ލީވާން އާއި ޝަހުޒާންގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކޮށްފި

ލީވާމް އަދި ޝަހުޒާން.

ލީވާމް އަދި ޝަހުޒާން.

ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމުގެ ސަބަބުން އަދަބު ލިބެމުންދާ އަދަދުގެ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރުގެ ޖަލު ހުކުމާއި ޖޫރިމަނާގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. 

ގާނޫނީ އެހީތެރިކަން ހޯދަން އެކަށީގެންވާ ވަގުތު ނުދީ، އަވަސް އަރުވާލައިގެން ބޭއްވި ޝަރީއަތެއްގައި އެ މީހުންނަށް ހުކުމް ކުރީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ނިންމައިގެންނެވެ. 

ލީވާނަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 10 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި، ހުކުމުގެ ބާކީ ބައި ޖޫރިމަނާއެއް ބަދަލުކުރި އެވެ. އެގޮތުން ޖުމްލަ 26،800 ރުފިޔާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެންގި އެވެ. 

ޝަހުޒާނަށް ވެސް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން 15 ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެކަމަށް ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ. އަދި ޖޫރިމަނާއަށްވާ 25،800 ރުފިޔާ 20 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެންގި އެވެ.

އެ ދެ މީހުންގެ ގާނޫނީ ވަކީލުން މައުލޫމާތު ދިން ގޮތުގައި ހުކުމާއި ޖޫރިމަނާގެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މީގެ ކުރިން އެ މީހުންގެ ފަރާތުން ވަނީ ހުކުމް ތަންފީޒުކުރުމް މަޑުޖައްސާލުމުގެ އަމުރަކަށް ވެސް އެދިފަ އެވެ.

ލީވާން ކުށްވެރިވީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ދިވެހި ރައްޔިތުންގެ މައްޗަށް ނެރުނު އަމުރު ރިޕޯޓުކުރުމުންނެވެ. އަދި ޝަހުޒާން ކުށްވެރިވީ ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުންނެވެ. 

ދެ ނޫސްވެރިން އެންމެ ފުރަތަމަ ތިބީ މާފުށީ ޖަލުގެ ޔުނިޓް 12 ގެ ގޮޅިއެއްގައި އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް ލީވާން އެކަހެރިކޮށް ޔުނިޓް 10 ގެ ގޮޅިއަކަށް ބަދަލުކުރި އެވެ. އެ ފިޔަވަޅު އެޅި ސަބަބެއް ކަރެކްޝަންސްއިން ހާމައެއްނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox