ލިބޭ އާމްދަނީއަށް ރިކަރަންޓު ހަރަދު ފައްތައި، އާ މަޝްރޫއުތައް މަޑުޖައްސާލަނީ

ރައީސް ސޯލިހުގެ ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހުގެ ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ އިގުތިސޯދަށް އަންނަމުންދާ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ރިކަރަންޓު ހަރަދުތައް ހަމަޖައްސައި، އާ މަޝްރޫއުތައް ފެށުން މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިގްތިސޯދީ ހާލަތު ހުރި ގޮތުން، ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށެވެ.

"ހަރަދު ކުޑަ ކުރުމުގެ ގޮތުން އެޅިފައި އޮތް ފިޔަވަޅުތަކުން, ބަޖެޓު ކުރެވިފައި އޮތް މެއި މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް، އެކަމަކު ހަރަދުވީ 14.1 ބިލިއަން ރުފިޔާ، ހަރަދުތައް ކުޑަކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

މިގޮތުން، ލިބޭ އާމްދަނީގެ ނިސްބަތުން ރިކަރަންޓު ހަރަދުތައް ހަމަޖެއްސުމުގެ އިތުރުން އާ މަޝްރޫއުތައް ފެށުން މަޑުޖައްސާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި ބައެއް އާ މަޝްރޫއުތައް ފެއްޓުން ވެސް މިހާރު ވާނީ ހުއްޓާލާފައި، އޭގެ ތަފްސީލްތައް އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން، އިތުރު އާ ބޮޑު މަޝްރޫއެއް އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން މިވަގުތަކު ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް، މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާއެކު މަޝްރޫއުތައް ކުރިއަށްދާނީ،" ރައީސް ވިދާޅުވި އެވެ.

އާ މަޝްރޫއުތައް ފެށުން މަޑުޖައްސާލަން ނިންމާފައިވީ ނަމަވެސް މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވައުދުތަކާ އެއްގޮތަށް ގިނަ މަޝްރޫއުތައް މިހާރު ވެސް ފެށިފައިވާ ކަމަށާއި އަލުން ފަށަން ބޮޑު އާ މަޝްރޫއެއް ނެތް ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ފެނާއި ނަރުދަމާ ކަމަށް ވިޔަސް، ބަނދަރުތައް ކަމަށް ވިޔަސް، ހުރި ހުރިހާ މަޝްރޫއެއް ކަހަލަށް ގޮތަކަށް 90 ޕަސެންޓު އެހެރީ ފެށިފައި، އެހެންވީމަ ދައުލަތަށް، ބަޖެޓަށް ކުރާ ބާރު، ބުރަ، އަންނަ އަހަރު ކުޑަވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 9.8 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށާއި އޭގެ ތެރެއިން 7.9 ބިލިއަން ލިބޭނެކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ. އަދި އިތުރަށް ބޭނުންވާ ދެ ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނުލިބިއްޖެނަމަ ޖެހޭނީ މަޝްރޫއުތައް ހުއްޓާލަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox