މަރުވި އެއް ޑައިވަރުގެ ހަށިގަނޑު އިޓަލީއަށް ގެންގޮސްފި

May 19, 2026, 9:39 PM
ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު

ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު

ވ. އަތޮޅު ކަނޑުގެ އަޑީގައި ހުރި ހޮހޮޅައެއްގައި ތާށިވެގެން މަރުވި ފަސް ޑައިވަރުންގެ ތެރެއިން އެކަކަކު މިއަދު އިޓަލީއަށް ގެންގޮސްފި އެވެ. 

ފަސް ދޮޅަސް މީޓަރަށް ވުރެ ފުނުގައި ހުރި އެ ހޮހަޅައިގެ ތެރެއަށް ޑައިވްކުރި އިޓަލީގެ ފަސް މީހުންގެ ތެރެއިން ފުރަތަމަ ފެނުނީ ޑައިވް އިންސްޓަރަކްޓަރު  ޖިއަންލޫކާ ބެނެޑެއްޓީ އެވެ. ޓާކިޝް އެއާލައިންގައި އޭނާގެ ހަށިގަނޑު ދޯހާ މަގުން މިލާނަށް ގެންދިޔައީ މިއަދުގެ ވަގުތެއްގައި ކަމަށް އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ކަށަވަރުކޮށް ދިނެވެ.

ބެނެޑެއްޓީއަކީ ރާއްޖޭގައި ހަތް އަހަރު ވަންދެން ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މީހެކެވެ. އޭނާއަކީ ޑީއޭއެން އިންޝުއަރެންސް އޮންނަ މީހަކަށްވާއިރު، އޭނާގެ ހަށިގަނޑު އުފުލުމުގެ އިންތިޒާމުތައް ހަމަޖެއްސިމޯލްޑިވްސް އިންކަކީ އެ އިންޝުއަރެންސްގެ ދަށުން ދަތުރުކުރާ މީހުންނަށް ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކުގައި ހަށިގަނޑު ގައުމަށް ފޮނުވައިދޭ ރާއްޖޭގެ އެޖެންޓެވެ.

ދެހާސް އަށްވަނަ އަހަރު އުފެއްދި މޯލްޑިވްސް އިންކަކީ ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންނާއި ފަތުރުވެރިން މަރުވުމުން، އެމީހުންގެ ހަށިގަނޑުތައް އެނބުރި ގައުމަށް ފޮނުވުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކުންފުންޏެކެވެ. 

ދުނިޔޭގެ މިފަދަ ހިދުމަތްތައް ދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ ދަ ވޯލްޑް ފިއުނަރަލް އޮޕަރޭޓިވްސްގެ ރާއްޖޭގެ މެންބަރަކީ ވެސް މޯލްޑިވްސް އިންކެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލިއަންޒް އިންޝުއަރެންސްގެ ރާއްޖޭގެ ސާވިސް ޕްރޮވައިޑަރަކީ ވެސް އެ ކުންފުންޏެވެ.

މޯލްޑިވްސް އިންގުގެ ހިދުމަތް ފުޅާވެފައިވާ ގޮތް
މޯލްޑިވްސް އިންގުގެ ހިދުމަތް ފުޅާވެފައިވާ ގޮތް

މޯލްޑިވްސް އިންކްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފަތުރުވެރިންނަށް ލިބޭ ފަދަ ފެންވަރު ރަނގަޅު، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ހިދުމަތްތަކެއް ރާއްޖޭގައި ފޯރުކޮށްދިނުމެވެ. މި ހާދިސާގައި މަރުވި އިޓަލީގެ ރައްޔިތާގެ ހަށިގަނޑު ފޮނުވާލުމުގައި ވެސް އެ ކުންފުނިން ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުރިހާ ކަމެއް ނިންމާފައެވެ.

ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައި މާލެ ގެނެސް ވަނީ މޯޗަރީއަށް ލައިފަ އެވެ. އެއީ ކޮން ބައެއްކަން ދެނެގަތުމަށް ފަހު ހަށިގަނޑު އިޓަލީއަށް ފޮނުވާލާނެ އެވެ. 

ފަސް ޑައިވަރުންގެ އިތުރުން ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox