ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ

May 10, 2026, 6:54 PM
ފަތުރުވެރިއެއް ރަށެއްގައި ހަރަކާތްތެރިވަނީ: ޖަމިއްޔާތަކުން ގޮވާލީ ސަރުކާރުން ދާއިރާއަށް އެހީތެރިވުމަށް -- ފޮޓޯ: އަދަދު ފައިލް

ފަތުރުވެރިއެއް ރަށެއްގައި ހަރަކާތްތެރިވަނީ: ޖަމިއްޔާތަކުން ގޮވާލީ ސަރުކާރުން ދާއިރާއަށް އެހީތެރިވުމަށް -- ފޮޓޯ: އަދަދު ފައިލް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އައުން ދަށްވެ، މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ. 

ފެބްރުއަރީ 28، ގައި ހަނގުރާމަ ފެށި ފަހުން ފަތުރުވެރިކަމުގެ ދާއިރާއަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަން ހާމަ ކުރީ، ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސްގެ ޖަމިއްޔާ މަޓާޓޯ އަދި ހޮޓަލާއި ގެސްޓްހައުސްތަކުގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގަ އެވެ. 

ދާއިރާއަށް ލިބުނު ގެއްލުން އަންދާޒާކޮށްފައި ވަނީ މީގެ ކުރިން ބުކިން ލިބިފައިވާ އަދަދުތަކަށް ބަލައިގެންނެވެ. އެ ދެ ޖަމިއްޔާއިން ލަފާ ކުރާ ގޮތުގައި މިހާތަނަށް ލިބުނު ގެއްލުން 500 މިލިއަން ޑޮލަރަށް ވުރެ ވެސް އިތުރުވާނެ އެވެ. 

Advertisement

އެ ބަޔާނުގައި ބުނެފައި ވަނީ މިގޮތަށް ފަތުރުވެރިކަމުގެ ދާއިރާ އަޑިއަޅައިގެންދާ ނަމަ ވިޔަފާރިތައް ބަނގުރޫޓުވެ، އެތައް ސަތޭކެ ވަޒީފާއެއް ގެއްލިދާނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވާން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. 

މަޓާޓޯ އާއި ހޮޓާ/ގެސްޓްހައުސް ޖަމިއްޔާއިން އެދޭ ކަންކަން 

  1. ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ކުދި ވިޔަފާރިތަކަށް އަދި ގެސްޓްހައުސްތަކަށް ހާއްސަ ލޯނު ދޫކުރުން
  2. މިހާރު ނަގާފައިވާ ލޯނުތައް ދެއްކުން މެދުކަނޑާލުން، ލޯނު ރީ-ސްޓްރަކްޗާ ކޮށްދިނުން އަދި ފީތައް ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލުން
  3. ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު ޝަރުތުތައް ލުއި ކުރުން
  4. އަގުތައް މަތިވަމުންދާ ދިޔުމަށް ހާއްސަ ސަމާލުކަމެއް ދިނުން؛ ހާއްސަކޮށް އެއާޕޯޓް ރިފިއުލިން އަގު މަތިވާ މައްސަލައަށް ހައްލެއް ގެނައުން
  5. އިމާރާތް ކުރާ ތަކެތީގެ އަގު އުފުލޭތީ ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށްވަމުންދާ ގެއްލުމަށް ހައްލެއް ގެނައުން

މަޓާޓޯ އާއި ހޮޓާ/ގެސްޓްހައުސް ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ކުރިން ލިބުނު ގެއްލުންތަކުން ވެސް އަރައިގަނެފައިވާ ކަމަށާއި މިފަހަރު ވެސް އެކަން ކުރެވޭނެ ކަމަށެވެ. 

"އެހެންނަމަވެސް، ވިޔަފާރިތައް ހިމާޔަތް ކުރުމަށާއި ވަޒީފާތައް ރައްކާތެރި ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް މި ހާލަތުގައި ރޭވިގެން، ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރާއި މާލީ އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތް ކުރަން އެ ދެ ޖަމިއްޔާއިން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox