ހުލާސާކޮށް އިއްޔެ: ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް މީޑިއާތަކުގެ ބްލެކްއައުޓް

May 20, 2026, 1:00 AM
ނޫސްވެރިކަން ޖަލަށް ޕޯސްޓަރު

ނޫސްވެރިކަން ޖަލަށް ޕޯސްޓަރު

ރާއްޖޭގެ ބައެއް މީޑިއާތަކުން އިސްނަގައިގެން، ނޫސްވެރިން ޖަލަށްލުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން 12 ގަޑިއިރުގެ "ބްލެކްއައުޓް" އެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަބަރުގެ އިތުރުން އިއްޔެ ސުރުހީތަކުން ފާހަގަކޮށްލެވޭ ހަބަރުތައް ތިރީގައި އެވަނީ އެވެ. 

ނޫސްވެރިން ޖަލުގައި، ނޫސްވެރިކަން ނުރައްކަލެއްގައި: މީޑިއާތައް 12 ގަޑިއިރުގެ ބްލެކްއައުޓަކަށް

އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު އަންނަނީ މިވަގުތު މާފުށީ ޖަލުގެ ތޭރިތަކު ތެރޭ ދުވަސްތައް ގުނަމުން. ރާއްޖޭގެ 12 ވަރަކަށް މީޑިއާ މީގައި ބައިވެރިވޭ. ނޫސްވެރިކަން ނުރައްކަލެއްގެ ތެރޭގައި އޮތް ކަމަށް ނޫސްވެރިން ދެކޭ.

ތިން ރައީސުންގެ ސިޓީއާއި އިދިކޮޅު އެމްޑީޕީގެ ތާއީދު

ޖަލަށްލާފައިވާ ނޫސްވެރިން މިނިވަންކުރުމަށް ސަރުކާރަށް ބާރުއެޅުމަށް އެދި ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ޑިޕްލޮމެޓިކް މިޝަންތަކަށް ސިޓީއެއް ފޮނުއްވައިފިއެވެ. މި މަސައްކަތަށް އެއްބާރުލުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް މިހާރު ވަނީ ގަރާރެއް ފާސްކޮށްފައެވެ.

ނޫސްވެރިން ޖަލަށްލުން: ސަރުކާރަށް ޕްރެޝަރު ކުރަން އެދި ތިން ރައީސުންގެ ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކަށް

މިއަދު ފޮނުވި ސިޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުالله ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރެއްވި އެވެ. މިއީ އެ ތިން ބޭފުޅުން ސޮއިކުރައްވައި މިގޮތަށް ފޮނުއްވި ފުރަތަމަ ސިޓީ އެވެ. މި ސަރުކާރުން ހަމަލާދެމުން އަންނަނީ ހަމައެކަނި ނޫސްވެރިކަމުގެ މިނިވަންކަަމަށް އެކަނި ނޫންކަން ތިން ރައީސުން ފާހަގަކުރެއްވި.

ތިން ރައީސުންގެ މަސައްކަތަށް އެއްބާރުލުން ދޭން އެމްޑީޕީ އިން ފާސްކޮށްފި

މިނިވަން މީޑިއާ ނެތިކޮށްލައި ނޫސްވެރިން ޖަލަށްލާ މައްސަލައިގައި، ގައުމު ހަމަމަގަށް އެޅުވުމަށް ކުރީގެ ތިން ރައީސުން ފަށްޓަވާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި މަސައްކަތުގައި ރައީސް ނަޝީދާއި، ރައީސް ޔާމީން އަދި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާއިރު، މިކަމަށްޓަކައި މިހާރު ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައެވެ.

ސޯޝަލް މީޑިއާ ކެމްޕޭނާއި އިސްތިއުނާފީ މައްސަލަތައް

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން މިނިވަންކުރުމަށް ގޮވާލައި "ޕެއިންޓް ދަ ސޯޝަލް މީޑިއާ ރެޑް" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ހަމައެއާއެކު، އެ ދެ ނޫސްވެރިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ލީވާން އާއި ޝަހުޒާން މިނިވަން ކުރުމަށް ގޮވާލައި މިރޭ ސޯޝަލް މީޑިއާ ރަތް ކޮށްލަނީ!

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން މިނިވަންކުރުމަށް ގޮވާލައި، "ޕެއިންޓް ދަ ސޯޝަލް މީޑިއާ ރެޑް" ގެ ނަމުގައި މިރޭ ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދާނެއެވެ. އާއިލާތަކުން އިސްނަގައިގެން ހިންގާ މި ހަރަކާތުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހޭޝްޓެގްތަކާއެކު ޝުއޫރު ފާޅުކުރުމަށް ވަނީ އެދިފައެވެ.

ލީވާން އާއި ޝަހުޒާންގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކޮށްފި

ލީވާން ކުށްވެރިވީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ދިވެހި ރައްޔިތުންގެ މައްޗަށް ނެރުނު އަމުރު ރިޕޯޓުކުރުމުންނެވެ. އަދި ޝަހުޒާން ކުށްވެރިވީ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުންނެވެ.

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ހައިކޯޓަށް

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އަދަދު ނޫހުގެ ސީއީއޯ ފިޔާޒު މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައިގަނެފިއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ގޮތުން ހިނގަމުންދާ މުހިންމު ގާނޫނީ ބަހުސެކެވެ.

ފިޔާޒުގެ ފަރާތުން އިސްތިއުނާފުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރުގެ މައްސަލަ ބަލައިގެންފި

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އަދަދު ނޫހުގެ ސީއީއޯ ފިޔާޒު މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ. މި އަމުރު ކުރިން އެމްޖޭއޭ އިން އިސްތިއުނާފު ކުރި ނަމަވެސް، އެ ޖަމިއްޔާއަކީ މައްސަލައިގެ ހަސްމަކަށް ނުވާތީ ކޯޓުން އެފަހަރު މައްސަލަ ބަލައިނުގަތެވެ. ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި ރައްޔިތުންނަށް އަމާޒުކޮށް ނެރުނު އަމުރަކަށް ވާތީ، ގާނޫނީ މާހިރުންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ވ. އަތޮޅު ހޮހޮޅައިގެ ހާދިސާ

ޑައިވަރުންގެ ހަށިގަނޑު ހޯދުމާއި ގައުމަށް ފޮނުވުން

ވ. އަތޮޅު ކަނޑުގެ އަޑީގެ ހޮހޮޅައެއްގައި ތާށިވެގެން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ޑައިވް އިންސްޓްރަކްޓަރުގެ ހަށިގަނޑު މިއަދު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ. އޭނާގެ ހަށިގަނޑު ގެންދިޔައީ ޓާކިޝް އެއާލައިންގައި ދޯހާ މަގުން މިލާނަށެވެ.

މަރުވި އެއް ޑައިވަރުގެ ހަށިގަނޑު އިޓަލީއަށް ގެންގޮސްފި

ވ. އަތޮޅު ކަނޑުގެ އަޑީގައި ހުރި ހޮހޮޅައެއްގައި ތާށިވެގެން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ޑައިވް އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު މިއަދު އޭނާގެ ގައުމަށް ފޮނުވާލައިފިއެވެ. މޯލްޑިވްސް އިންކް މެދުވެރިކޮށް އޭނާގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލާފައިވާއިރު، މި ހާދިސާގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު މިއަދު ވަނީ މާލެ ގެނެސްފައެވެ.

ރިކަވަރީ އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު

ހޮހޮޅައިގައި ތާށިވިތާ ފަސް ދުވަސް ފަހުން، އިތުރު ދެ ޑައިވަރެއްގެ ހަށިގަނޑު ނަގައިގެން މިއަދު ވަނީ މާލެ ގެނެސްފައެވެ. މި އޮޕަރޭޝަން ކުރިއަށްގެންދަނީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ އައިސްފައިވާ ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމަކުންނެވެ.

ދެވަނަ ކަނޑުގެ ހޮހަޅައިގެ ތެރެއަށް ގެއްލުނު ދެ ޑައިވަރުންގެ ހަށިގަނޑު ނަގައި މާލެ ގެނެސްފި

ވާވު އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވި އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު، ފިންލޭންޑުގެ ތަޖުރިބާކާރުންނާއި ދިވެހި ސިފައިން ގުޅިގެން ކުރި މަސައްކަތުން މިއަދު ވަނީ ނަގައިފައެވެ. މި ހާދިސާގައި ޖުމްލަ ހަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ރެސްކިއު އޮޕަރޭޝަނުގައި އުޅުނު ދިވެހި ސިފައިންގެ މީހަކުވެސް ހިމެނެއެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް މޫސުން ތަންދޭނަމަ މާދަމާ ކުރިއަށްދާނެއެވެ.

އިގްތިސާދާއި ޖިނާއީ އެހެނިހެން ޚަބަރުތައް

އެމްއައިބީގެ އަހަރީ އާންމު ޖަލްސާ

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. މިއީ ކޮންމެ ހިއްސާއަކަށް 5.41 ރުފިޔާގެ ރޭޓުން ބަހާ ފައިދާއެކެވެ.

އެމްއައިބީގެ ފައިދާ އިން ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައި، ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. މިއީ ކޮންމެ ހިއްސާއަކަށް 5.41 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން، މި ޖަލްސާގައި ބެންކުގެ މާލީ ބަޔާންތައް ފާސްކޮށް، ކުރިއަށް އޮތް އަހަރަށް އެކްސްޓާނަލް އޮޑިޓަރުން ވަނީ އައްޔަންކޮށްފައެވެ.

ލަންކާއިން ދިވެއްސަކު ހައްޔަރުކުރުން

ސްރީލަންކާގައި ވަގަށް ޓީވީ ޗެނަލްތަކެއް ސްޓްރީމް ކުރަމުންދިޔަ މައްސަލައެއްގައި ދިވެއްސަކު ހިމެނޭހެން ދެ މީހަކު ކޮލަމްބޯއިން ހައްޔަރުކޮށްފިއެވެ. މި މީހުން މި މަސައްކަތް ކުރަމުންދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ފޮރުވިގެން ތިބެގެންނެވެ.

ވަގަށް ޗެނަލްތަކެއް ސްޓްރީމް ކުރަމުން އައި ދިވެއްސަކު ލަންކާއިން އަތުލައިގަނެފި

ސްރީލަންކާގެ ކޮލަމްބޯގައި ވަގަށް ޗެނަލްތައް ސްޓްރީމްކުރި މައްސަލައެއްގައި ދިވެއްސަކާއި އިތުރު މީހަކު އެގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަން ހިންގި ތަނުން 50 މިލިއަން ރުޕީސްގެ ސާމާނު އަތުލައިގަނެފައިވާއިރު، މިއީ ހައި ސެކިއުރިޓީ ޒޯނެއްގައި ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ހިންގަމުންދިޔަ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox