ހުލާސާކޮށް އިއްޔެ: ނޫސްވެރިން ޖަލަށްލުން

May 13, 2026, 6:19 AM
ލީވާން އާއި ޝަހުޒާން

ލީވާން އާއި ޝަހުޒާން

"އައިޝާ" ޑޮކިއުމެންޓަރީއާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވި ކަމަށް ބުނެ، ނޫސްވެރިޔާ މުހައްމަދު ޝަހުޒާން  އާއި ލީވަން އަލި ނާސިރި ވަނީ ޖަލަށް ލާފައެވެ. ރައީސް މުއިއްޒަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލި ޝަހުޒާނަށް، ކޯޓުގައި ދިފާއުވުމުގެ އެކަށީގެންވާ ފުރުސަތެއް ދީފައިނުވާ ކަމަށް ބުނެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މުއިއްޒުއާ ސުވާލުކުރުމުން ދިފާއުވުމުގެ ފުރުސަތު ނުދީ ޝަހުޒާން ޖަލަށް ލައިފި

މިއަދު މެންދުރު 13:00 އަށް ޝަހުޒާނަށް ހާޒިރުކުރުމަށް ފަހު އޭނާއަށް ވަކީލެއް އައްޔަނުކުރަން ދިނީ އެންމެ ދެ ގަޑިއިރު.

މީގެ އިތުރުން، ކޯޓުގެ އަމުރާ ގުޅޭ ހަބަރެއް ލިޔުމުގެ ސަބަބުން ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ލީވާނަށް ވަކީލަކު ހަމަޖެއްސުމަށް އެކަށީގެންވާ ވަގުތު ނުދީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި މި ހުކުމް އިއްވީ އޭނާ ހާޒިރުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ހަބަރުގެ މައްސަލާގައި ދިފާއުވުމުގެ ފުރުސަތު ނުދީ ލީވާން ޖަލަށްލައިފި

ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ނޫސްވެރިޔާ ލީވާން އަލީ ނާސިރު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި. މި މައްސަލައިގައި ވަކީލަކު ހަމަޖެއްސުމަށް ލީވާން އެދުނު ނަމަވެސް، ކޯޓުން އޭނާއަށް ދިނީ އެންމެ ދެ ގަޑިއިރުގެ ފުރުސަތެއް.

ލީވާން ކޯޓަށް ހާޒިރުކުރުމަށްފަހު، ވަކީލަކު އައްޔަންކުރުމަށް އޭނާއަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުގެ ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އިންސާފުވެރި ޝަރީއަތެއްގެ ހަމަތަކާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ހަބަރެއް ލިޔެގެން ކޯޓަށް ހާޒިރުކުރި ލީވާނަށް ދިނީ ވަކީލެއް އައްޔަނުކުރަން އެންމެ ދެ ގަޑިއިރު

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅޭ ޚަބަރެއް ލިޔެގެން އެ ކޯޓަށް ހާޒިރުކުރި "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ވަކީލަކު އައްޔަނުކުރަން ދިނީ އެންމެ ދެ ގަޑިއިރެވެ. މިއަދު ހެނދުނު ކޯޓަށް ހާޒިރުވެ ވަކީލަކު ހޯދަން އިތުރު ވަގުތަށް އޭނާ އެދުނު ނަމަވެސް، މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ނިންމެވީ އެކަމަށް ކުރު މުއްދަތެއް ދިނުމަށެވެ.

ޝަހުޒާން ޖަލަށްލުމުގެ ކުރިން އޭނާ ވަނީ ފުރިހަމައަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށާއި، ނަމަވެސް ވަކީލަކު ހޯދަން އެކަށީގެންވާ ވަގުތު ކޯޓުން ދީފައިނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުރިހަމައަށް ޖަވާބުދާރީވާން ބޭނުން، ވަކީލަކު ހޯދަން އެކަށީގެންވާ ވަގުތެއް ނުދިން: ޝަހްޒާން

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވި ކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި މުހައްމަދު ޝަހުޒާނަށް، ގާނޫނީ ވަކީލަކު ހޯދަން އެކަށީގެންވާ ވަގުތު ނުދޭތީ އޭނާ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޝަހުޒާން 10 ދުވަހުގެ މުއްދަތަކަށް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާއަށް ވަކީލަކު އައްޔަނުކުރަން ދީފައިވަނީ އެންމެ ދެ ގަޑިއިރެވެ.

ނޫސްވެރިން ޖަލަށްލުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ލީވާން އާއި ޝަހުޒާން ޖަލަށްލުމަކީ ހެދި ބޮޑު ގޯހެއް ކަމަށެވެ. މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ލީވާން އާއި ޝަހުޒާން ޖަލަށް ލުމަކީ ހެދި ބޮޑު ގޯހެއް: ސުއޫދު

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ ނޫސްވެރިން ޖަލަށްލީ މައްސަލައިގައޮި ސުއޫދު ވިދާޅުވީ ނޫސްވެރިކަމަކީ ކުށެއް ނޫން ކަމަށާއި، ފާޑުކިޔުމާއި ފާރަވެރިވުމުގެ ސަބަބުން ބަދަލުހިފުމުގެ ފިޔަވަޅު އެޅުމަކީ ދިމިގުރާތީ ނިޒާމަށް އޮތް ހުރަހެއް ކަމަށް.

ސިޔާސީ މަޝްރަހާއި ސަރުކާރުގެ ނިންމުންތައް

ރައީސް މުއިއްޒު މަގާމުން ވަކިކުރުމަށް ގޮވާލުން

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ ރައީސް މުއިއްޒަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު މަގާމުން ވަކިކޮށް، ވެރިކަން ނައިބު ރައީސާ ހަވާލުކުރުމަށް ގޮވާލައްވާފައެވެ. އަދި ރައީސް ޝަރީއަތަށް ހާޒިރުކުރުމަށްވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

މުއިއްޒު ޝަރީއަތަށް ހާޒިރުކޮށް، މަގާމުން ވަކިކުރަން އައްބާސް ގޮވާލައްވައިފި

ރައީސް މުއިއްޒުގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރުމަށް މެމްބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ. އައްބާސް ވިދާޅުވީ ވެރިކަން ނައިބު ރައީސާ ހަވާލުކޮށް، ރައީސް މުއިއްޒު ޝަރީއަތަށް ހާޒިރުކުރުމަކީ ޕީއެންސީއަށާއި ގައުމަށް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

މަގާމުތަކަށް އައްޔަންކުރުމާއި ރައްޔިތުންގެ ނުރުހުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ނާކާމިޔާބުވި އާޝިޔަތު އަލައިކާއަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދިނުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އިޖުތިމާއީ އަދި ސަގާފީ ކަންކަން

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް އަތުލުން

ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނު 450 މީހެއްގެ ޝަރުތު ހަމަނުވާ ކަމަށް ނިންމައި، އެ މީހުންގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވަނީ ހާމަކުރައްވާފައެވެ.

މަށި މާލި ޕެރޭޑަށް އެޅި ހުރަސްތައް

ކުޅުދުއްފުށީގައި ބާއްވާ މަށި މާލި ޕެރޭޑުގައި މީހުންގެ ފޮޓޯ އާއި ނަން ބޭނުންކުރުން ކައުންސިލުން ވަނީ މަނާކޮށްފައެވެ. މިއީ ސިޔާސީ ކަންކަމަށް ހަޖޫޖެހުމަށް ބޭނުންކުރާ ހަރަކާތަކަށްވާއިރު، މި ނިންމުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށް ބެލެވެއެވެ.

ކުޅުދުއްފުށި މަށި މާލި ޕެރޭޑުގައި މީހުންގެ ފޮޓޯ އާއި ނަން ބޭނުންކުރުން މަނާކޮށްފި

ކުޅުދުއްފުށީގައި ބާއްވާ މަށި މާލި ޕެރޭޑުގައި މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން އެ ސިޓީގެ ކައުންސިލުން މަނާކޮށްފިއެވެ. މީގެ އިތުރުން، މާލިތައް ތައްޔާރުކުރުމުގައި އިސްލާމްދީނާއި އިޖުތިމާއީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox