ޗައިނާ ސަފީރު ދެއްވަނީ މަޝްރޫއުތައް އަވަސްކުރަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން

ޗައިނާ ސަފީރު ދެއްވަނީ މަޝްރޫއުތައް އަވަސްކުރަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން

ޗައިނާ އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ދެއްވައިފި އެވެ.

މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުނު އަހަރެވެ. މިފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއުތައް ހިންގާފައި ވަނީ ޗައިނާ ސަރުކާރާއި އެގައުމުގެ ކުންފުނިތަކުންނެވެ. މިހާރު ވެސް އަންނަނީ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންނެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓާއި، މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްރޮޖެކްޓާއި، [އެހެން ޕްރޮޖެކްޓުތައް] ވެސް އަވަސް ކުރަން މަސައްކަތްކުރާނަން. އެއީ ވީހާވެސް އަވަހަށް އެ ޕްރޮޖެކްޓުތަކުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ލިއްބައިދިނުމަށް،" ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓުތައް ވީހާ ވެސް އަވަހަށް ނިންމައި އިފްތިތާހުކުރަން ޗައިނާގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އަދި އިތުރު ދާއިރާތަކުން ވެސް ގުޅުން ބަދަހިކުރަން އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއަކީ ސިނަމާލެ ބްރިޖު މަޝްރޫއު އެވެ. އަދި، "ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކޮށްފައި ވަނީ ވެސް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިން ގްރޫޕުންނެވެ.

"ސިއްހަތު، ތިމާވެށި ހިމާޔަތްކުރުން، ނޫ އިގްތިސާދު އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް ރާއްޖޭގެ އިގްތިސާދު ސިންދިފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީވާން ޗައިނާ އިން އެއްބާރުލުން ދޭނެ. ޕެރިސް އެގްރީމެންޓަށް ދެ ގައުމު ގުޅިގެން އަމަލުކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވެސް އެހީވާނެ،" އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި އެންމެ މުހިންމީ ދެ ގައުމުގެ އެންމެ އިސް ލީޑަރުން އެއްބަސްވެފައިވާ ގޮތަށް ކަންކަން ގެންދިޔުން ކަމަށް ވެސް ވާން ވިދާޅުވި އެވެ. އަދި، ދެގައުމުގެ ގުޅުމުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެ އެ ގުޅުން ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ގައުމީ އަދި ސަރަހައްދީ އިސްތިގުލާލު ހިމާޔަތްކުރުމަށާއި މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅުމަށް ޗައިނާއިން އެއްބާރުލުން ދޭނެ. އަޅުގަނޑުމެން ގަބޫލުކުރަނީ ވަން ޗައިނާ ޕޮލިސީ ދިވެހި ސަރުކާރުން ބަލައިގަނެ ޗައިނާގެ އެންމެ މުހިންމު މަސްލަހަތު ހިމާޔަތް ކުރަން ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް،" ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ރިވިއު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާއިރު އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށް އެދޭ ކަމަށް ވެސް ވާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިޔަ އެވެ. އެގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ. އަދި، ރައީސް ޔާމީން ވެސް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާތުގައި އެންމެ ނުފޫޒު ގަދަ ގައުމަކަށް ވެފައި އޮތީ ޗައިނާ އެވެ. އަވަށްޓެރި އިންޑިއާ އާ ދެމެދު އޮތް ގުޅުން ހީނަރުވެގެންދިޔަ އެވެ. ނަމަވެސް، މި ސަރުކާރު އައިސް އަލުން އަނބުރާ އިންޑިއާ އާއެކު އޮތް ގުޅުން ވަނީ އިޔާދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox