ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް

May 11, 2026, 6:59 AM
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވަމުންދާ އިގުތިސާދީ ގޮންޖެހުންތަކުގެ ސަބަބުން، މިހާތަނަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެ، އެ ދާއިރާގެ މުހިންމު ދެ ޖަމުއިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓްސް އެންޑް ޓްއަރ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

މި ދެ ޖަމުއިއްޔާއިން އިއްޔެ ހާމަކުރި ގޮތުގައި، ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރަށާއި، ކުރިއާލާ ބުކިން ހަދާ މިންވަރަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ސިނާއަތަށް ލިބުނު ގެއްލުން ވަނީ 500 މިލިއަން ޑޮލަރަށްވުރެ މަތިވެފައެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ކުރިއަށް އޮތް މެއި މަހުވެސް މި އަދަދުތައް އިތުރަށް ދަށްވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުން ކުރިއަށް ހުރި ބުކިންތައް މަދުވުމަކީ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޮޑު މާލީ ގޮންޖެހުމެކެވެ.

މި ހާލަތުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. މީގެ ތެރޭގައި ލޯކަލް ގެސްޓްހައުސްތަކާއި، ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުން ހިމެނެއެވެ. މި ފަރާތްތައް މާލީ ގޮތުން ބަލިކަށިވެ، ބައެއް ވިޔަފާރިތައް މުޅިން ހުއްޓާލަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މަޓާޓޯ އާއި އެންއެޗްޖީއޭއެމް އިން ވަނީ މި ކާރިސާއިން ސަލާމަތްވުމަށްޓަކައި ސަރުކާރަށާއި މާލީ އިދާރާތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދޫކުރުމާއި، މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކޮށްދިނުމާއި، ޓެކްސް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން އެކި ބާވަތުގެ ފީތައް މައާފުކޮށްދިނުން ހިމެނެއެވެ. އަދި މުވައްޒަފުން ވަޒީފާގައި ހިފެހެއްޓުމަށްޓަކައި މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، ހިންގުމުގެ ހަރަދުތައް އިންތިހާއަށް މަތިވަމުންދާ މައްސަލައާއި، އެއާޕޯޓް ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ވާދަވެރިކަމަށް ކުރާ އަސަރުތައް ހައްލުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. އަދި ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ގެސްޓްހައުސް އޮޕަރޭޓަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަޕޯޓް މެކޭނިޒަމެއް ތައާރަފްކުރުމަށްވެސް ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox