ކާރިސާ ކޮމިޓީއަށް ބަދަލުތަކެއް ގެނެސް މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި

Apr 16, 2026, 8:31 PM
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގައުމުގެ ކަންކަން މެނޭޖް ކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޓީއަށް ބަދަލުތަކެއް ގެނެސް މެންބަރުންގެ އަދަދު ފަހަކަށް ތިރިކޮށްފި އެވެ.  

މުއިއްޒު އެކުލަވާލި ކެބިނެޓު ކޮމިޓީއަށް ބަދަލުތަކެއް ގެނައީ އެމަނިކުފާނުގެ ކެބިނެޓުން 10 ވަޒީރަކު ވަކިކޮށް ކެބިނެޓު މެންބަރުންގެ އަދަދު 15 އަށް މަދުކޮށްފައި ވަނިކޮށެވެ. 

އެ ކޮމިޓީގައި މިހާރު ތިއްބަވާނީ ކޮމިޓީގެ ޗެއާގެ ގޮތުގައި މާލީ ވަޒީރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން އެވެ. 

Advertisement

އެ ކޮމިޓީގެ ޗެއާއަކަށް ކުރިން ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. ނަމަވެސް ކެބިނެޓަށް ގެނައި ބަދަލާއެކު އޭނާގެ މަގާމު ވަނީ އަންގާރަ ދުވަހު ގެއްލިފަ އެވެ. 

މީގެ ކުރިން ކޮމިޓީގައި ނުވަ ވަޒީރަކު ތިއްބެވި އެވެ. މިފަހަރުގެ ކޮމިޓީއިން ނުހިމެނޭ ވަޒީރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާއި ހޯމް މިނިސްޓަރު ހިމެނެ އެވެ. 

މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތައް ހައްލު ކުރަން ކޮމިޓީ ހެދީ ހަނގުރާމަ ފެށުނު ދުވަހު ފެބްރުއަރީ 28، ގަ އެވެ. އެކަމަކު އިގްތިސާދީ ހަގީގީ ހާލަތު ރައްޔިތުންނަށް ސިއްރު ކުރާ ކަމަށް ބުނެ ކޮމިޓީއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox