަކަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވެފައި އޮތްއޮތުން ބަދަލުކުރަން ކަމަށެވެ. މިހާރު މި ކެޓަގަރީގައި ރަޖިސްޓްރީކޮށްގެން ޑޮލަރު މާރުކުރަމުން ދަނީ އެންމެ 13 ވިޔަފާރިއަކުންނެވެ.

އެމްއެމްއޭއިން ބުނީ މި ވިޔަފާރިތަކުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަނާއި އޭވިއޭޝަނާއި ކޮންސްޓްރަކްޝަން ހިމެނޭހެން އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެބަހުރި ކަމަށެވެ. އަދި، އެ އިދާރާގެ ބޭނުމަކީ މީގެ ތެރެއިން އެންމެ ބޮޑެތި ވިޔަފާރިތަކަށް އެކަނި މާރުކުރާ ގޮތަށް ބަދަލުތައް ގެނައުން ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. 

ޑޮލަރު މާރުކުރަން ޝަރުތުހަމަވާ އާމްދަނީގެ މިންގަނޑު މަތިކުރަން އެމްއެމްއޭއިން ހުށަހަޅާއިރު، އެ އިދާރާއިން ކުރިން ވެސް ހުށަހެޅީ އަަހަރަކު 20 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން މާރުކުރާ ގޮތަށް ގާނޫނު އެކުލަވާލާށެވެ. މި އަދަދު އަހަރަކު 15 މިލިއަން ޑޮލަރަށް ތިރިކުރީ  ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ބައެއް މާއްދާތަައް ބަދަލުކުރި އިރުގައި އެވެ. 

އެމްއެމްއޭއިން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރި ފުރަތަމަ އަހަރުގެ ވިޔަފާރިތަކުން ވަނީ 1.7 ބިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފަ އެވެ. ބޭންކުތަކުން ވަނީ މި ފައިސާގެ ތެރެއިން 768.5 މިލިއަން ޑޮލަރު އެމްއެމްއޭއަށް ވިއްކާފަ އެވެ. 

ބޭރު ފައިސާގެ ގާނޫނަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފަށަން އެމްއެމްއޭއިން ވިސްނަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox