ފަތުރުވެރިކަމުގެ ދާއިރާއިން އެދެނީ ކާރިސާގެ މި މިދަނޑިވަޅުގައި ސަރުކާރުން އެހީތެރިވާން

May 10, 2026, 7:06 PM
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން: ދާއިރާއިން ބުނީ 500 މިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން: ދާއިރާއިން ބުނީ 500 މިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަނެވޭނީ ސަރުކާރުން މި ދަނޑިވަޅުގައި އެހީތެރިވެދީގެން ކަމަށް ބައެއް ޖަމިއްޔާތަކުން ބުނެފި އެވެ. 

ބަޔާނެއް މެދުވެރިކޮށް ސަރުކާރުގެ އެހީއަށް ގޮވާލީ  ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސްގެ ޖަމިއްޔާ މަޓާޓޯ އަދި ހޮޓަލާއި ގެސްޓްހައުސްތަކުގެ ޖަމިއްޔާއިންނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފެބްރުއަރީ 28، ގައި ހަނގުރާމަ ފެށި ފަހުން ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. 

ދާއިރާއަށް ލިބުނު ގެއްލުން އަންދާޒާކޮށްފައި ވަނީ މީގެ ކުރިން ބުކިން ލިބިފައިވާ އަދަދުތަކަށް ބަލައިގެންނެވެ. އެ ދެ ޖަމިއްޔާއިން ލަފާ ކުރާ ގޮތުގައި މިހާތަނަށް ލިބުނު ގެއްލުން 500 މިލިއަން ޑޮލަރަށް ވުރެ ވެސް އިތުރުވާނެ އެވެ. 

އެ ބަޔާނުގައި ބުނެފައި ވަނީ މިގޮތަށް ފަތުރުވެރިކަމުގެ ދާއިރާ އަޑިއަޅައިގެންދާ ނަމަ ވިޔަފާރިތައް ބަނގުރޫޓުވެ، އެތައް ސަތޭކެ ވަޒީފާއެއް ގެއްލިދާނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވާން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. 

"ވިޔަފާރިތައް ހިމާޔަތް ކުރުމަށާއި ވަޒީފާތައް ރައްކާތެރި ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް މި ހާލަތުގައި ރޭވިގެން، ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރާއި މާލީ އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތް ކުރަން އެ ދެ ޖަމިއްޔާއިން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

މަޓާޓޯ އާއި ހޮޓާ/ގެސްޓްހައުސް ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ކުރިން ލިބުނު ގެއްލުންތަކުން ވެސް އަރައިގަނެފައިވާ ކަމަށާއި މިފަހަރު ވެސް އެކަން ކުރެވޭނެ ކަމަށެވެ. 

މަޓާޓޯ އާއި ހޮޓާ/ގެސްޓްހައުސް ޖަމިއްޔާއިން އެދޭ ކަންކަން 

  1. ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ކުދި ވިޔަފާރިތަކަށް އަދި ގެސްޓްހައުސްތަކަށް ހާއްސަ ލޯނު ދޫކުރުން
  2. މިހާރު ނަގާފައިވާ ލޯނުތައް ދެއްކުން މެދުކަނޑާލުން، ލޯނު ރީ-ސްޓްރަކްޗާ ކޮށްދިނުން އަދި ފީތައް ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލުން
  3. ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު ޝަރުތުތައް ލުއި ކުރުން
  4. އަގުތައް މަތިވަމުންދާ ދިޔުމަށް ހާއްސަ ސަމާލުކަމެއް ދިނުން؛ ހާއްސަކޮށް އެއާޕޯޓް ރިފިއުލިން އަގު މަތިވާ މައްސަލައަށް ހައްލެއް ގެނައުން
  5. އިމާރާތް ކުރާ ތަކެތީގެ އަގު އުފުލޭތީ ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށްވަމުންދާ ގެއްލުމަށް ހައްލެއް ގެނައުން

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox