އީސީގެ ދަފްތަަރުގައި ނެތް، އެމްޑީޕީގެ މެމްބަރުން ވަކިކުރާ ނިންމުމާ މެދު ކަންބޮޑުވުން!

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ވޯޓެއް ނަގަނީ. އީސީގެ ދަފްތަރުގައި ނެތް މެމްބަރުން ވަކިކުރަން ގައުމީ މަޖިލީހުން ނިންމި ނިންމުމާއި މެދު މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ވޯޓެއް ނަގަނީ. އީސީގެ ދަފްތަރުގައި ނެތް މެމްބަރުން ވަކިކުރަން ގައުމީ މަޖިލީހުން ނިންމި ނިންމުމާއި މެދު މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގައި، އެޕާޓީގެ މެމްބަރުންގެ ގޮތުގައި ދަފްތަރުކޮށްފައި ނުވާ މެމްބަރުން، އެ މަރުހަލާ ފުރިހަމަ ކުރަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާއަށް، ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.

ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމުގެ ނަތީޖާއަކަށް ވާނީ 100 ދުވަހުގެ ތެރޭގައި އެޕާޓީގެ އެތައް ހާސް މެމްބަރުން ޕާޓީން ވަކިވުން ކަމަށެވެ.

"އެއީކީ ވާނެ ކަމެއް ނޫން، ތިރީސް ނުވަހާސް މެމްބަރުން، 100 ދުވަސް ތެރޭގައި، އިލެކްޝަންސްގައި އެ އޮންނަ ގަވައިދާ އެއްގޮތަށް އަޅުގަނޑުމެނަަށް، ފިންގަޕްރިންޓް ޖަހާފައި އެމީހުން އަނބުރާ ރަޖިސްޓްރީކުރުމަކީ އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ މަޖިލީހުގެ އެ ނިންމުން ތަންފީޒުކުރުމުގެ މާނައަކީ އެމްޑީޕީއަށް 39،000 މެމްބަރުން ގެއްލުން ކަމަށެވެ.

"ދާއިރުގައި އެ ދަނީ ޕާޓީ އުފައްދަން އެންމެ ފުރަތަމަ މަސައްކަތްކުރި ،އޭގެ ތެރެއިން އެންމެ މުހިންމުކޮށް މަސައްކަތް ކުރި އަޅުގަނޑުމެންގެ ވަރަށް ރަނގަޅު، މިޕާޓީއަށް އިހުލާސްތެރި މެމްބަރުން،" ހަލީމް ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އޭނާ ވޯޓު ދެއްވީ ޕާޓީން ބަޔަކު ވަކިކުރާ ގޮތަށް ނިންމާކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ވޯޓު ދެއްވީ އީސީގެ ދަފްތަރުގައި ނެތް މެމްބަރުން އެ ދަފްތަރުގައި ޖެއްސުމުގެ މަސައްކަތް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެެ.

"އެރޭގެ އެ ބައްދަލުވުމުގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ވޯޓު ދެވުނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ވަކިވެފައި ތިބި ތިރީސް ނުވަ ހާހަށް ވުރެ ގިނަ މެމްބަރުން، ކުރިއަށް އޮތް ސަތޭކަ ދުވަހުގެ ތެރޭގައި ، އިލެކްޝަންސް ކޮމިޝަނުގެ އެ އޮންނަ ގާނޫނީ ހަމަތަކުގެ މަތިން އެމްޑީޕީއަށް އަލުން އަނބުރާ ރަޖިސްޓާކުރަން،" ރިޒާ ވިދާޅުވި އެވެ.

ރިޒާ ވިދާޅުވި ގޮތުގައި އޭނާ ހިމެނިވަޑައިގަންނަވާ ގޮތުން މިލަންދޫ ދާއިރާގެ 600 އަށް ވުރެ ގިނަ މީހުން، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އީސީގެ ދަފްތަރުގައި ނެތް ކަމަށެވެ. އެކަމަކު އެ މެމްބަރުން އީސީގެ ދަފްތަރުގައި ޖެއްސުމުގެ ކަންތައް މުހުލަތުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލައަކީ ކޮބާ؟

މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެމްބަރުން ވެސް ތިބޭ އެ ޕާޓީގެ ގައުމީ މަޖިލީހުން މިދިޔަ މަހު ނިންމާފައިވަނީ ޕާޓީގެ މެމްބަރުންގެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާ އެއްގޮތް ކުރުމަށެވެ.

އެމްޑީޕީން ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ އެ ޕާޓީގެ ދަފްތަރުން ވަކިވެފަ އެވެ.

މުހިންމު ނިންމުތަކެއް ނިންމަންޖެހޭ ކޮންގްރެސް އަންނަ އޯގަސްޓުމަހުގެ 19އަށް ތާވަލުކޮށްފައިވާއިރު، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އީސީގެ ދަފްތަރުގައި ޖެހިފައިނުވާ މީހުން، އެ ދަފްތަރުގައި ޖެހެން ތިން މަސްދުވަސް ދޭން ގައުމީ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެ ދަފްތަރުގައި ޖެހޭ މީހުންނަށެވެ.

އެ ހުށަހެޅުން މެއި 30 ގައި ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި 90 މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ ވޯޓާއެކު އެވެ.

ދަފްތަރު އެއްގޮތް ކުރާއިރު، އެންމެ ކުރީއްސުރެ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން އަލުން ދަފްތަރުގައި ޖެހެން ނުޖެހޭ ގޮތަށް އެ ރޭގެ ބައްދަލުވުމަށް ހުށަހެޅުނެވެ. ނަމަވެސް، އޭގެ ކުރިން ހުށަހެޅުން ފާސްވުމުން، މި ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox