ނޫސްވެރިން ޖަލަށްލުން: ސަރުކާރަށް ޕްރެޝަރު ކުރަން އެދި ތިން ރައީސުންގެ ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކަށް

ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު އަފްރާހު (އަފްރާ)

ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު އަފްރާހު (އަފްރާ)

ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިންނާއި އެ ދެ ނޫސްވެރިން މިނިވަން ކުރަން ގޮވާލައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށްފައިވާ އެންމެން މިނިވަން ކުރުމަށް ސަރުކާރަށް ޕްރެޝަރު ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ މަގާމު މީގެ ކުރިން އަދާކުރެއްވި ތިން ބޭފުޅެއްގެ ފަރާތުން ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަށް ސިޓީއެއް ފޮނުވައިފި އެވެ. 

މިއަދު ފޮނުވި ސިޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރެއްވި އެވެ. މިއީ އެ ތިން ބޭފުޅުން ސޮއިކުރައްވައި މިގޮތަށް ފޮނުއްވި ފުރަތަމަ ސިޓީ އެވެ. 

އެ ސިޓީގައި ވަނީ ދެ ނޫސްވެރިންގެ މައްޗަށް އަވަސް އަރުވާލައިގެން ޝަރީއަތް ހިންގުމަށް ފަހު ސިއްރިއްޔާތުގައި ހުކުމްކޮށްފައިވާކަން ބަޔާންކޮށްފަ އެވެ. އަދި އޭގެ ފަހުން ހިނގައިދިޔަ މުޒާހަރާތަކުގައި އެތައް ބަޔަކު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާކަން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފަ އެވެ. 

މި ސަރުކާރުން ހަމަލާދެމުން އަންނަނީ ހަމައެކަނި ނޫސްވެރިކަމުގެ މިނިވަންކަަމަށް އެކަނި ނޫންކަން ތިން ރައީސުން ފާހަގަކުރެއްވި އެވެ. 

"ކައުންސިލް އިންތިހާބުން ކުރިމަތިވި ނާކާމިޔާބީ އާއި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ 69 އިންސައްތައިގެ ބޮޑު އަގުލަބިއްޔަތަކުން ދެކޮޅު ހެދުމަކީ، އަމިއްލަައަށް ކަންކަން މުރާޖާކޮށް ވިސްނާލަންވީ ވަގުތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ސަރުކާރުން ދަނީ ދައުލަތް ޖަވާބުދާރީކުރުވާ މުއައްސަސާތަކަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުން،" އެ ސިޓީގައި ބުނެފައިވެ އެވެ. 

ހަމައެހެންމެ ރާއްޖޭގެ ނާޒުކު އިގުތިސޯދީ ހާލަތު ވެސް ތިން ރައީސުންގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. ސަރުކާރުން ހުދުމުހުތާރުވަމުން އަންނައިރު އިގުތިސޯދީ ހާލަތު އޮތްގޮތުން ދައުލަތް ފެއިލްވުމުގެ ފުރުސަތު އޮތްކަމަށް ތިން ރައީސުން ވެސް ފާހަގަކުރެއްވި އެވެ. 

"އިސްރާފު ބޮޑު އަދި ނާގާބިލު ސަރުކާރެއްގެ މުށުތެރޭގައި ގައުމު އޮވެ، ޑިމޮކްރަސީ މިފަދަ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައި އޮތުމަކީ ވަކިވަކި ކާރިސާތަކެއް ނޫނެވެ. އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީއެވެ. މިއިން ކޮންމެ ކަމެއްގެ ސަބަބުން އަނެއް ކަމެއްގެ ނުރައްކާ އިތުރަށް ހަލުވިވެ، މި ހުރިހާ ކަމެއް އެކުވެގެން ދިވެހިރާއްޖެ މިސްރާބު މިޖަހަނީ ފެއިލްވެފައިވާ ދައުލަތަކަށް  ވުމާ ދިމާލަށް،" ތިން ރައީސުންގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ. 

ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ދިވެހި ރައްޔިތުން ބިނާކޮށްފައިވާ ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަން ތިން ރައީސުން ވެސް ޑިޕްލޮމެޓިކް މިޝަންތަކަށް ސާފުކޮށްދެއްވި އެވެ. 

"ޖަލަށް ލާފައިވާ ހުރިހާ ނޫސްވެރިންނާއި މުޒާހަރާތަކާ ގުޅިގެން ނުހައްގުން ހައްޔަރުކޮށްފައިވާ އެންމެހާ މީހުން ވަގުތުން މިނިވަންކުރުމަށާއި، އެ ފަރާތްތަކުގެ މައްޗަށް ހިންގާ ނުހައްގު ދައުވާތައް ހުއްޓާލުމަށް ތި އޮފީސްތައް މެދުވެރިކޮށް ދިވެހި ސަރުކާރަށް ބާރުއަޅައިދިނުމަށް އެދެން."

ތިން ރައީސުންގެ "އިއްތިހާދު"

ތިން ރައީސުން އެކުގައި ނެރުއްވި ބަޔާނެއްގައި ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. މި ބައްދަލުވުމަށްފަހު ތިން ރައީސުން ވަނީ ގައުމުގެ އިސްލާހީ މަސައްކަތުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

އެ ބަޔާނުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްވެރިން ޖަލަށްލައި، އެމީހުންގެ މަސައްކަތަށް ދަތިކުރުމެވެ. ނޫސްވެރިންގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތްތަކަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަންކަން ކަމަށް ސިފަކުރައްވައި، އެ ޝަރީއަތްތައް ވަގުތުން ހުއްޓާލުމަށާއި، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ތިން ރައީސުން ވަނީ ގޮވާލައްވާފަ އެވެ. މީގެ އިތުރުން، ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްބާނައި، ފަނޑިޔާރުންގެ މިނިވަންކަން ގެއްލުވާލަމުންދާ ކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކުރައްވާފަ އެވެ.

އިގްތިސާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުވާލައްވަމުން، ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގު އަތްނުފޯރާ މިންވަރަށް ބޮޑުވަމުންދާކަން ތިން ރައީސުން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ އިސްރާފު ބޮޑުވެ، ދައުލަތުގެ ބަޖެޓުން ބޭކާރު ހަރަދުތައް ކުރަމުންދާއިރު، ރައްޔިތުންގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. ސަރުކާރުގެ ތެރޭގައި އަށަގަނެފައިވާ ކޮރަޕްޝަނާއި ނުރަނގަޅު އަމަލުތައް އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ތިން ރައީސުން ވިދާޅުވި އެވެ.

ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ރައްޔިތުން ކުރި ބުރަ މަސައްކަތުން ހޯދި ހަމަތަކާއި އުސޫލުތައް މިއަދު ގެއްލިގެންދާ މަންޒަރު ފެންނަމުންދާ ކަމީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. 

ގައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ސިޔާސީ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ތިން ރައީސުން ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox