ނޫސްވެރިން ޖަލުގައި، ނޫސްވެރިކަން ނުރައްކަލެއްގައި: މީޑިއާތައް 12 ގަޑިއިރުގެ ބްލެކްއައުޓަކަށް

އަދަދު ނޫހުގެ ޝަހުޒާން އާއި ލީވާން ޖަލަށް ހުކުމްކުރުމުން، ނޫސްވެރިންގެ ދިފާއުގައި މެއި 13، 2026 ގައި މާލޭގައި ބޭއްވި މުޒާހަރާ

އަދަދު ނޫހުގެ ޝަހުޒާން އާއި ލީވާން ޖަލަށް ހުކުމްކުރުމުން، ނޫސްވެރިންގެ ދިފާއުގައި މެއި 13، 2026 ގައި މާލޭގައި ބޭއްވި މުޒާހަރާ

ރާއްޖޭގެ ޑިމޮކްރަޓިކް ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ނޫސްވެރިޔަކު ޖަލަށް ހުކުމްކޮށް ތަހުގީގީ ނޫސްވެރިކަން މަރާލުމަށް ސަރުކާރުން އިސްވެ ކުރަމުންދާ ކަންކަމާ ދެކޮޅު ހެދުމުގެ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް 12 ގަޑިއިރަށް މިއަދު ބްލެކްއައުޓް ކޮށްފި އެވެ. 

މިއަދު ހެނދުނު 06:00 އިން އިރުއޮއްސި 06:00 އާ ހަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުން އެއްކޮށް މެދުކަނޑާލި އެވެ.

Advertisement

މި ސަރުކާރުން ނޫސްވެރިކަން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ސަރުކާރުން ބޭނުންނުވާ ގޮތަށް ހަބަރު ގެނެސްދޭ ނޫސްތަކާ ދެކޮޅަށް މާލީ އަދި ގާނޫނީ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. 

މިނިވަން ނޫސްވެރިކަން މަރާލުމަށްޓަކައި މީޑިއާ ކޮންޓްރޯލް ގާނޫނެއް ވުޖޫދުކޮށް ކޮމިޝަނެއް އުފައްދައި ވަރަށް ބޮޑަށް މީޑިއާތައް ދަނީ ރެގިއުލޭޓް ކުރަމުންނެވެ. އަދި ދައުލަތުގެ މީޑިއާ ވެސް ސަރުކާރުން "ހައިޖެކު" ކޮށް މިއިން ދުވަހަކު ނުފޫޒު ނުފޯރުވާ މިންވަރަށް ގެންދަނީ ފޯރުވަމުންނެވެ. 

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައީސް މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރި ދުވަހުގެ ކުރީ ރޭ "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓަރީގެ ވާހަކަ ނުދެއްކުމަށް އެންމެހާ ރައްޔިތުންނަށް ރައްދުވާ ގޮތަށް ކްރިމިނަލް ކޯޓުން އަމުރެއް (ގެގް އޯޑަރު) ނެރުނެވެ. އެ ޑޮކިއުމެންޓަރީއަކީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ވާހަކަތައް ގެނެސްދީފައިވާ ޑޮކިއުމެންޓްރީ އެވެ. އެ އަންހެން މުވައްޒަފުގެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން މުއިއްޒުއާ ސުވާލުކުރީ ރައީސް އޮފީހުގެ މުވައްޒަފަކަށް ނުގަޑިތަކެއްގައި ސިގްނަލް އެޕްލިކޭޝަން މެދުވެރިކޮށް ގުޅާފައިވޭތޯ ބެލުމަށެވެ. އެ ސުވާލު ކުރަމުން ދަނިކޮށް ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް "ހުކުމް ކުރައްވާފަ" އެވެ. ޝަހުޒާން ސުވާލު ކުރަމުން ދަނިކޮށް މައިކު ކަނޑާލައި ސެކިއުރިޓީ ހިމެނޭހެން ގިނަ އެ އޮފީހުގެ އަދަދެއްގެ މުވައްޒަފުންތަކެއް އައިސް އޭނާ ޕްރެސަް ކޮންފަރެންސުން ބޭރުކޮށްލި އެވެ. 

އެ ސުވާލު ކުރި މައްސަލާގައި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއް ޝަހުޒާންގެ މައްޗަށް ހަމަ އެ ދުވަހު ބަލަން ފެށި އެވެ. އަދި ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި މައްސަލައެއް ބަލަން ފެށި އެވެ. އެއީ ކްރިމިނަލް ކޯޓުން ގެގް އޯޑަރު ނެރެފައިވާ ކަމަށް ބަޔާންކޮށް ލީވާން ލިޔުނު ހަބަރަކާ ގުޅޭ މައްސަލައެކެވެ. 

އެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހާއި އަދަދު ނޫހުގެ ނޫސްވެރިންނަށް ބައިވެރިނުވެވޭނެ ކަމަށް ރައީސް އޮފީހުން އެންގި އެވެ. އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެމްއެންޑީއެފް ސެކިއުރިޓީން ނޫސްވެރިއެއްގެ ފޯނު ވެސް ޗެކު ކުރި އެވެ. ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ފޯނު އަތުލައި ޗެކުރީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ވީޑިއޯކުރި ކަމަށް ތުހުމަތުކޮށެވެ.

ޖެހިގެން އައި ދުވަހު ލީވާން އާއި ޝަހުޒާންގެ މައްޗަށް އަވަސް ޝަރީއަތެއް ހިންގައި އެ ދެ މީހުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ދެ ނޫސްވެރިން ވެސް ތަކުރާރުކޮށް ވަކީލަކު އައްޔަނުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދުމުން ވެސް މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމެވީ އެންމެ ދެ ގަޑިއިރު ދިނުމަށެވެ. 

ހަބަރެއް ލިޔެގެން ލީވާންގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއިރު މުއިއްޒުއާ ސުވާލުކޮށްގެން ކުށްވެރިވި ޝަހުޒާންގެ މައްޗަށް އިއްވީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ މީހުން ހުކުމް ތަންފީޒުކުރަމުން ދަނީ މާފުށީ ޖަލުގަ އެވެ. 

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާތީ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުالله ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކުގައި މަސައްކަތް ކުރުމަށް ނިންމަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox