ޑޮލަރުގެ އަގުބޮޑުވަނީ ދެ ނޫހެއްގެ ސުރުހީގެ ސަބަބުން: ސައީދު

Aug 11, 2026, 10:23 AM
ރޭ ގެނެސްދިން އިގުތިސާދީ ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރޭ ގެނެސްދިން އިގުތިސާދީ ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި އުފެދިފައި އޮތް ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ދަނީ އެކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ނޫސްތަކުން ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން އިންތިޒާމުކޮށްގެން ރޭ ގެނެސްދިން އިގުތިސާދީ ފޯރަމް ހުށަހަޅައިދެއްވި މިނިސްޓަރު ސައީދު އެ ފޯރަމްގައި ވިދާޅުވީ، ހެނދުނު މުޅި ގައުމު ހޭލާއިރު ދެ ނޫހެއްގެ ސުރުހީގައި ޑޮލަރުގެ ރޭޓަކީ 22ރ. އޭ ނުވަތަ 24ރ. އޭ ބުނެ ހަބަރު ފެތުރުމުން މާކެޓުން އެއަށް ރިއެކްޓްކުރާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ދެ ނޫހެއްކަން ސައީދަށް ވިދާޅުވާން ކެރިވަޑައެއް ނުގެންނެވި އެވެ. އެއްވެސް ނޫހެއްގައި ޑޮލަރު 24ރ. އަށް އެރިކަމަށް ލިޔެފައެއް ނެތެވެ. 

Advertisement

ގަސްދުގައި އެފަދަ ހަބަރުތައް ގެނެސްދީގެން މާކެޓުގެ އިތުބާރު ނަގާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.

"އެއީ ޒިންމާދާރު ގޮތެއް ތޯ؟ އެއްވެސް ގައުމެއްގައި އެކަން ހިނގާނެ ގޮތެއް ނޫން. އިގުތިސާދެއް ހަލާކުކޮށްލަން ޑެލިބަރޭޓްލީ މިއަދު ޑޮލަރު ރޭޓަކީ 24ރ. އޭ، ހަމަ ޑެލިބަރޭޓްލީ ނިއުސްތަކުގައި އެހެން ގެނައުމަކީ އެއީ އެންމެ ރަނގަޅު ޑިމޮކްރަސީތޯ؟،" ސައީދު ވިދާޅުވި އެވެ.

ބްލެކް މާކެޓުގެ އަގުތައް ނޫސްތަކުން ގެނެސްދެނީ ސައީދު ވިދާޅުވި ގޮތުގައި  އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދުމަށެވެ. އެފަދަ ހަބަރުތަކަކީ "ފޭކް ނިއުސް" ކަމާއި އެއީ ހުޅަނގުގެ ބައެއް ޑިމޮކްރެސީތަކުގައި ގެންގުޅޭ އުކުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޕޮލިޓިކަލް އެމްބިޝަންއެއް ކާމިޔާބުކުރުމަށްޓަކައި ސޮސައިޓީއެއް ޑިވައިޑްކޮށްލައި މާކެޓް ކްރޭޝް ކޮށްލުމަށްޓަކައި ފޭކް ނިއުސް މި ފަތުރަނީ. އެހެންވީމަ އެހެން ހެދީމަ މިހާ ކުޑަ އިކޮނޮމީއެއްގައި ނަގަންޖެހޭ ބްރަންޓު [އުފުލަންޖެހޭ ތަކުލީފް] ބޮޑުވާނެ. މީގެން ކޮން ފައިދާއެއްތޯ ވާނީ އެގޮތަށް ހަބަރު ގެނެސްދިނީމަ،" ސައީދު ވިދާޅުވި އެވެ. 

މިފަދަ ވާހަކަތައް ގެނައުމަކީ ޒިންމާދާރު ގޮތެއްތޯ ސައީދު ސުވާލު ކުރެއްވުމުން، އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ގަސްދުގައި ޑޮލަރުގެ އަގުބޮޑު ކަމަށް ބުނެ ދޮގު ވާހަކަ ފެތުރުމަކީ "އެއްވެސް ގައުމެއްގައި އެކަން ހިނގާނެ ގޮތެއް ނޫން" ކަމަށެވެ. 

"ބައެއް ގައުމުތަކުގައި އަޅުގަނޑަށް ހީވަނީ އެއީ ގާނޫނީ ކުށެއްވެސްމެ. އެގޮތަށް އެކަން ކުރުން،" ފިރާގު ވިދާޅުވި އެވެ. 

ބޮޑު އަގުގައި ޑޮލަރު ލިބެން ހުރުމުން އިގުތިސޯދުގައި ޑޮލަރު ހުރިކަން އެނގޭ ކަަމަށް ފިރާގު ވިދާޅުވި އެވެ. 

ޑޮލަރަށް އޮތް ޑިމާންޑު މިހާރު ބޮޑުވުމުގައި އިރާން ހަނގުރާމައާ ގުޅިގެން ތެލާއި، ޝިޕިން އަދި އިންޝުއަރަންސް ބޮޑުވުން ހިމެނޭ ކަމަށް ފޯރަމްގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ. 

"އެފްއޯބީއާއި ޝިޕިން އަދި އިންޝުއަރެންސް އަގުބޮޑުވުމުން ވެސް ޑޮލަރަށް އޮތް ބާރު ބޮޑުވި،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި، ހަނގުރާމައިގެ ސަބަބުން މުދާ އެތެރެކުރުމުގެ ބައެއް ހަރަދުތައް ފަސްގުނަ ބޮޑުވެފައިވާ ކަމަށް ފޯރަމްގައި ބައެއް ބޭފުޅުން ވިދާޅުވި އެވެ. 

ޑޮލަރުގެ  މައްސަލަ ހައްލުކުރުމަށް މާލީ ސިޔާސަތު އޯވަހޯލްކުރަންޖެހޭ ކަމަށް ފިރާގު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox