ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާ ކަމަށް އިހުސާން ވިދާޅުވެއްޖެ

ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާ އެއްޗެއް ކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް އިހުސާން މިއަދު ހާޒިރުކޮށް، ތޮއްޑޫ ދާއިރާގެ މެންބަރު، ހުސައިން ސަމީރު އޭނާއާ ސުވާލުކުރެއްވީ ހޯމް މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮބައިތޯ އެވެ.

އިހުސާން ވިދާޅުވީ އެ މިނިސްޓްރީގައި ތިބޭ ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ބަދަލުވަމުން ދާތީ، މިއަދުގެ މި ވަގުތު ސިޔާސީ މުވައްޒަފުން ތިބި އަދަދު ބެލުމަށްފަހު ލިޔުމުން ސަމީރުއަށް އަންގަވާނެ ކަމަށެވެ.

"ހޯމް މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އެގްޒެކްޓު އަދަދު، އެއީ ކޮންމެ ދުވަހަކުވެސް ހަމަ ބައެއްފަހަރު ބަދަލުވަމުންދާ އެއްޗެއް، އެހެންވީމާ އަޅުގަނޑު ލިޔުމުން މިއަދުގެ މިވަގުތު އޮތް އަދަދު އިއްޒަތްތެރި މެންބަރަށް އަރުވާނަން،" އިހުސާން ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ބަދަލުވާ ކަމަށް އިހުސާން ވިދާޅުވިއިރު، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދައިފަ އެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދާއި، ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ހާމަނުކުރާ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހަށް މުހުލަތު ވެސް ދީފަ އެވެ. އެހެންނަމަވެސް، އެ މުހުލަތު ހަމަވިއިރު ވެސް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުގެ މިނިސްޓްރީއެއްގައި ތިބޭ ސިޔާސީ މުވައްޒަފުންގެ އަދަދު ކޮންމެ ދުވަހަކު ވެސް ބަދަލުވަމުންދާކަމަށް އިހުސާން ވިދާޅުވިއިރު، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އެ ކުންފުނިތަކުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox