ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ބޮޑު ލޮޅުމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް.

މި އަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ފަތުރުވެރިން އައި މިންވަރު ބޮޑުތަނުން އިތުރުވަމުންދިޔަ ނަމަވެސް މެދުއިރުމަތީގައި ފެށި ހަނގުރާމަ އާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރައިފި އެވެ. 

ސަރުކާރުން ކުރިއެރުންތަކެއް އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަމުންދަނީ ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދާ މަންޒަރެވެ.

ޖެނުއަރީ މަހު 227,403 ފަތުރުވެރިންނާއެކު ފަސް އިންސައްތައިގެ ކުރިއެރުމެއް ލިބުނުއިރު، ފެބްރުއަރީ މަހު ރެކޯޑު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 15.7 އިންސައްތައިގެ ކުރިއެރުމެކެވެ. 

ނަމަވެސް، މާޗު މަހު މި މަންޒަރު މުޅިން ބަދަލުވެ، އައި ފަތުރުވެރިންގެ އަދަދު ވަނީ 166,616 އަށް ވެއްޓިފަ އެވެ. މިއީ 2025 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 20.7 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.

މިހާ ބޮޑުތަނުން ފަތުރުވެރިންގެ އަދަދު ދަށްވީ އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމަ އާއެކު އެވެ. މެދުއިރުމަތީގެ އެއާލައިންތަކަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ގެނެސްދޭ އެއާލައިންތައް ކަމަށްވާއިރު އެ ސަރަހައްދުގެ އެއާޕޯޓުތައް ބަންދުކޮށް ފްލައިޓުތައް ގްރައުންޑު ކުރުމުން ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. 

މި ނޭދެވޭ އަސަރު އޭޕްރިލް މަހުވެސް ދަނީ ފެންނަމުންނެވެ. މި މަހުގެ ފުރަތަމަ ހަތް ދުވަހު އައީ 36,333 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 26 އިންސައްތައިގެ ދަށްވުމެކެވެ.

ވިޔަފާރި ދަތުރުތަކާއި ކުރޫޒް ލައިނާ ފަސިންޖަރުން ނުހިމަނައި، ހަމައެކަނި ފަތުރުވެރިންނަށް ބަލާއިރު ހާލަތު އަދި މާ ގޯހެވެ. މި އަހަރުގެ މިހާތަނަށް އައީ 670,102 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި އައި 681,496 ފަތުރުވެރިންނަށްވުރެ މަދު އަދަދެކެވެ.

ދުވާލަކު އަންނަ ފަތުރުވެރިންގެ އެވަރެޖު ވެސް ވަނީ 7,026 އިން 6,908 އަށް ދަށްވެފަ އެވެ. 

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު ދެވަނައިގައި 12 އިންސައްތަ ފަތުރުވެރިންނާއެކު އޮތީ ރަޝިއާ އެވެ.  

އިންޑިއާގެ މާކެޓް ވަނީ ފަސްވަނައިން ހަވަނައަށް ވެއްޓިފަ އެވެ. އެއީ އެންމެ 4.2 އިންސައްތަ ހިއްސާއާއެކުގަ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކާ އަޅާބަލާއިރު ވަރަށް ދަށް ނަތީޖާއެކެވެ.

އިއްޔެއާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ 69 އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކެވެ. ގެސްޓްހައުސްތަކުގެ ހިއްސާ 25.9 އިންސައްތައިގައި ހުރިއިރު، މިހާރު ރާއްޖޭގައި 930 ގެސްޓްހައުސް އޮޕަރޭޓްކުރެ އެވެ. ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދާނަމަ، މިހާ ބާރުމިނެއްގައި ގެސްޓްހައުސްތަކުގެ އަދަދު އިތުރުވުމަކީ އެ ދާއިރާއަށް އޮތް ނުރައްކަލެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox