ހުލާސާކޮށް އިއްޔެ: މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ

May 14, 2026, 1:00 AM
ރައީސް މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ސަލާމްކުރައްވަނީ: މަޖިލީހުގެ ނައިބުގެ މަގާމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޕީއެންސީގެ މަޖިލިސް މެންބަރުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ސަލާމްކުރައްވަނީ: މަޖިލީހުގެ ނައިބުގެ މަގާމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޕީއެންސީގެ މަޖިލިސް މެންބަރުން --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ވެރިކަން ކުރާ ޕީއެންސީން ވަނީ ނިންމާފައެވެ. މިގޮތުން އޭނާ މަގާމުން ވަކިކުރުމަށް ބޭނުންވާ 40 އަށްވުރެ ގިނަ މެންބަރުންގެ ސޮއި މިހާރު ވަނީ ހަމަކޮށްފައެވެ. މި މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ހަބަރުގެ އިތުރުން އިއްޔެގެ ސުރުހީތަކުން ފާހަގަކޮށްލެވޭ ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ޕީއެންސީން ވަނީ 40 އަށްވުރެ ގިނަ މެންބަރުންގެ ސޮއި ހަމަކޮށްފައެވެ. ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ކަމަށް އަޑުފެތުރިފައިވާ ނާޒިމް، މިހާރު ވަނީ ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުންނާއި މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ވަކިކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ޕީއެންސީގެ މެންބަރުން މުޢާމަލާތް ކުރުމަށް ބޭނުންކުރާ ވަޓްސްއެޕް ގްރޫޕުން ވެސް އަޙްމަދު ނާޒިމް ވަނީ ބޭރުކޮށްލާފައެވެ. މި ފިޔަވަޅު އަޅާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފި

ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވަނީ ބޭރުކޮށްލާފައެވެ. މީގެ ކުރިން މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އޭނާ ވަކިކޮށްފައިވާއިރު، ފުލުހުންގެ އިންޓެލިޖެންސުން އޭނާއާ ގުޅޭ ސީރިއަސް ޖިނާއީ ތުހުމަތުތަކެއްގެ ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަޖިލީހުގެ ތެރޭގައި އުފެދުނު މި ނުތަނަވަސްކަމުގެ ތެރެއިން، ނާޒިމް ރިޔާސަތުގައި އިންނެވި ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ މެންބަރުން ވަނީ ހުރަސް އަޅާފައެވެ. މެންބަރުން ހަމަނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެގެން އެ ދުވަހުގެ ޖަލްސާ ވަނީ ކެންސަލް ކުރަން ޖެހިފައެވެ.

Advertisement

ނާޒިމް ރިޔާސަތުގައި އިންނެވުމުން ކޯރަމް ގެއްލުވާލައި މަޖިލިސް ޖަލްސާ ކުރިއަށްގެންދަން ޕީއެެންސީން ހުރަސް އަޅައިފި

މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އަހުމަދު ނާޒިމް އިންނެވުމުން، ޕީއެންސީ މެންބަރުން ތަޅުމަށް ވަޑައިނުގެން ކޯރަމް ގެއްލުވާލުމާ ގުޅިގެން މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ. ނާޒިމްއާ މެދު ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، އޭނާ ވަނީ މީގެ ކުރިން ބާރުގަދަ ކޮމިޓީތަކުން ވަކިކޮށް ޕާޓީގެ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފަ އެވެ.

ކޯރަމް ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާ ނުފެށި ލަސްވުމާ ގުޅިގެން، ރިޔާސަތުން ވަނީ އެކަން އިއުލާން ކުރައްވައި، ޖަލްސާ ފެށޭތޯ ތަކުރާރުކޮށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ ގިނަ މެންބަރުން ހާޒިރުނުވުމުން އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ޕީއެންސީގެ ގިނަ މެންބަރުން ނުދާތީ ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ނުފެށުނު

ވެރިކަން ކުރާ ޕީއެންސީގެ ގިނަ މެންބަރުން މަޖިލީހަށް ހާޒިރުނުވުމުގެ ސަބަބުން، ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށޭގޮތް ވަނީ ނުވެފައެވެ. މީގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލާފައިވާއިރު، ފުލުހުން އޭނާގެ މައްޗަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކުރާ ކަމުގެ މައުލޫމާތު ވަނީ ފެންމަތިވެފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ޤާނޫނީ ގޮންޖެހުންތައް

"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުޙައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދަޢުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގެ އަޑުއެހުންތައް ފެށިއިރު، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ފިޔާޒު އާއި ހަސަންގެ މައްޗަށް ޝަރީއަތް ފަށައިފި

އަދަދު ނޫހުގައި ޝާއިޢުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށްގެން މިއަދު ވަނީ ފަށައިފަ އެވެ. ރައީސް މުއިއްޒަށް ތުހުމަތުތަކެއް ކުރެވޭ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވިއިރު، ދެން އޮންނަ އަޑުއެހުމެއް ދެ ހަފްތާ ފަހުން ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒަށް ގަޒުފުކުރި ކަމުގެ ތުހުމަތުގައި ވަކީލު އާދަމް އާސިފްގެ މައްޗަށް ވެސް ފުލުހުން ވަނީ ތަޙުޤީޤެއް ފަށާފައެވެ. މި ތަޙުޤީޤުތައް ފަށާފައިވަނީ ރައީސް މުޢިއްޒަށް ޖިންސީ ތުހުމަތުތަކެއް ކުރެވޭ "އައިޝާ" ޑޮކިއުމެންޓަރީ އާންމުވި ފަހުން ކަން ފާހަގަކުރެވެއެވެ.

މުއިއްޒަށް ގަޒްފު ކުރި ކަމަށް ބުނެ ވަކީލު އާސިފްގެ މައްޗަށް ވެސް ތަހުގީގެއް ހިންގަނީ

ރައީސް މުއިއްޒަށް ގަޒްފުކުރި ކަމުގެ ތުހުމަތުގައި ވަކީލު އާދަމް އާސިފް ފުލުހަށް ހާޒިރުވާން އަންގައި، އޭނާގެ މައްޗަށް ތަހުގީގެއް ވަނީ ފަށާފައެވެ. މީގެ އިތުރުން "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅިގެން އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާކޮށް، ބައެއް ނޫސްވެރިން މިހާރު ވަނީ ބަންދުކޮށްފައެވެ.

ނޫސްވެރިން ޖަލަށްލުމާއި، އެމީހުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ނިމުމުގެ ފެށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ ނޫސްވެރިޔާ ޝަހުޒާން ޖަލަށްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރުގެ ނިމުމުގެ ފެށުން: އުމަރު

ނޫސްވެރިން ޖަލަށްލައިގެން އަޑުކަނޑުވާލަން މަސައްކަތް ކުރުމަކީ ސަރުކާރެއް ނިމުމުގެ ފެށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިހެން ވިދާޅުވީ "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ވެރިންނަށް ކުރެވޭ ތުހުމަތުތަކަށް ކެތްތެރިވާންޖެހޭނެ ކަމަށާއި، ވެރިއެއްގެ މައުސޫމްކަން ސާބިތުވާންޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ވަނީ ޖަލަށްލާފައިވާ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. ނޫސްވެރިން ކުރަނީ ޤައުމީ މަސައްކަތެއް ކަމަށާއި، އެކަމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަހުޒާން އާއި ލީވާން މިނިވަން ކުރަން ޔާމީން ގޮވާލައްވައިފި

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން އާއި ލީވާން ހައްޔަރުކުރުމާ ގުޅިގެން، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ކުރީގެ ރައީސް ޔާމީން ގޮވާލައްވައިފިއެވެ. ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވައި، ދިފާއުވުމުގެ ފުރުސަތު ނުދީ އެމީހުން ޖަލަށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، 'ދައުރު' ނޫހުގައި ޝާއިޢުކުރި ލިޔުމަކުން އަބުރަށް އުނިކަން ލިބުނު ކަމަށް ބުނެ، މަޖިލިސް މެންބަރު އަޙްމަދު އަޒާން ވަނީ އެ ނޫހުގެ އެޑިޓަރާއި ހިންގާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ދައުރު' ނޫހުގެ ރިޕޯޓަކުން އަބުރަށް އުނިކަން ލިބުނު ކަމަށް ބުނެ މެންބަރު އަޒާން ކޯޓަށް!

'ދައުރު' ނޫހުގައި ޝާއިއުކުރި ރިޕޯޓަކުން އަބުރަށް އުނިކަން ލިބިފައިވާ ކަމަށް ބުނެ، މަޖިލިސް މެންބަރު އަހުމަދު އަޒާން އެ ނޫހުގެ އެޑިޓަރާއި ހިންގާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި މައްސަލާގައި އަޒާން އެދިވަޑައިގެންފައިވަނީ އެ ލިޔުން ނޫހުން އުނިކުރުމަށާއި، އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން ގާނޫނީ ހަރަދުތައް ނަގައިދިނުމަށެވެ.

ކުޅިވަރު: އެފްއޭއެމްގެ މާލީ އެހީތެރިކަން

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، އެފްއޭއެމް އިން ކުރިއަށްގެންދާ ރީޖަން ލީގުގެ ޓީމުތަކަށް ދޭ މާލީ އެހީތެރިކަން ވަނީ އިތުރުކޮށްފައެވެ. މިގޮތުން ކޮންމެ ޓީމަކަށް ދަތުރުފަތުރުގެ ޚަރަދަށް އިތުރު 30,000 ރުފިޔާ ދިނުމަށް ނިންމުމާ އެކު، ޖުމްލަ އެހީގެ އަދަދު 1.4 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އެފްއޭއެމް އިން ރީޖަން ލީގު ޓީމުތަކަށް 1.4 މިލިއަން ރުފިޔާ ދޭނެ

އެފްއޭއެމް އިން މިހާރު ކުރިއަށްގެންދާ ރީޖަން ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް ދޭ ދަތުރުފަތުރު ކުރުމުގެ ހަރަދަށް އިތުރު 30،000 ރުފިޔާ ދޭން ނިންމުމާ އެކު، ޖުމްލަ އެކު، ހުރިހާ ޓީމަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޭ ފައިސާގެ އަދަދު 1.4 މިލިއަން ރުފިޔާ އަށް ވަނީ އަރައިފައި.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox