500 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ވަޒީރު ގަބޫލެއް ނުކުރައްވާ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ބުނާ ވާހަކަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދޮގުކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ ބޮޑު ގެއްލުމެއް ލިބުނުކަން އެއްވެސް ހިސާބަކުން ފެންނަން ނެތް ކަމަށާއި، އެއީ ކިހިނެއް އައިސްގެން އުޅޭ އަދަދެއްތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނަނީ ބުކިންތަކަށް ބަލާއިރު ގެއްލުން އެއަށްވުރެ ވެސް ބޮޑުވާނެ ކަމަށެވެ.