މެދުއިރުމަތީ

4 ލިޔުން

500 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ވަޒީރު ގަބޫލެއް ނުކުރައްވާހަބަރު

500 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ވަޒީރު ގަބޫލެއް ނުކުރައްވާ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ބުނާ ވާހަކަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދޮގުކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ ބޮޑު ގެއްލުމެއް ލިބުނުކަން އެއްވެސް ހިސާބަކުން ފެންނަން ނެތް ކަމަށާއި، އެއީ ކިހިނެއް އައިސްގެން އުޅޭ އަދަދެއްތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނަނީ ބުކިންތަކަށް ބަލާއިރު ގެއްލުން އެއަށްވުރެ ވެސް ބޮޑުވާނެ ކަމަށެވެ.

ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ބޮޑު ލޮޅުމެއްވިޔަފާރި

ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ބޮޑު ލޮޅުމެއް

މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް، މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ވަނީ ބޮޑުތަނުން ދަށްވާން ފަށާފައެވެ. ޚާއްޞަކޮށް މާޗު މަހުން ފެށިގެން ފަތުރުވެރިން އައި އަދަދު 20 އިންސައްތައަށް ވުރެ ބޮޑަށް ދަށްވެފައިވަނީ، މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫއެރުމުގެ ސަބަބުންނެވެ.