ދެވަނަ ކަނޑުގެ ހޮހަޅައިގެ ތެރެއަށް ގެއްލުނު ދެ ޑައިވަރުންގެ ހަށިގަނޑު ނަގައި މާލެ ގެނެސްފި

ވާވު އަތޮޅު ދެވަނަ ކަނޑު ކައިރީގައި ހުންނަ ކަނޑު އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީގެ ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ނަގައިގެން މާލެ ގެނެސްފައި --- ފޮޓޯ: އަދަދު

ވާވު އަތޮޅު ދެވަނަ ކަނޑު ކައިރީގައި ހުންނަ ކަނޑު އަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީގެ ފަސް މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ނަގައިގެން މާލެ ގެނެސްފައި --- ފޮޓޯ: އަދަދު

ވާވު އަތޮޅު ދެވަނަ ކަނޑުގެ އަޑީގައި ހުންނަ ހޮހޮޅައެއްގައި ތާށިވެފައި ތިބި އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފި އެވެ.

އެ ދެ ޑައިވަރުންގެ ހަށިގަނޑު ނެގިފައި މިވަނީ ހޮހޮޅައިގައި އެ މީހުން ތާށިވިތާ  ފަސް ދުވަސް ފަހުންނެވެ. އެ މީހުންގެ ހަށިގަނޑު ލޮކޭޓު ކުރެވުނީ އިއްޔެގެ ވަގުތެއްގަ އެވެ. މިހާރު މި ރިކަވަރީ އޮޕަރޭޝަން ލީޑުކުރަނީ އިޓަލީގެ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމުންނެވެ. 

އެ އޮޕަރޭޝަނުގައި ބައިވެރިވާ ތަޖުރިބާކާރުންގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަނުގައި ރީބްރީތާސް އާއި އަޑީގައި ދުއްވާ ސްކޫޓަރާއި، ލައިފް-ސަޕޯޓް ސިސްޓަމްތައް ހިމެނޭހެން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައިވެ އެވެ. 

Advertisement

އެ މީހުންގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ނެރެ 30 މީޓަރާ ހަމައަށް ގެންދިޔައީ ފިންލޭންޑުގެ ޓީމުންނެވެ. އެ ހިސާބުން ފެށިގެން އެ ދެ މީހުންގެ ހަށިގަނޑު ފެނުން މައްޗަށް ނެގީ ދިވެހި ސިފައިންނާއި ފުލުހުންގެ ޑައިވް ޓީމުތަކުންނެވެ. 

"މިއީ އެތައް ބައެއްގެ ބުރަ މަސައްކަތާއެކު ހިންގާ އޮޕަރޭޝަނެއް. މިއަދު، ހޮހަޅައިގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ވަނީ ނެރެވިފައި. ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ތިބި މީހުން އަނބުރާ ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ފިންލޭންޑުގެ ޑައިވަރުންގެ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ޑައިވަރު ސާމީ ޕާކަރިނެން ޑޭން ޔޫރޮޕާގެ ވެބްސައިޓަށް ބުނެފައިވެ އެވެ. 

މޫސުން ތަންދޭނަމަ މާދަމާ ބާކީ ދެ މީހުންގެ ހަށިގަނޑު ހޮހަޅައިން ނެރެ ފެނުން މައްޗަށް ނެގޭނެ ކަމަށް ޑޭން ޔޫރޯޕާއިން ބުނެ އެވެ. 

ހޮހަޅައަށް ދިޔަ ފަސް މީހުންގެ ތެރެއިން ތިން މީހުންގެ ހަށިގަނޑު މިހާރު ވަނީ ނަގާފަ އެވެ. އެންމެ ފުރަތަމަ ނެގީ ޓޫރިސްޓުންގެ ޓީމު ގޮވައިގެން އަޑިއަށް ދިޔަ ޑައިވު ޓީމް ލީޑަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑެވެ. މިއަދު ނެގީ ކޮން ބައެއްގެ ހަށިގަނޑު ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 

މި ހާދިސާ އާއި ރެސްކިއު އޮޕަރޭޝަންގައި ހަ މީހުން ވަނީ މަރުވެފަ އެވެ. އެއީ އިޓަލީގެ ފަސް ޑައިވަރުންގެ އިތުރުން ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ އެވެ. 

މި ހާދިސާއާއެކީ ރާއްޖޭގައި ފީނުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގަވާއިދުތަކަށް ބޯނުލެނބުމާއީ ސަލާމަތީ ހިދުމަތްތަކުގެ ގާބިލިއްޔަތުކަމާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ގޮތް ނިންމާ ގޮތާ ބެހޭ އުނދަގޫ ބަހުސެއް ވަނީ ފެށިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox