މުހައްމަދު އަމީން ދީދީ

10 ލިޔުން

500 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ވަޒީރު ގަބޫލެއް ނުކުރައްވާހަބަރު

500 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ވަޒީރު ގަބޫލެއް ނުކުރައްވާ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ބުނާ ވާހަކަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދޮގުކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ ބޮޑު ގެއްލުމެއް ލިބުނުކަން އެއްވެސް ހިސާބަކުން ފެންނަން ނެތް ކަމަށާއި، އެއީ ކިހިނެއް އައިސްގެން އުޅޭ އަދަދެއްތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނަނީ ބުކިންތަކަށް ބަލާއިރު ގެއްލުން އެއަށްވުރެ ވެސް ބޮޑުވާނެ ކަމަށެވެ.

ކާރިސާ ކޮމިޓީއަށް ބަދަލު ގެނެސް މެންބަރުންގެ އަދަދު ފަހަކަށްހަބަރު

ކާރިސާ ކޮމިޓީއަށް ބަދަލު ގެނެސް މެންބަރުންގެ އަދަދު ފަހަކަށް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކެބިނެޓް ކޮމިޓީގެ މެންބަރުންގެ އަދަދު ނުވަޔަކުން ފަހަކަށް މަދުކޮށް، އެ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު މިހާރު ކޮމިޓީގައި ތިއްބަވާނީ މާލީ ވަޒީރުގެ އިތުރުން ފޮރިން، އިގްތިސާދީ، ފިޝަރީޒް އަދި ޓޫރިޒަމް މިނިސްޓަރެވެ. މި ކޮމިޓީއަކީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.