މަގުއްދުވާ ވިއްކާލުމުގެ ބޭނުމުގައި އެމްޓީޑީސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނަގަން އަލުން މަސައްކަތް ފަށައިފި

އަޔާޑާ މޯލްޑިވްސް ހިންގާ ގދ. މަގުއްދުވާ

އަޔާޑާ މޯލްޑިވްސް ހިންގާ ގދ. މަގުއްދުވާ

ޓޫރިޒަމް ސިނާއަތުން މަންފާ ހޯދުމުގެ މަގުސަދުގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގައި ސަރުކާރުގެ ހިއްސާ ބޮޑުކުރަން ހިއްސާ ވިއްކުމުގެ ދެ ވަނަ ބުރަކަށް ދާން މަސައްކަތް ކުރަމުން އަންނަ ކަަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

އިތުބާރު ހުރި މަސްދަރަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި، އެމްޓީޑީސީން މި މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް އޮންނަ ގޮތަށް ހިއްސާގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ގޮތުންނެވެ.

އެމްޓީޑީސީއަކީ ސަރުކާރުން އުފެއްދި ޕަބްލިކް ކުންފުނިތަކުގެ ތެރެއިން އާންމުންގެ މެޖޯރިޓީ ހިއްސާވާ ހަމައެކަނި ކުންފުންޏެވެ. އެ ކުންފުނީގައި އާންމުންގެ ހިއްސާ 53 ޕަސެންޓުގައި ހުރި އިރު ބާކީ 47 ޕަސެންޓަކީ ސަރުކާރުގެ ހިއްސާ އެވެ. 

Advertisement

މިއީ، މި ނޫހަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި، ސަރުކާރުން ބޭނުންވާ ގޮތަށް އެމްޓީޑީސީގެ ކަންކަން ނިންމަން އުނދަގޫވާތީ ކުރަން ބޭނުން ވެގެން އުޅޭ ކަމެކެވެ. 

އެމްޓީޑީސީގެ ބޯޑުގައި ނުވަ މެންބަރުން ތިބޭ އިރު، އޭގެ ތެރެއިން ފަސް މެންބަރުންނަކީ އާންމު ހިއްސާދާރުން ތަމްސީލުކުރަން ތިބޭ މެންބަރުންނެވެ. މިހެންކަމުން ސަރުކާރުން ބޭނުން ވިޔަސް ކުންފުނީގެ ބޯޑުގެ ނިންމުންތައް ފާސްކުރެވެނީ އެހެން ބޯޑު މެންބަރުތައް ވެސް އެއްބަސްވަންޏާ އެވެ. 

އަޔާޑާ ރިސޯޓު ހިންގާ މަގުއްދުވާގެ ހެޑްލީސް ނުައަގުގައި ވިއްކާލަން މަސައްކަތް ކުރަނީ

އެމްޓީޑީސީން ކުއްޔަށް ހިފާފައިވާ މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީގެ އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ފެންމަތިވެފަ. ނަމަވެސް، އެމްޓީޑީސީގެ މެނޭޖުމަންޓުން ވަނީ އެކަމާ ދެކޮޅު ހަދައި، ކުންފުންޏަށް އާމްދަނީ ލިބޭ މުހިންމު ރަށެއްގެ ހެޑްލީސް ދޫކޮށްނުލާނެ ކަމަށް ބުނެފަ.

ހިއްސާ ބަދަލުކުރުމުގެ މަސައްކަތުގެ ފަސްމަންޒަރުގައި ހިނގަމުންދާ ކަންކަމުގެ ތެރޭގައި، އެމްޓީޑީސީއަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ކަމުގައިވާ ގދ. މަގުއްދުވާ ހެޑްލީސް ބަދަލުކުރުމުގެ މަސައްކަތް ހިމެނެ އެވެ. 

މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން ސަރުކާރުން ބޭނުންވެގެން އުޅޭ ކަމުގެ އަޑުތައް މިދިޔަ މަހު ފެތުރުނެވެ. 

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު މަގާމުން ވަކިކުރީ، މަގުއްދުވާގެ ހެޑްލީސް އައިޑެނިޒް ކުންފުންޏަށް ދޫކޮށްލުމުގެ މުއާމަލާތް ހިންގަން ދެކޮޅު ހެދުމުންނެވެ.

އެމްޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކަށް ހާރިސް މުހައްމަދު އައްޔަން ކުރި ފަހުން އެ ކުންފުނިން ބުނީ މަގުއްދުވާ ވިއްކާލަން ނޫޅޭ ކަމަށެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ބުނީ ހާރިސް މަނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ފަހުން ވެސް އެ މުއާމަލާތް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ގެންދިޔަ ކަމަށެވެ. 

"ނަމަވެސް ސަރުކާރުގެ މެޖޯރިޓީ ނެތުމުން އެކަން ނުވީ. އެހެންވެ މިހާރު އެ އުޅެނީ ހިއްސާ ޑައިލޫޓުކޮށްގެން ސަރުކާރަށް ކޮންޓްރޯލް ނަގަން،" އަދަދު ނޫހާ ވާހަކަ ދެއްކެކި އެކަކު ބުންޏެވެ.

"މި ރަށް ވިއްކާލައިފި ނަމަ މިއީ ރައްޔިތުންނަށް، ހިއްސާ ދާރުންނަށް ލިބޭނެ ބޮޑު ގެއްލުމެއް. ހިޔާނާތެއް."

އެމްޓީޑީސީ އާއި ތުރުކީ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަ ވަނީ 2031 އަށެވެ. މިއީ އެމްޓީޑީސީއަށް އެ ރަށް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާ އަހަރު ވެސް މެ އެވެ. ތުރުކީ ކުންފުނިން ބޭނުންވަނީ މި މުއްދަތު ހަމަ ނުވަނީސް އެ ކުންފުނީގެ ނަމަށް ހެޑްލީސް ބަދަލުކުރާށެވެ.

މި ގޮތަށް ހެޑްލީސް ބަދަލުކޮށްފި ނަމަ ތުރުކީ ކުންފުންޏަށް ފައިދާ ވިޔަސް، އެމްޓީޑީސީއަށް ލިބެން އޮތް އާމްދަނީން އަހަރަކު ހަތަރު މިލިއަނެއްހާ ޑޮލަރު ގެއްލިގެން ދާނެ އެވެ. 

އެމްޓީޑީސީ 2006 ގައި އުފެއްދުމަށް ފަހު އެ ކުންފުނީގެ ހިއްސާއެއް ވިއްކީ 100ރ. މަގުންނެވެ. މިހާރު އެ ހިއްސާތަކުގެ މޫނުމަތީ އަގު އުޅެނީ 12ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ. މި ކުންފުންޏަކީ ގިނަ އަހަރުތަކެއް ވަންދެން ގެއްލުމުގައި ހިންގުމަށް ފަހު މި ފަހަކަށް އައިސް ފައިދާ ވާން ފެށި ކުންފުންޏެކެވެ. 

އެމްޓީޑީސީއަށް މި ވަގުތު އާމްދަނީ ލިބޭ ޕްރޮޕަޓީތަކުގެ ތެރޭގައި ހިމެނެނީ މަގުއްދުވާގެ އިތުރުން އަނަންތާރާ ކިހަވައް ވިލާސް ހިނގާ ބ. ކިހަވައް ހުރަވަޅި އެވެ. އެ ކުންފުނިން މި ވަގުތު ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި  ބީއެމްއެލްއިން ލޯނެއް ނަގައިގެން ހދ. ނާގޮއްޓާއި، ހުޅުމާލޭގައި ތަރަައްގީކުރަމުން އަންނަ އޮފީސް އިމާރާތް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox