ހޫތީންދޭ ހަމަލާތަކާ ދެކޮޅަށް އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވާން ކެބިނެޓުން ފާސްކޮށް، ރުހުން ހޯދަން މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަދަން ކަނޑާއި ރަތް ކަނޑު އަދި ބާބުލްމަންދިބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދޭ ހަމަލާތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ފާސްކޮށް, ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި އެވެ.

ސައުދީ ހިމެނޭހެން ޖުމުލަ 14 ގައުމެއްގެ ބައިވެރިވުމާއެކު ޖުލައި 30، ގައި އިއުލާނުކުރި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސްގައި ރާއްޖެއިން ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ފާސްކުރީ އޯގަސްޓު 2، ގައި ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

އެ ނިންމުމާ އެއްގޮތަށް، ޗާޓާ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެ، ސޮއިކޮށް އެ މުއާހަދާ ތަސްދީގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން އެ މަޖިލީހަށް ފޮނުވީ މިއަދު އެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައި ވަނީ އެ ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެ ސޮއިކުރުމަކީ ދިވެހިރައްޔިތުން އޭގެ އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ކަމެއް ކަމަށެވެ.

ސައުދީ އިސްވެ އޮވެ އުފެއްދި މެރިޓައިމް ޑިފެންސް ކޯލިޝަންގައި ދެން ބައިވެރިވަނީ ބަހުރެއިން، ބަންގްލަދޭޝް، ކޮމޮރޯސް، ޖިބޫޓީ، މިސްރު، އުރުދުން، ކުވައިތު، ގަތަރު، ސޯމާލިއާ، ސޫދާން، ތުރުކީ އަދި، ޔަމަނުގެ ސަރުކާރެވެ. އެ ކޯލިޝަނުގެ ފުރަތަމަ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި ވަނީ މާދަމާ އާއި އޭގެ އަނެއް ދުވަހު އެވެ.

އަދަން ކަނޑާއި ރަތް ކަނޑުގެ އިތުރުން ބާބުލް މަންދިބުގެ ސަރަހައްދަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއް ނުވަތަ ހަމަލާއަކާ ދެކޮޅަށް މަސައްކަތްކުރުމާއި އެކަމާބެހޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ޖޮއިންޓް އެކްސަސައިޒްތައް ހިންގުމަށް އެ ކޯލިޝަންގައި ބައިވެރިވާ ހުރިހާ ގައުމަކުން އެއްބަސްވާން ޖެހެ އެވެ.

ޖިބޫޓީ އާއި ޔަމަނާ ދެމެދު އޮންނަ ބާބުލްމަންދިބު ކަނޑުއޮޅިން ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓު އުފުލަ އެވެ. މުޅި ދުނިޔޭގެ މެރިޓައިމް ތެލުގެ 11 ޕަސެންޓަކީ އެ ކަނޑުއޮޅިން އުފުލާ އެއްޗެކެވެ.

ސައުދީ އިސްވެއޮވެ މެރިޓައިމް ކޯލިޝަނެއް އުފެއްދީ ސައުދީގެ އުޅަނދުފަހަރަށް ބާބުލްމަންދިބު ހުރަސްކޮށް ދަތުރުކުރުން ހޫތީން މަނާކުރިތާ ހަފުތާއެއް ފަހުންނެވެ. ހޫތީން އެ ނިންމުން ނިންމީ ޒަމާންތަކެއް ވަންދެން، ޔަމަނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި، ސައުދީ ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށް މަދަދުވެރިވެ ހޫތީންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox