ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ވަޒީރު ގަބޫލެއް ނުކުރައްވާ

May 19, 2026, 7:45 PM
Transport Minister Mohamed Ameen. -- Photo: Abdulla Iyaan/ Adhadhu

Transport Minister Mohamed Ameen. -- Photo: Abdulla Iyaan/ Adhadhu

މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ކަމާ ގުޅޭ ޖަމިއްޔާތަކުން ބުނި ނަމަވެސް އެ ވާހަކަ ގަބޫލު ނުކުރައްވާ މޭރުމަކުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވާހަކަ ދައްކަވައިފަ އެވެ. 

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުންތައް ސަރުކާރުން ބަލަމުންދާ ކަމަށެވެ. އެކަމަކު، ދާއިރާއަށް ލިބުނު ކަމަށް ސަރުކާރުން ގަބޫލު ކުރާ އަދަދެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. 

"ކޮންމެ ފަދަ ނަންބަރެއް ޖެހިވެސް ދާނެ. އަޅުގަނޑުމެންނަކަށް އެއްވެސް ކަހަލަ ހިސާބުކިތާބަކުންނެއް އަދި ނެތް [އެ އަދަދަށް ގެއްލުންވިކަން އެނގޭކަށް]. އަޅުގަނޑުމެންގެ މިނިސްޓްރީ އިން ވެސް އެއީ ކިހިނެއް އައިސްގެން އުޅޭ ނަންބަރެއްތޯ އެބަ ބަލަން، ބައެއް ޑިޕާޓްމަންޓަކުން މިހާރު ވެސް އެބަ މަސައްކަތް ކުރަމުންދޭ،" އަމީން ވިދާޅުވި އެވެ. 

ފެބްރުއަރީ 28، ގައި ހަނގުރާމަ ފެށި ފަހުން ފަތުރުވެރިކަމުގެ ދާއިރާއަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަން ހާމަ ކުރީ، ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސްގެ ޖަމިއްޔާ މަޓާޓޯ އަދި ހޮޓަލާއި ގެސްޓްހައުސްތަކުގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގަ އެވެ. 

ދާއިރާއަށް ލިބުނު ގެއްލުން އަންދާޒާކޮށްފައި ވަނީ މީގެ ކުރިން ބުކިން ލިބިފައިވާ އަދަދުތަކަށް ބަލައިގެންނެވެ. އެ ދެ ޖަމިއްޔާއިން ލަފާ ކުރާ ގޮތުގައި މިހާތަނަށް ލިބުނު ގެއްލުން 500 މިލިއަން ޑޮލަރަށް ވުރެ ވެސް އިތުރުވާނެ އެވެ. 

އެ ބަޔާނުގައި ބުނެފައި ވަނީ މިގޮތަށް ފަތުރުވެރިކަމުގެ ދާއިރާ އަޑިއަޅައިގެންދާ ނަމަ ވިޔަފާރިތައް ބަނގުރޫޓުވެ، އެތައް ސަތޭކެ ވަޒީފާއެއް ގެއްލިދާނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވާން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. 

މަޓާޓޯ އާއި ހޮޓާ/ގެސްޓްހައުސް ޖަމިއްޔާއިން އެދޭ ކަންކަން 

  1. ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ކުދި ވިޔަފާރިތަކަށް އަދި ގެސްޓްހައުސްތަކަށް ހާއްސަ ލޯނު ދޫކުރުން
  2. މިހާރު ނަގާފައިވާ ލޯނުތައް ދެއްކުން މެދުކަނޑާލުން، ލޯނު ރީ-ސްޓްރަކްޗާ ކޮށްދިނުން އަދި ފީތައް ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލުން
  3. ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު ޝަރުތުތައް ލުއި ކުރުން
  4. އަގުތައް މަތިވަމުންދާ ދިޔުމަށް ހާއްސަ ސަމާލުކަމެއް ދިނުން؛ ހާއްސަކޮށް އެއާޕޯޓް ރިފިއުލިން އަގު މަތިވާ މައްސަލައަށް ހައްލެއް ގެނައުން
  5. އިމާރާތް ކުރާ ތަކެތީގެ އަގު އުފުލޭތީ ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށްވަމުންދާ ގެއްލުމަށް ހައްލެއް ގެނައުން

މަޓާޓޯ އާއި ހޮޓާ/ގެސްޓްހައުސް ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ކުރިން ލިބުނު ގެއްލުންތަކުން ވެސް އަރައިގަނެފައިވާ ކަމަށާއި މިފަހަރު ވެސް އެކަން ކުރެވޭނެ ކަމަށެވެ. 

"އެހެންނަމަވެސް، ވިޔަފާރިތައް ހިމާޔަތް ކުރުމަށާއި ވަޒީފާތައް ރައްކާތެރި ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް މި ހާލަތުގައި ރޭވިގެން، ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރާއި މާލީ އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތް ކުރަން އެ ދެ ޖަމިއްޔާއިން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox