ތިން ވުޒާރާއެއްގައި ރޯވި އަލިފާންގަނޑު ފެށުނީ އޭސީތަކެއްގައި ރޯވެގެން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

Aug 11, 2026, 9:41 AM
މިނިސްޓަރު އިހުސާން މިއަދު މަޖިލީހުގައި: ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު ދޭން ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް -- ފޮޓޯ: މަޖިލިސް

މިނިސްޓަރު އިހުސާން މިއަދު މަޖިލީހުގައި: ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު ދޭން ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް -- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި ދެ އިމާރާތެއްގައި ޑިސެމްބަރު 12، 2024، ގައި ރޯވި މައްސަލަ ތަހުގީގުކޮށް އެ މައްސަލައިގެ ހަގީގަތާ ހަމައަށް ވާސިލުވެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި އޭނާއާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން މިއަދު ވިދާޅުވީ "އެ ހާދިސާ ވަނީ ތަހުގީގުކޮށް، ތަހުގީގު ނިންމާފައި" ކަމަށެވެ. އެތަނުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެސީތަކެއްގައި ކަމަށް އިހުސާން ވިދާޅުވި އެވެ. 

"ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެތަނަށް އެޓެންޑުވެގެން، ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަވޭ، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގަނޑު ތެރޭގައި އެއާކޮންޑިޝަނާތަކުގެ ތެރޭގައި ހުރި ވަޔަރުތަކެއްގައި،" އިހުސާން ވިދާޅުވި އެވެ. 

Advertisement

އެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް ހޯމް މިނިސްޓަރު މި ވިދާޅުވީ، އެ މައްސަލައިގެ މައުލޫމާތު ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދަމުންދިޔަތާ ދެ އަހަރުވާން ކައިރިވެފައި ވަނިކޮށެވެ. މިނިސްޓަރު މިއަދު ވިދާޅުވީ އެ މައްސަލައިގައި މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ފަހުން ބާއްވަވާނެ ކަމަށެވެ. 

ދެ އިމާރާތުގައި ރޯވި އަލިފާންގަނޑާ ގުޅޭ ގޮތުން އެކި ކަހަލަ ސީރިއަސް ތުހުމަތުތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން، އެ ދެ އިމާރާތުގައި ސަރުކާރުން ގަސްތުގައި ރޯކޮށްލީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. 

"މުއިއްޒު ވެރިކަމުން ފައިބައިގެން ދާއިރު އެއްވެސް ހެއްކެއް ނުފެންނާނެ. އެ ހެކިތައް ނައްތާލުމުގެ ގޮތުން ނޫންތޯ ގްރީން ބިލްޑިން އެ އަންދާލީވެސް. އެއީ މޭޔަރަކަށް ވެސް ހުރި. ކޮންސްޓްރަކްޝަން މިނިސްޓަރީގެ ޑޮކިއުމަންޓްތައް ވެސް ހުރީ އެ ތަނުގައި. ހަމަ ބަޔަކު އަންދާލީ ތަނެއް އިނގޭތޯ؟ ބަޔަކު އަންދާލީ، ހަމަ ރޯކޮށް ހުރިހާ ހެކި ތަނެއް ނައްތާލީ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox