ނިމިދިޔަ ހަފްތާ: ގިނަ ސުވާލުތަކަކަށް ރައީސްގެ ޖަވާބު

ނިމިދިޔަ ހަފްތާ: ގިނަ ސުވާލުތަކަކަށް ރައީސްގެ ޖަވާބު

މިއަހަރު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަވާބު ދެއްވީ ނިމިދިޔަ ހަފްތާގަ އެވެ.

ދުނިޔޭގެ އިގުތިސޯދަށް އަންނަމުންދާ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ރިކަރަންޓު ހަރަދުތައް ހަމަޖައްސައި، އާ މަޝްރޫއުތައް ފެށުން މަޑުޖައްސާލަން ނިންމާފައިވާ ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އިގްތިސޯދީ ހާލަތު ހުރި ގޮތުން، ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށެވެ.

ކުރިން އިއުލާން ކުރެވި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހި ކަމާއި ގެދޮރުވެރިކަން ހޯދައިދިނުމަށް ހިންގާ މަޝްރޫގެ އަމަލީ މަސައްކަތް މި މަހު ފެށިގެން ދާނެ ކަމަށް ވެސް ރައީސް އިއުލާނު ކުރެއްވި އެވެ.

"އަޅުގަނޑު އިއުލާން ކުރި މާލެ ސަރަހައްދުން 5000 ގޯތި ދޫކުރާނެ ވާހަކަ. އެއީ ހުޅުމާލެ ގުޅީފަޅު އަދި ގިރާވަރުން. މި މަސް ނިމުމުގެ ކުރިން، ޖޫން މަސް ނިމުމުގެ ކުރިން ފުރަތަމަ 3000 ގޯތި ދޫކުރަން އިއުލާން ކުރާނަން. އޭގެ އެންމެ ފަހުގެ މަސައްކަތްތައް ނިމި މިހާރު އޮތީ އިއުލާން ކުރާ ހިސާބުގައި،" ރައީސް މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އަޅާ ބްރިޖުގެ މަސައްކަތުގެ ތެރެއިން ވިލިމާލެއާ ހަމައަށް ގުޅުވާލުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އިންޑިއާގެ އެފްކޮންސްއަށް އިތުރަށް 26 މިލިއަން ޑޮލަރު (400 މިލިއަން ރުފިޔާ) ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވީ މިދިޔަ ހަފްތާގަ އެވެ.

މީގެ ކުރިން 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ތަކުރާރުކޮށް ކުރާ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައިނުވި ނަމަވެސް، ނިމިދިޔަ ހަފްތާ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އަދި ވިދާޅުވީ, އެމަނިކުފާނަކީ އަންނަ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް "ޗޮއިސް" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މިހާރު ޝަރީއަތް ހިނގަމުންދާ މީހުންނާ ދެކޮޅަށް، ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގަނެ ދައުލަތުން އެދުނު ވަރަށް ސިއްރުކޮށްދޭން ޝަރީއަތުން ނިންމެވީ ނިމިދިޔަ ހަފްތާގަ އެވެ. މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތް ރޭވިގެން އައި ގޮތް ދައުލަތުން ވަރަށް ތަފްސީލްކޮށް ކިޔައިދިނީ ނިމިދިޔަ ހަފްތާގަ އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށް މަދު ދުވަސްތަކެއް ފަހުން އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާ ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރި އެވެ. އަދި އެ ފަހުން ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްދިން ކަމަށް ދައުލަތުން ބުންޏެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގައި، އެޕާޓީގެ މެމްބަރުންގެ ގޮތުގައި ދަފްތަރުކޮށްފައި ނުވާ މެމްބަރުން، އެ މަރުހަލާ ފުރިހަމަ ކުރަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ މިދިޔަ ހަފްތާގަ އެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލާގައި އެއްޗެއް ނުބުނާތީ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، ބީޖޭޕީގެ ތަރުޖަމާނުގެ އެ އަމަލު ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރުނީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ހަގީގީ އުސޫލުތައް ދަށްކޮށްލުމުގެ ހުރިހާ އަމަލަކާއި ރަސޫލާގެ ދަރަޖަ ދަށްކޮށްލަން ކުރާ ކޮންމެ މަސައްކަތެއް އެއްވެސް ހިފެހެއްޓުމެެއް ނެތި ކުށްވެރިކުރާ ކަމަށެވެ.

މަރުގެ އަދަބާމެދު ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލުނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ.

"އެކަމާ ގުޅޭ ގޮތުން މިހާރު ވެސް އަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން، މިއީ މި ސަރުކާރުން އަލަށް އުފަން ކުރި ސިޔާސަތެއް ނޫން، މިއީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލު ކުރަމުން އައި ގޮތް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެކި ފަހަރު މަތީން އެކަމާ ގުޅޭ ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ވެރިކަމެއްގައި މަރުގެ ހުކުމާ ގުޅިގެން އަމަލު ކުރަމުން އަންނަ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކްރޮސް ސަބްސިޑީއަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރާ އަގުތައް ހާމަކުރުން
  • ސްޓޫޑެންޓު ލޯނުގެ ދާއިމީ ނަތީޖާގައި 453 ދަރިވަރަކަށް ލޯނު ދޫކުރުން
  • ރައީސްގެ ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވުން
  • ވަކިކުރާ ފަނޑިޔާރުންގެ ވަކީލު ހުއްދަ ބާތިލްވާ ބިލަށް ބާ ކައުންސިލްގެ ކަންބޮޑުވުންތަކެއް
  • ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ހަމީދު ވަކިކުރުން
  • ރަށްވެހިކަން ނެތަސް މާލޭގައި އުޅޭތާ 15 އަަހަރު ވެފައިވާނަމަ ވިނަރެސް ފްލެޓަށް ކުރިމަތިލެވުން
  • ވަޒީފާ ގެއްލޭ މީހުނަށް އިނާޔަތް ދޭ ފަންޑެއް ގާއިމުކުރަން އެހީ

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  • މިއީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވިއިރު އެމްޑީޕީގެ ކޮންގްރެސްގައި އެމަނިކުފާނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމާ ގުޅޭގޮތުން ނާޒިމް ހަސަން ލިޔެފައިވާ ރިޕޯޓެކެވެ.
  • މި ރިޕޯޓުގައި މުހައްމަދު ވިޝާމް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ޓިކެޓަށް ކުރާނެ ކަމަށް ބެލެވޭ "ހަނގުރާމަ" އާ ގުޅޭ ވާހަކަތައް ގެނެސްދީފަ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން މަޖިލިސް ހިންގަވަމުން ގެންދަވާ ގޮތާއި މެދު މި ރިޕޯޓުގައި އައިޝަތު ނުޒުހާ ވަނީ އަލިއަޅުވާލާފަ އެވެ. އަދި، ސަރުކާރުގެ ފަރާތުން މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ މިންވަރާ ގުޅޭގޮތުން މި ރިޕޯޓުގައި މައުލޫމާތު ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox